ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު.
09 މެއި 2025 - 21:04
ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތް ކުރުމާއި ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާ ކުރުމާއި ހުށަހަޅައި ދިނުމުގެ މަސައްކަތް ވިލަރެސް ކުރުމަށް 30،000ރ. ގެ މުސާރައާ އެކު ހުޅުވާލި ވަޒީފާގެ އިއުލާނު ދިވެހި ބަހުގެ މިނިސްޓްރީން ބާތިލުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، މުސާރައިގެ ގޮތުގައި 25،000ރ. އަދި ރިސާޗް އެލަވަންސްގެ ގޮތުގައި 5،000ރ. އެ މަގާމަށް ލިބޭނެ އެވެ. މަގާމަށްް ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާ އިން ދަށްވެގެން "ޑީ" ގްރޭޑު ލިބިފައިވުމާ އެކު، ސެކަންޑަރީ ސްކޫލު ނުވަތަ ހަޔާ ސެކެންޑަރީ ސެޓްފިކެޓު އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ހޯދުމެވެ. އަދި ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިވުމާ އެކު، މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ ވެސް މަގާމުގެ ޝަރުތެކެވެ.
އުމުރުން 35 އަހަރުން ދަށުގެ އަދި ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގޭ ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ މީހުންނަށް ވާން ޖެހޭ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ޝަރުތުތަކާ އެކު، ފާޑުކިޔުން އަމާޒުވީ އެހާ ދަށް ފާހަކުން ފާސްވެފައިވާ ބަޔަކަށް ދައުލަތުން ބޮޑު މުސާރައެއް ލިބޭ ވަޒީފާއަކަށް ހުޅުވައިލުމުންނެވެ.
މިއީ ވަކި މީހަކަށް ދިނުމަށް އިއުލާނުކުރި ވަޒީފާއެއް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑުކިޔުމުން އެ އިއުލާން މިއަދު ބާތިލްކުރީ އެވެ. މަގާމަށް ޝަރުތު ހަމަވާ މީހުން މި މަހުގެ 15 އިގެ ކުރިން ހުށަހަޅަން އިއުލާނުގައިވާ ބުނެފައިވީ ނަމަވެސް މިއަދުގެ މެންދުރު 1:22 ގައި އެ އިއުލާނު ވަނީ ބާތިލުކޮށްފަ އެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައި އޮތީ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާ ކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސް ކުރުމާއި ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިއުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކުކުރުމާއި ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމުގެ އިތުރުން ސުޕަވައިޒް ކުރަން ޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމެވެ.
ކުރިން އެ އިއުލާނުގައި އޮތީ މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ މަގާމަށް އެދި ކުރިމަތިލުމަށެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
11 May 2025
ތިޔަ ވަޒީފާއެއް ތިޔަ މުސާރައިގަ ތިޔަ ޝަރުޠުގައި އިޢުލާނުކުރި ބަޔަކާ މެދު ފިޔަވަޅު އަޅުއްވާ!
ކުޑަދޫ1
11 May 2025
އާދަމް ނަސީރު ވަޒީރުކަމުގައި ހުރުން ވަނީ ބޮޑު ޖޯކަކަށް. ކޮމެންޓްތަށް ބަލާލުމުން އެކަން އެގޭ.
ގަބުރަންޖީ ހާޖީގެ ރައިވަރު ފޮތް
11 May 2025
އޭ މިހިރަ ދިދަޔާޔޭ. ކިހާ ދެރަ ކަމެއް ހެއްޔޭ!
އިބްރާމް
11 May 2025
"އޭމިހަރަ ދިދަޔާ އޭ"... ކޮންމެ ދުވަހަކު ގްރޭންޑަރު ޖައްސައި ގާނާލައިގެން 'ފައުންޑޭޝަން' ކޮށް ޔުނިވަރ ސިޓީއިން ނުކުމެ އެހުރީވެސް 'ގޯސް' ކޮށް ކަމަށް ފެންވަރ ރަނގަޅު ލެކްޗަރައިން ވިދާޅުވޭ...ދެން ތިޔަ މަޤާމަށް ހޯދާ މުވައްޒަފުންގެ ޝަރަޠަށް އެންމެ ކުފޫ ހަމަވާނީ ޤަޢުމީ ޔުނިވަރ ސިޓީގެ ކަމާބެހޭ ފެކަލްޓީ އިން އެންމެ ރަނގަޅަށް ދަސްވެނިވެ ނިންމައިގެން ތިބި ތަޖުރިބާ ހުރި ދަރިވަރުންނަށް ނުވަންޏާ ...ޤަޢުމީ ޔުނިވާސިޓީގަ ބޮޑު ތަޅު އަޅުވާ 'އެފްއޭ' އުވާލާ...
