އާރަށް.
03 މެއި 2025 - 20:37
ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ރަށް، އާރަށަށް އެ މަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ވަޑައިގަތީ 116 ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ،
އާރަށަށް ރައީސް މިހާތަނަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ޑިފެންސް މިނިސްޓްރީން މީޑިއާ އަށް ހިއްސާނުކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، މިއަދުގެ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، 116 ފަހަރުގެ ތެރެއިން 85 ފަހަރު އެ ރަށަށް ވަޑައިގަތީ "ހަމައެކަނި ފުޓުބޯޅަ ކުޅެން" ކަމަށެވެ. އެއީ ދެކޮޅަށް ތިން ގަޑިއެއްހާއިރުގެ ދަތުރެކެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އާއިލާއާ އެކު އާރަށަށް މިހާތަނަށް ވަޑައިގަތީ 31 ފަަހަރު ކަމަށެވެ. ފުޓުބޯޅަ ކުޅުއްވަން އާރަށަށް ވަޑައިގަންނަވާ ބައެއް ހުކުރު ދުވަސްތަކުގައި ވެސް އާއިލާގެ ބޭފުޅުން އާރަށަށް ވަޑައިގެންފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ، ފެމިލީ އެކަނި، ކުޅުމަކާ ނުލައި ގޮސްފައި އުޅެވިފައި ހުރީ ވޭތުވެދިޔަ 532 ދުވަހުގެ ތެރެއިން 31 ފަހަރު. އެހެންވީމާ އެ ދެއްކެވޭ ވާހަކަ އެހާ ރަނގަޅެއް ނޫން،" މިއަދުގެ ހެނދުނު 10 އިން ފެށިގެން ރައީސް އޮފީހުގައި ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވަނީ މިހާތަނަށް އާރަށަށް ކުރެއްވި ދަތުރުފުޅުތަކަށް ލޯންޗުތަކުގެ ހަރަދު ވެސް މިރޭ ހާމަކުރައްވައިފަ އެވެ. އެ މަނިކުފާނާ އެކު، އިތުރު ދެ ސެކިއުޓީ ލޯންޗު ވެސް ދަތުރުކުރާއިރު މިހާތަނަށް ތެލަށް ހަރަދުވީ ރައީސް މުއިއްޒު ވިދާޅުވިގޮތުގައި 844،635ރ. އެވެ.
"އެއީ 116 ދަތުރަށް ބަލާއިރު [ލޯންޗުތަަކުގެ ތެލަށް ހަރަދު] ކުރެވިފައިވާ ވަރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރިޔާސީ ރަށަށް އާންމުކޮށް ވަޑައިގަންނަވަނީ ރަނގަޅު ސިއްހަތެއްގައި ހުންނަވަން ބޭނުންފުޅުވާތީ ފުޓްސަލް ކުޅުއްވަން ކަމަށެވެ.
ރައީސް މުއިއްޒު ފަރިއްކުޅުވި އެއްޗެހިތަކަށް ހަރަދުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދާދި ފަހުން ބިލެއް އާންމު ވެފައިވާއިރު، އެ ވާހަކަތައް ވެސް އެ މަނިކުފާނު މިރޭ ދޮގުކުރެއްވި އެވެ. ރައީސް ވިދާޅުވީ، އެ ބިލްގެ ފޯމެޓް ވެސް ތަފާތު ކަމަށާއި ބިލްގައި ހިމަނާފައި ވަނީ އެ ދުވަހު އެ މަނިކުފާނު ފަރިއްކުޅުނުވާ ބާވަތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮއި
04 May 2025
ތިވަރު ދެރައެއްނޫން. ވެރިކަމަށް ދޮޅުއަހަރެއްހާ ދުވަސްވީއިރު ރާއްޖޭން ބޭރުގައި 236 ދުވަސް. ރާއްޖެތެރޭގައި 25 ދުވަސް. މާލޭގައި 169 ދުވަސް. އާރަށުގައި 116 ދުވަސް. މިވަރު ދެން ދެރައެއްނޫންހެން ހީވަނީ.
