ޚަބަރު / ޖުޑީޝަރީ ކޮމިޓީ (ރައްޔިތުންގެ މަޖިލިސް)

ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް ނެތް: ޖުޑިޝަރީ ކޮމިޓީ

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު: ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް ނެތް ކަމަށް ރިޕޯޓްގައި ވަނީ ބުނެފައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ހިންގުމުގައި ގޯހެއް އުޅޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ބުނެފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކުރަން ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖޭއެސްސީން ތަހުގީގު ކުރި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ޖޭއެސްސީން ވަނީ އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ނިންމައިފަ އެވެ. އެކަމުގައި މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާއިރު، ޖުޑިޝަރީ ކޮމިޓީން ވަނީ މައްސަލަ ދިރާސާކޮށް ޖޭއެސްސީގެ ނިންމުމަށް ތާއިދުކޮށްފަ އެވެ.

އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިއަދު ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ މި މައްސަލައަކީ އާންމު ފަރާތަކުން ޖޭއެސްސީއާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން، އެ މައުލޫމާތު ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން އިސްވެ ބެލުމަށް ނިންމި މައްސަލައެއް ކަމަށެވެ. އެ ކޮމިޝަނަށް އެ ބާރު އޮތްކަން ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގޭ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ 'މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ' އިން މައްސަލައެއް ނުބެލުމަށް ނިންމާ ހާލަތުގައި ވެސް އެ މައްސަލައެއް ބެލުމަށް ނިންމުމުގެ ބާރު ޖޭއެސްސީގެ ގާނޫނުން ކޮމިޝަނަށް ލިބިދޭ ކަމަށާއި ކޮމިޝަނުން އިސްވެ މައްސަލަ ބަލަން ނިންމައި ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް އުޅޭކަން ކޮމިޓީއަށް ގަބޫލުނުކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ބުނީ:

- ގާނޫނީ ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ފަހިކޮށްދީފައިވާ ކަމަށް

- ދިފާއީ ހެކި ހުށަހަޅަން ފަނޑިޔާރުންނަށް ފުރުސަތު ދީފައިވާ ކަމަށް

- މައްސަލަ ރައްދުވާ ފަނޑިޔާރާއި މައްސަލައާ ގުޅުންހުރު ފަރާތްތަކުގެ ބަޔާން ނަގާފައިވާ ކަމަށް

- ތަހުގީގު ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންކަމާއި މައްސަލަ ނިންމުމުގައި ރިއާޔަތްކޮށްދޭން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށް

- ތަހުގީގު ކޮމިޓީގެ ރިޕޯޓާ މެދު ކޮމިޝަނުން ގޮތެއް ކަނޑައެޅުމުގެ ކުރިން ޖަވާބުދާރީވާން ފަނޑިޔާރަށް ފުރުސަތު ދީފައިވާ ކަމަށް

ސުލޫކީ މައްސަލައިގެ ތަހުގީގުގައި އިޖުރާއީ ގޯހެއް ނެތް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމާފައިވީ ނަމަވެސް، އެ ރިޕޯޓަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

ކައުންސެލް ޖެނެރަލް ފިލްޒާ ދެއްވި ލަފާގައި ފިލްޒާ ވިދާޅުވީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއް ކަން އެނގޭ ކަމަށާއި ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބަލާނެތޯ ކަނޑައަޅަން ފޮނުވާން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަށް ކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ ފަރާތުންނެވެ. އެ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި އެއީ ގާނޫނުގައި އިޖުރާއަތް އޮތް ގޮތެއް ނޫނެވެ.

ޖޭއެސްސީ އަށް އަމިއްލަ މީހަކު ސިޓީއަކުން ހުށަހެޅި މައްސަލައެއް ނަމަވެސް، އެ ކޮމިޝަނުން ބުނެފައިވަނީ އެ މައްސަލަ ބަލަން ނިންމީ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ. އެހެން އެ ކޮމިޝަނުން ބުނާ ސަބަބަކީ ކޮމިޝަންގެ ރައީސަށް ލިބުނު ސިޓީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، އެ މައްސަލަ ބެލުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާފައިވާތީ އެވެ.

