14 މެއި 2025 - 12:04
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
މިގޮތަށް ކޮމިޓީން ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށެވެ.
ނަމަވެސް ކޮމިޓީން ނިންމާފައިވަނީ ފިލްޒާގެ ލަފާއާއެކު، ކޮމިޓީން ފާސްކުރި ގޮތަށް ދެ ފަނޑިޔާރުން ވަކިކުރުމަށް ތަޅުމަށް ފޮނުވުމަށެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް ވަކިވަކިން ނެގި ވޯޓުގައި ވަކިކުރަން ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްޓޭ
14 May 2025
ފަޑިޔާރުން ވަކި ކުރުމަކީ ކޮންމެ ސަރުކާރެއްގެ ސައިޒަށް ކޯޓު ހެޔޮވަރު ކުރުން. ޢަބުދުﷲ ޤާޒީ ވަކި ކުރީ ފަޑިޔާރުގެ މަރާމާތު ކުރަން. ސްޕްރީމް ކޯޓުގެ ފަޑިޔާރުން ޔާމީނާއި ދެމެދު ޖެހުނު މައްސަލަ. އިބޫގެ ވެރިކަމުގާ ޔާމީނު ލެއްވި ފަޑިޔާރުން ވަކި ކުރީ... ޙަޤީ ގަތަކީ ޤާޒީންގެ ސިޔާސީ ފިކުރު ހުރިގޮތް ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް އެނގިލައްވާ ކަމެވެ. ކޮންމެ ސަރުކާރަކުން ވެސް ރުހޭނީ އެބޭފުޅުންނަށް ހެޔޮ އެދިލައްވާ ބޭފުޅަކަށެވެ.
ބަރުބަރު
14 May 2025
މިކަމަކާއިގުޅިގެން ލައްކަގިނަ ވާހަކަ ދެކެވިއްޖެއެވެ. ކަންކަންވެހިނގައްޖެއެވެ. ދުނިޔޭގެ ކަންކޮޅުތަކުން އެންގުންއަންގައިފިއެވެ. އެއަޑުއަޑުވެސް އަދި މިމީހުންގެއަޑުވެސް ކޮމިޓީގައި އަހައެއްނުލެވުނެވެ. ވަރަށްވެސް ހުތުރު ދެކޮޅުނުޖެހޭ ދެރަކަމެކެވެ. ކަންތިއޮތީ ނިންމާފައެވެ. ބުރާނެތިއްކެއް ބުރާފައެވެ. ބައެއްގެނަން ޙަރާބުވެފައެވެ. އެކަމަކު އުފެދޭސުވާލެއް އެބައޮތެވެ. މަޖިލީހަށް ލަފާދޭފަރާތުންދޭ އެހެންލަފާ ރަނގަޅުވެފައި، މިފަހަރު ރަނގަޅުނުވީ ކީއްވެބާ؟
އިންތިހާ
14 May 2025
ނުދައްކާ ވާހަކަ އެބަހުރި. އެ ފެންވަރުގެ (މަތީ މަގާމާއި ލަގަބާއި ޖާހާއި ޢިއްޒަތާއި ޝަރަފާއި ކަރާމާތާއި ފައިސާ އާއި އެހެނިހެން.. ގޮތްގޮތުން ފުދުންތެރި) ބޭފުޅާކު ކީއްވެހޭ؟ އެފަދަ ތަނަކަށް ވަންނަން ވީ؟ މި ދެންނެވި އެއްވެސް ކަމަކަށް ބެލުމެއް ނެތި، އުޅުއްވި ފާޑަކުން މި ހުރިހާ ކަމެއް މި މެދުވެރިވީ. ހިތާމހުރި. ބަޔަކު ކުށްވެރިކުރުމުގެ މާނައެއް ނެތް. ކޮންމެ ބޭފުޅަކު ވެސް އައްޗި ވީމާ ދެން ވާންވީ ގޮތެއް ވާނެ. ހުރިހާ ކަމަކުން އެންމެ މަތއްޗަށް އިންތިހާ އަށް
8ޖުހާގެބުއްދި
14 May 2025
އެތަަނަށް ވަންނަންޖެހެނީ އަނގަޔާ އަތާ ދިމާނުވެ ފަސޭހައިން ގަނެލެވޭ މީހަކު ދިނިއްޔާ ކައިގެން އުޅޭނެ މީހެއްތަ؟ ބުއްދިއަށް ވަރަށް ސަލާން
ކޮރަލް
14 May 2025
ރައީސް ކަމާ މަޖްލިސް މެޖޯރިޓީ އާ ކައުންސިލް ގެ ބާރު ތައް އެއް ޕާޓީ އަކަށް ދިނީމަ ވާނެ ގޮތް މިއަދު މިފެނުނީ އެވެ. ޕާޓީ ސިސްޓަމެ ކިޔަސް ދިވެހީންނަކީ އެއިރަކު ވެރިކަން ކުރާ ޕާޓީ އެއް ފަހަތުން ދުވާ ބައެކެވެ. އަމިއްލަ ވިސްނުމަށް ވުރެ އަމިއްލަ މަސްލަހަތު އިސް ކުރަނީ އެވެ.