ޖެރި
04 May 2025
އެހެންވީމާ، ވެރިކަމަށް މިވީ މުއްދަތުގައި ކޮންމެ 5 ދުވަހަކުން އެއްފަހަރު އާރަށަށް ވަޑައިގެންނެވި؟
ރާވެރިބެ
04 May 2025
އެމެރިކާގެ ރައީސްއާއި އާއިލާގެ ކެއުމާ ބުއިމަށް ޙަރަދުކުރަނީ އަމިއްލަ އަށް. ވައިޓްހައުސް ބަޖެޓަކުން ނޫން. ހަމ އެފަދައިން އެމެރިކާގެ ރައީސް ކޭމްޕް ޑޭވިޑްގަ ހުންނަވާ އިރުވެސް މިކަން އޮނަނަނީ މިހެން. އިސްތިސްނާ އަކީ ރަސްމީ ހަފްލާތަކާ ބައްދަލުވުމުގެ ތެރެއިން ކެއުމާ ބުއިން. ޕޮއިންޓަކީ ރާއްޖޭގެ ރައްޔިތުން ބޮޑު މުސާރަދީފަ އަދި ދީލަތި ކަމުން މި ހުރިހާ ޙަރަދެއްދޭ އިރު ބޭނުން ކުރަންވާނީ ތަންކޮޅެއް ބަލައިގެން. އާރަށަށް ދިޔުން އެ މައްސަލައެއް ނޫނޭ.
ތެފައާސާ.
04 May 2025
އައްޑޫ ސިޓީގައި ކަަރަންޓު ނެތި ދިޔަ ދުވަހުގެ އަދަދު އެނގިލައްވާތޯ؟ އައިޖީއެމްއެޗްގެ އައިސީޔޫއިން ޑިސްއިންފެކްޓެންޓު ހުސްވެގެން އައިސީޔޫގައި ތިބި ތުއްތުކުދިންތަކެއްގެ ތެރޭގައި ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރޭތާ ވީ ދުވަހެއްވެސް އެނގިލައްވާތޯ؟ އެނީވޭސް، ރައީސް އާރަށަށް ބޯޅަ ކުޅުއްވަން ވަޑައިގެންނެވި ދަތުރުތަކުގެ އަދަދު އެނގުމުން އަހަރެމެން ރައްޔިތުން ނުހަނު އުފާވެފައި ތިބި ވާހަކަވެސް ދަންނަވާލަން.
ނާޑުވާ
04 May 2025
ވަޑައިގަންނަވާ ކޮންމެ ފަހަރަކު 3 ދުވަސް.
ސާމީން
04 May 2025
ކޮން ފައިދާއެއް އެއް ކުރީ މިސުވާލު ގެ ޖަވާބު ލިބިގެން. އެއްވެސް ފައިދާއެއް ނުކުރޭ ރައްޔިތުންނަކަށް
އަފްރާސިޔާބު
04 May 2025
އެނގުނު އެއްޗަކީ އެއިގެ ދަތުރެއްގެ ތެލުގެ ޚަރަދު އެކަނި. އެހެންވީމާ ދަތުރު ޚަރަދުން އެނގެން އޮތް ތެލުގެ ޚަރަދަށް 7.200 ރުފިޔާ އަށްވުރެ ބޮޑަށް ޚަރަދު ކުރީމާ ދެން އެހެން ޚަރަދު ތައް ހުންނާނެ ވަރު ލަފާކޮށްލާ. ހަމަ ޔަގީނުން ކެއުމުގެ ޚަރަދު 25000ރުފިޔާ ދުވާލެއްގެ މައްޗަށް ހިނގާނެ ހަމަ އެކަނި ރައީސުގެ. ދެން މިނިސްޓަރުން ވަޑައިގެން އެކުރައްވާ ދަތުރުތަކާއި ކެއުމުގެ ޚަރަދު ބައްލަވާ.
ގެލެކްޓިކް ފެޑެރޭޝަން
04 May 2025
ވަރަށް ބޮޑު ފައިދާއެއް ކުރި!!!! ރައްޔިތުންގެ ޓެކްސް ފައިސާއާ ހަވާލުވެ ހުރި މީހާ އެފައިސާ އަމާނާތްތެރިކޮށް ރައްޔިތުންނަށް މަންފާ ކުރަން ބޭނުން ކުރުމުގެ ބަދަލު ގައި ފުޓްސަލް ކުޅެން ޚަރަދުކޮށްލި މިންވަރު އެނގިއްޖެ. ފައިސާ އަށް އަމާނާތްތެރިވި މިންވަރު ސާފުވެއްޖެ! 2028 ރައްޔިތު މީހާ ބަސް ބުނާއިރު ބަސް ބުނަންވީ ގޮތް އެނގިއްޖެ! އަދި އިތުރަށް ގޮސްފައިވާނެ މިންވަރު އަންދާޒާ ކޮށްލެވިއްޖެ!!!