ޖޭއެސްސީން ބުނާ ގޮތަށް އެއީ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައެއް ކަމަށް ބަހުސުގެ ބޭނުމަށް ބުނި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި ސިޓީއާ ގުޅިގެން އަމަލުކުރަން ޖެހޭނެ ގޮތަކީ އެ ސިޓީގައިވާ މައްސަލަ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލު ކަމަށް ގެނެސް، އެކަމެއް ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމުމަށް މައްސަލަ ބަލާ ކޮމިޓީ އަށް ސެކްރެޓަރީ ޖެނެރަލް ފޮނުވުމެވެ. ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައި އޮތީ އެ އިޖުރާއަތް ކަން ފިލްޒާ ފާހަގަކުރެއްވި އެވެ.

ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކޮށް، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފު ވެފައިވާ ކަމަށެވެ.

ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް، ކޮމިޓީން އެ ފުރުސަތު ދީފައެއް ނުވެ އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.

33 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 24%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރަންޖީ

14 May 2025

ގަނޫނީ ކަންކަމުގަ މިހާރު ގޮތް ނިންމަން މިތިބީ ސިޔާސީ ބޭނުންތަކަށް ދެއަނގައި ވާހަދައްކާ މީހުން. މަށަށް ފެންނަނީ ކޯޓުތައް އުވާލާމަ މިމީހުންނާ މިކަން ހަވާލުކުރަން.

The name is already taken The name is available. Register?

ރަބަރޭގެ ސިކުނޑި

14 May 2025

އަޅެ ކީކޭ ކިޔާނީ، މަޖިލީހުގެ ރައީސްއަކީ ގްރޭޑް 5 ގެ ފެންވަރު ނެތް މީހެއް. ބައެއް ދާއިރާތަކުން ހޮވާފައި ތިބީވެސް ހަމަ އެފަދަ މީހުން. ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ބެހޭގޮތުން ގޮތްނިންމަން މިތިބީ މިވެރިން. އިއްޔަ މަގުމަތީ ހޮޅިވަޅުލަން އުޅެފަ މިއަދު ޤާނޫނު އަސާސީއާއި ބެހޭގޮތުން ބޮޑެތި ވާހަކަދައްކަން މިއުޅެނީ މިވެރިން. ބޯހަލާކު. އިންސާފުއަރައި މިވެރިންނާވެސް ހަމަކުރާނެ. އޭރުން އޭ ސަހަރޯއޭ ހިތަށް އަރާނެ.

The name is already taken The name is available. Register?

އަސްލީ

14 May 2025

ހައްގު ނުދަންނަ އިންސާފު ނުދައްނަ ނަފުސުގެ އަގެއް ނެތް މީހަކަށް އިޖްރާއި ގޯހެއް ނުފެންނާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 May 2025

ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ 3 ބާރުގެ ތެރެއިންވެސް ޑިމޮކްރަޓިކް ދައުލަތްތަކުގައި އެބާރަކީ އެންމެ ޙާއްސަ ބާރުކަމަށް ބަލަމުން އަންނަ ސުޕްރިމްކޯޓް ފަނޑިޔާރުން ތަކެއް ވަކިކުރަން ޕީއެންސީގެ ސަރުކާރާއި އެޕާޓީއަށް ސުޕަރމެޖޯރިޓީ އޮތް މަޖިލިސް އަދި މިކަމަށް މަގުކޮށާދިން ބަންޑާރަ ނައިބް، ޖޭއެސްސީ، އޭސީސީ ފަދަ ފަރާތް ތަކުން "މިކަމުގައި މައްސަލައެއް ނެތް ކަމަށް ބުނިކަމަށް ވިޔަސް" ތިކަން ކުރަމުންދަނީ ކިހިނެއްކަން ދުނިޔެއިން ބަލާންޖެހޭނީ ސަބަބެއް އޮތީމަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 May 2025