ބަޑިތަކުރު
11 May 2025
ތިޔަފެންވަރުގެ މީހަކަށް ކުރެވޭ ކަންކަން މިހާރު ތިޔަތާނގައި ތިބި ކުރީންސުރެ ދޭ މުސާރައަށް މަސައްކަތްކުރާ މީހުންނަށް ނުކުރެވޭނެ ބާވައެވެ. މިއީ ކަނޑައެޅިގެން ވަކިމީހަކަށް ބޮޑު ވަޒީފާއެއްދޭން ކުރާކަންކަމެވެ. ކޮންމެ ސަރުކާރަކާއެކު ދައުލަތުގެ އިދާރާތަކަށް ސިޔާސީ މަގާމުތަކަށާއި އަދި ދާއިމީ މަގާމުތަކަށްވެސް ގިނަބަޔަކު ދަނީ ލައްވަމުންނެވެ. މިދާގޮތަށް ދާނަމަ އިށީންނާނެތަނެއް ނެތިދާނެތީ މިހާރު ޑިޖިޓަލްކޮށް ގޭގައި މަސައްކަތްކުރާގޮތަށް ހަމަޖައްސަނީކަންނޭގެއެވ
ސަމްބޮޑީ
11 May 2025
އޭ މަބުނީ ދަރިންނަށް ޚަރަދު ނުދީ އުޅޭ ބަފައިންނަށް ޅެމުން ފަރުވާ ދެވޭހޭ؟ ކޮންމެވެސް ބޭފުޅަކު ޖަވާބު ދެއްވަބައްލަވާ. އޯކޭ މިނިސްޓަރު ވިޔަސް.
ޚސކސކކސ
11 May 2025
ތިޔަ މިނިސްޓުރީ އަކީ ސީދާ ޓޯޔާރޑެއް. ބޭނުން ނުހިފޭ ބޭކާރު މަގާމު ހަދައިގެން، އެކަމަކު ބައިތުލް މާލު 0.
އާތު
10 May 2025
ކަމެެއް ކުރަން އެނގޭ ވަޒީރެއް ނޫން އާދަން ނަސީރަކީ. ކަމެއް ކުރެވެނީކީވެސް ނޫން. ޅެން ހަދަން އެނގުމަކީ މިނިސްޓްރީއެއް ހިންގޭނެ އަދި ހިންގަން އެނގޭނެ ސަބަބެއް ނޫންކަން އާދަނު ނަސީރުގެ މިސާލުން އެނގޭ.
ނަޒީރާ
10 May 2025
މަގޭ ދަރިން ކައިރި ބުނިން ދަރިންނޭ މަތީ ތައުލީމު ހާސިކުކޮށްގެން ގައުމަށް ހިދުމަތް ކުރާށޭ. އެއް ކުއްޖަކީ ލެބޯޓުރީ ޓެކްނީޝަނެއް ޢަނެއް ކުއްޖަކީ ފައިނޭންސް، އަނެއް ކުއްޖަކީ ބަޔޮލޮޖިސްޓެއް. އޭން އެއްވެސް ކުއްޖަކަށް 20000 ނުލިބޭ މުސާރަ އެކުދިން އަދާކުރާ ސަރުކާރު ވަޒީފާ ތަކުން. އެހެންވީމަ އެދަރިން މިހާރު އެބަ ބުނޭ އެކުދިން ނަކަށް ގައުމެއް/ސަރުކާރެއް ނުބަލައޭ މަތިން ބަސް ކިޔަން ތިބޭ އޭލެވެލް ވެސް ނުހަދާ ސިޔާސީ މީހާގެ މުސާރަ މާބޮޑަެ.މި ގައުމުގެ ހާލަތު
ޑީ ފާސް ޔޫ ސެޓް
10 May 2025
ތިމާ އަށް ގައުމަށް ކޮއްދެވެނީ ކޮން ކަމެއްތޯ ދެން އަންނަ އޮތް ޖީލެއް ނުބަލާނެ. އެއީ މި ނަސީރު މެން ދައްކާ ހުތުރު މިސާލުން.
ޗަންގީ
10 May 2025
ގައުމިއްޔަތާ، ވަތަނިއްޔަތުން ކޮން ކަމެއްތަ އާއްމު ރައްޔިތު މީހާއަށް ވަނީ؟ ބޭހެއް، ވަޒީފާއެއް، ރައްކާތެރިކަމެއް، ޢަދުލު އިންސާފެއް ނުލިބޭ. ދެން ބަލާ ސިންގަޕޫރު. ތިހުރިހާ ޕުރޮޕެގެންޑާއެއް ނުޖައްސާ އެގައުމު ރައްޔިތުން ތިބީ ފުދިގެން އުފަލުން.
މިލޭނިއަމް
10 May 2025
ސިންގަޕޫރުގެ މެއިން ފޯކަސް އަކީ އިކޮނޮމިކް ޑިވޮލޮޕްމަންޓާ އާއްމު ރައްޔިތުންގެ ކުރިއެރުމަަށް. އެހެންވީމަ ގައުމިއްޔަތާ ޝަހުސިއްޔަތާ ސިޔާސިއްޔަތައް ވުރެ އެތަނުގެ ވެރިންނާ ރައްޔިތުން މުހިންމުކަން ދެނީ އިގުތިސޯދަށް. އޭރަށް ދޯ ރައްޔިތު މީހާއަށް ކުރިއެރުން ލިބޭނީ. އެތާކު ބޭކާރު ސިޔާސީ މަގާމު ތަކެއް ނުހުރޭ. މަތި ބަރުނޫން ސަރުކާރު ކޮންސެޕްޓް އެއީ.