ޓެކްސް އަލިބެ
04 May 2025
ރައްޔިތުންގެ ޓެކްސް ފައިސާ!؟ ޓެކްސް ފައިސާ ގިނައިން ދެއްކީ ބިދޭސީންތޯ ނުވަތަ ދިވެހި ރައްޔިތުންތޯ؟ ޔަގީންކަމާއެކު ބުނަން އެގޭ ދިވެހިރައްޔިތުންގެ 80 ޕަސެންޓް މީހުން މަހަކު 200 ރުފިޔާވެސް ޓެކްސް އަށް ދައްކާފައި ނުވާނެ.
ބޭޗާރާ
04 May 2025
މަަށަށް އެންމެކަމުދަނީ "..އެހެންވީމާ އެ ދެއްކެވޭ ވާހަކަ އެހާ ރަނގަޅެއް ނޫން،". މާނަައަކީ އެހާ ރަނގަޅުނޫނަސް ކޮންމެވެސް ވަރަކަށް ރަނގަޅޭބާ؟
އަފްސަލް ހަމީދު
04 May 2025
ރައީސް މުއިއްޒް ގެ ނަން މިކަމުގައި ބޭނުން ކުރާ ސަބަބެއް ނޭނގެ. އިބޭ ޔާމީން އަންނި އަދި މައުމޫންވެސް މިކަމަށް ހަމަ މިވަރަށް ހަރަދު ކުރި
މައްކުބޭ
04 May 2025
ހުރިހާ ރައީސުން ވެސް ޚަރަދުކުރޭ، ބަޖެޓެއްގެ ތެރެއިން ކުރާނަމަ އެއީ މައްސަލައެއްވެސް ނޫން، ރައީސަކަށް ހުންނަވާ ބޭފުޅަކަށް ރާއްޖޭގައި އަބަދުވެސް ވަރަށް ގިނަ ޕާރކްސް ހުރޭ، ކުރުސީ ދައްކާ ހުރިޙާ ވާހަކައަކަށް ރިއެކްޓޤވެސް ވާކަށް ނުޖެހޭ، ކުރުސީ އަކީ ފިނޑިއެއް ދޯ؟
އީމާން ސޯލިހް
04 May 2025
ތީގެ ނެތް މައްސަލައެއް. ކޮންމެ ވެރިޔަކުވެސް ކުރާ ކަމެއް މިއީ
ޒިނާން މަނިކު ހަޖަމް
04 May 2025
ދިވެހިރާއްޖޭގެ ރައީސް ދިރިއުޅުއްވުމަށް ތީމުގެ މިޒަމާނަށް ރަނގަޅު. އެތަނުގައި ރަނގަޅު ފުޓްސަލް ދަނޑެއް އަޅައިގެން ރައީސް އާރަށަށް ފުޓްސަލްކުޅެން ދިއުމަށް ކުރެވޭ އިސްރާފު ނައްތާލެވޭނެ. 8 ލައްކަ ރުފިޔާ މީ ކުޅިވަރެއް ކުޅުމަށް ކުރާ ދަތުރަކަށް ރައީސަކު މިވަގުތު ދިވެހިން ތިބި ހާލަތުން ކުރަން އެދެވޭ ޚަރަދެއް ނޫން
ކެނެޑީ
04 May 2025
ކޮންމެ ރައީސަކު ފުޓްސަލްކުޅޭ ހިތެއްނުވާނެ. ދެން އަތުވެދަަނެ ބީޗްވޮލީކުޅޭ ހިތްވާ ރައީސެއް. ދެންވީ ތީމުގެތެރޭ ބީޗެއްހަދަން؟ އެހުރި ރިސޯސަކަށް ހުރިއެއްޗަކަށް ރައީސްޖެހޭނީ ފިޓުވާން. ރިސޯސްތައް ރައީސަށް ފިޓުވާން އުޅެފިޔާ ދެންވާނީ ސިންގަޕޫރަކަށްނޫން، ޒިމްބާބްވޭއަށް
ސާބަސ
04 May 2025
ޤައުމެއްގެ ވެރިޔަކު އުޅެންޖެހެނީ އާއްމު ރައްޔިތުމީހާ އުޅޭހެންތަ؟ އަޖާއިބެއް