ކީއްކުރާނީ
14 May 2025
ޟަމީރެއް ގަބޫލުކުރާ ހަމަތަކެއްވެސް ނުހުންނަނީ، އަމިއްލަ އެދުމަށްވިއްޔާ ކޮންމެ ކަމެއް ކުރަންވެސް ރެޑީގަ!
ޕުރްރްރްރްރް
14 May 2025
މަށަށް ފާހަގަ ކުރެވެނީ ތިޔަ ފަނޑިޔާރުންތަށް ވަކިކުރުމުން ތިޔަކަމުގެ ފައިދާ ކުރާނީ ކުރީގެ ރައިސްކަން ކުރެއްވި ބޭފުޅަކަށް ކަމަށް. ކޮންމެސް މަނީ ލޯންޑަރިންތަކެއް އޮއްސިގެން ފޮރުވިގެން ގެއްލުގެން ހިނގައްޖެކަމަށް.
ފަހި
14 May 2025
ވަރަށް ދެރަކޮށް ކަންކަން މިދަނީ
ހަމަދު ސަލީމް
14 May 2025
އަޅުގަނޑުގެ ނަޒަރުގަ ކޮންމެ ސަރުކާރެއްގެ ވެރިންކުރާ ނޭދެވޭ ކަންކަމުގެ ޒިންމާއުފުލަންޖެހެނީ އަޅުގަނޑުމެން ރައްޔިތުން. ރައްޔިތުން ދިނީމަ ލިބެނީ. ރައްޔިތުން ހިމޭނުން ހައްޕުކީމަ ބޭނުންކަމެއް ކުރެވެނީ. ގައުމުދާނީ ރައްޔިތުން ބޭނުންވާގޮތަށް. ރޯނެ ކަމެއްނެތް.
އޯކޭމނ
14 May 2025
އަހަރުމެން ރައްޔިތުން މުއިއްޒު އަދި ތިމަޖިލިސް މެންބަރުންވެސް ވަކިކުރާނަން.
ޕޫރުބެ
14 May 2025
އަޅުގަނޑަށް ކުއްވެރިކުރެވޭނީ ރައްޔިތުން! އެއީ ރައްޔަތުން އެގަހުކޭލެއް މިގަހުކޭލެއް ނުބަލައި، ލާރިއަށް، ވަޒީފާއަށް، ބޭސް ސިޓީއަށް ބޭރަށް ފޮނުވަން ވޯޓުވިއްކުމުގެ ނަތީޖާ! ދެން އިންޞާފޭ ޢަދުލޭ ވަހުތާނޭ ކިޔާނެކަމެއް ނެތް! ފަނޑިޔާރުގެ ތަކުންވެސް އިންޞާފު ނުލިބޭ! އިންޞާފު ގަންނަންޖެހެނީ. ސިޓީ ކޯޓުތަކުގެ ވެރިންނަށް ތިބި މީހުންނަށް ބަލާލީމާ ބޮޑު މަންޒަރު ފެންނާނެ
އަފްރާސިޔާބު
14 May 2025
"އަހުރެން ވޯޓެއް ނުވިއްކަން" އެކަމަކު މަގޭ ދަރި އުޅެނީ ފެނަކައިގެ ވަޒީގައި ކަމަށްވާތީ ނުކަނޑާނަމޭ ބުނެ ގަރަންޓީ ދިނީމާ ވޯޓު އެޅީ. ދެން މިރަށިގައި އަޅަމުންދިޔަ އެއަރޕޯޓް އެއަށްވުރެ ބޮޑުކޮށް މާރީތި ކޮށް އަޅާދޭނަމޭ ބުނީމާ ވޯޓްދިނީ" ދަރިވެސް ކަނޑާލީ އަދި އެއަރޕޯޓްވެސްގެ މަސައްކަތްވެސް ހުއްޓިފައި. ދެން ނުދޭނަން ވޯޓެއް މަށަށް 5000 ރުފިޔާ ދިނީމާ ނޫނީ. 5 އަހަރުން އެއްފަހަރު މަގޭމަތިން ތިޕާޓީތަކުން ހަނދާންވާނީ.
ހީހީ ސުލީހް
14 May 2025
މިހާކަށްވަރަށް ރައީސްއަކަށް ފަނޑިޔާރުގެއަށް އަތްބޭނޭނީ. އާހިރުގަ ބޭނުމަކީ ހުރިހާ ވާދަވެރިން ޖަލަށްލާ ތިމާމީހާއެކަނި ވާދަކަކޮށް ދެވަނަދައުރެއްހޯދުން