އިއްޒަތްތެރި ބޭޅާ ތިޔަ ވުދާޅުވާ "މައްސަލައެއް ނެތް" ކަމުގައި އިންތިހާއަށް މައްސަލަ ހުރިކަމަށް ވިދާޅުވަނީ އދ، އީޔޫ، ކޮމަންވެލްތު، ދުނިޔޭގެ އެތައް ޤައުމެއްގެ ސުޕްރިމްކޯޓު ތަކުންނާއި ބާ ކައުންސިލް ތަކުން، ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލު އަދި ސކ ފަނޑިޔާރު ސުޢޫދު، ޑރ މުނައްވަރު، ޑރ އަބުދުﷲ ދީދީ، ކުރީހެ ޕީޖީ މުއިއްޒު، ކުރީގެ ރަޢިސް ނަޝީދު، ޔާމީނު، ސޯލިޙް އަދި އިބުރާ ފަދަ ފަރާޔް ތަކުން. ނިކަން މޮޅުނަމަ މަޖިލީހުން ތިގޮތަށް މިކަން ނިންމަ ބަލަ.

The name is already taken The name is available. Register?

ނާގާބިލު

14 May 2025

އަހަންނަށް ފެނުނީ ހުސްނީގެ ނާގާބިލުކަން. މިވަރުން ފުދޭނެ.

The name is already taken The name is available. Register?

އެމީހަކު ކުރި ކަމެއް އެމީހަކަށް

14 May 2025

"އިޖުރާއީ" ކިގައި ގާނޫނީ އަރަބި ބަހެއް ވައްޓާލެވުނީމާ ރައްޔިރުނަށް ހީވާނޭކަމަށް ގަބޫލުކުރެވެނީބާ ކޮމިޓީގައި މިތިބީ ލައްކަ އިލުމީ ފަހުލަވާނުންތަކެކޭ. ނޫނޭވާ ނުބައި ނުލަފާ ކަންކަން އެބަ ކުރެވޭ ރައްޔިތުންގެ ނަމުގައި. ބަލަ، ކަމުގެ ޢިލްމާއި ޙިލްމު ހުރި މީހުން ބުނީމާ ކުޑަމިނުން އެ ފަހުމުވާންޖެހޭވަރު ވާންޖެހޭ އެބަ މަޖިލީހަށް ނަގާ މީހުންގެ!

The name is already taken The name is available. Register?

އެޑްމުންޑޯ

14 May 2025

ވަކިކުރަން އުޅެނީ ތިމީހުން ، ދެންކޮންގޯހެއް ފާހަގަކުރެވޭނީ ، ނުވަތަ އޮންނާނީ ، އެކަމަކު އަހަރަމެން މަންޒަރުބަލަން ތިބޭ މީހުންނަށް ދުވާލު އިރުފެންނަހެން ތިޔަ ހަދާ ހަދާގޯސްތަކާއި ތިތަންތަނުގެ މައްސަލަތަށް ފެނޭ ،

The name is already taken The name is available. Register?

އިސްލާހު

14 May 2025

ފަނޑިޔާރު ގެއަށް އާންމު ރައްޔިތުން އިތުބާރު ނުކުރަނީ ކޮންމެ ބަޔަކު ވެރިކަމައް އަޔަސް އެބަޔަކު ބޭނުންވާ ބަޔަކު ފަނޑިޔާރުގެ އަށް ލާތީއެވެ.

The name is already taken The name is available. Register?

ސުންދުސް

14 May 2025

ސަރުކާރުން އެއުޅެނީ ޤާނޫނު ހަދާ މަޖުލިހުން ނިންމީއޭ. މިއީ ރައީސަށް ބާރުފޯރުވޭނެ ކަމެއް ނޫނޭ ކިޔާފައި ނިންމާލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454