ޚަބަރު / ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މާދަމާގެ ޖަލްސާއަށް ފަނޑިޔާރުންގެ މައްސަލަ ވަނީ އެޖެންޑާކޮށްފައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވި މައްސަލަ އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު އެ މައްސަލައަށް ބަހުސަށް ހޭދަކުރާނެ ވަގުތު ކަނޑައަޅަން އާންމު ކޮމިޓީގެ ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ސިއްރު ބައްދަލުވުމެއްގައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މިއަދު ވަނީ ލަފާ ދެއްވައިފަ އެވެ.

އެ ލަފާ ކޮމިޓީއަށް ލިބުމާ އެކު މިއަދު ވަނީ އެކަމާ ގުޅިގެން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ފިލްޒާގެ ލަފާ ކޮމިޓީން ދިރާސާކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި، ލަފާގައި ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކާ މެދު ކޮމިޓީން ގޮތެއް ނިންމަން ވެސް ހުށަހެޅުއްވި އެވެ.

ކޮމިޓީގެ ނައިބު މުގައްރިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވީ ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް، ފިލްޒާގެ ލަފާއާ އެކު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ ހަ މެންބަރުން ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވީ ނާޒިލް އެކަންޏެވެ.

ކޮމިޓީއަށް ހުށަހެޅުއްވި ލަފާގައި ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށެވެ.

ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާން ކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.

11 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

12321

13 May 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި ވަކިކުރަނީ އަލައްތަ، އަފީފުދީދީ މާ ހިއްޕުޅާނުވެގެން މި އުޅެނީ

The name is already taken The name is available. Register?

މުސިންބި

13 May 2025

ފަނޑިޔާރުންނަށް އިންސާފުވެރިވި އެއްވެސް ދައުރެއްނެތް. ކޮންމެ ބަޔަކުވެސް ސިޔާސީ އެޖެންޑާ ހާސިލުކުރަން ކޯޓުތަކަށް އެކި ހަމާލާދޭ. މިއަދު ނަޝީދަކަސް ޔާމީނަކަސް ސޯލިހަކަސް މާތްވާން އުޅޭނެކަމެއްނެތް. އެންމެން ޖެހި ސަކަރާތް މިހާރުވެސް ޖަހަނީ. ދެން ވަކިކުރަންޏާ ވަކިކޮށް އައު ބަޔަކު ލާ ނިންމަންވީ. ދެން އަންނަ ބައެއްވެސް މިކުޅިވަރު ކުޅޭނެ. ސުޕްރީމް ކޯޓު ހުއްޓުވައިގެން ތިން ހަތަރުމަސް ހޭދަކޮށްގެން އެއްވެސް ބަޔަކަށް މޮޅެއް ނުލިބޭނެ. ވަރަށް ވެދުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

ދައުލަތުގެ ސުޕްރިމްކޯޓަށް މީގެކުރިން ދުވަހަކުވެސް ހުށަހެށިފައި ނުވާފަދަ ހުޟޫރަތްތެރި ދުސްތޫރީ މައްސަލައެއް ޤާނޫނީ ވަކީލު އަދި ކުރީގެ މެންބަރު ހުށަހަޅާފައި ވަނިކޮށް ސުޕްރިމްކޯޓް ބެންޗްގެ 3 ފަނޑިޔާރުން ސަރުކާރުން ސަސްޕެންޑް ކުރުމުންވެސް އެއްޗެއް ވިދާޅުނުވެ އިންނެވި ހުސަން ސޮލާޙުއްދީނަށް ކާފަ ވިދާޅުވާ އަދި މުޙައްމަދު ސަޢީދަށް ބޮޑުބޭބެ ވިދާޅުވާ އަޙްމަދު މުޢުތަސިމް އަދުނާނަށް މިސާލު ދައްކާނެ ޤާނޫނީ ބޭފުޅުން ރާއްޖޭގައި ތިއްބެވިކަން ހާމަވެގެން ހިގައްޖެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

މިކަމުގައި ދައުލަތުގެ ޤާނޫނު ނަގަހައްޓާން މަސައްކަތްކުރައްވާ ފަރާތްތަކަށް ހިއްވަރުދިނުމަށްޓަކާ އެބޭފުޅުންގެ ނަންތައް ހާމަ ކުރަންޖެހޭ. އަލީ ހުސެން، ހުސްނު އަލް ސުޢޫދު، ޑރ މުނައްވަރު، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ ދީދީ، ރައީސް ނަޝީދު، ރައީސް ޔާމީނު، ރަޢިސް ސޯލިޙް، މަޖިލިސް މެންބަރު އަޒާން، މަޖިލިސްގެ އިއްޒަތްތެރި ރައީސް އަބުދުއް ރަޙީމް އަބުދުﷲ އަދި އެއީ ކާކުކަން ނޭގޭ މަޝްހޫރު ސޯޝަލް މީޑިއާ އިންފުލިއެންސާ ހަސަން ކުރުސީ ފަދަ ބޭފުޅުންނަށް ޝުކުރިއްޔާ.

The name is already taken The name is available. Register?

ފީ ދީދީ

13 May 2025

މުނައްވަރު މިސާލު ދައްކަން އޭނީ ރައީސްގެ ކޮމިޝަނުގެ މަގާމު ގަބޫލުކޮށްގެން؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

ދައުލަތުގެ އެންމެ ޙާއްސަ ބާރު އަދި ޤާނޫނު މާނަކުރުމާއި ޤާނޫނު އުވާލުމުގެ ބާރުގެ އިތުރުން ޤާނޫނުއަސާސީގެ ބަލަދުވެރިކަންވެސް މަތިކޮށްފައިވާ ދައުލަތުގެ ސުޕްރިމްކޯޓްގެ ފަނޑިޔާރު ނުވަތަ ދައުލަތުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނަށް ވުރެން މިފަދަ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ގެ ހިތްވަރު ގަދަކަމާއި އިލްމީ ނަޒަރަކުން މިކަންކަމަށް ބަލާ ގޮތް ނިންމަން ކެރިވަޑައި ގަންނަވާކަން ސާބިތުކޮށް ދެއްވައިފި. ޝުކުރިއްޔާ ފިލްޒާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

ދައުލަތުގެ ސުޕްރިމްކޯޓް ބެންޗެގައި އިންނެވި މަޝްހޫރު ޤާނޫނީ ވަކީލު ހުސްނު އަލް ސުޢޫދު މިމައްސަލައިގައި އެބޭފުޅާ އާއި ކޯޓް ބެންޗްގައި ތިއްބެވި ޑރ އަޒްމިރަލްޑާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ގެ މައްޗަށް ސަރުކާރުން ކުރާ އަސާސެއް ޤާނޫނީ ބުރަދަނެއްނެތް ތުހުމަތާއި، ދެކޮޅު ހަދަމުން، ފަނޑިޔާރުންގެ ޒިންމާއަށް ސަރުކާރުން ހުރަސްއަޅާ ޖުޑިޝަރީގެ މައްޗަށް ބާރުފޯރުވަން ކުރާ މަސައްކަތަށް އިޙްތިޖާޖު ކުރާކަން އަންގަމުން ސުޢޫދު ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފަ.

The name is already taken The name is available. Register?

މިކަމުގައި ދިމާނުވާ މިސާލުތަކެއް ނަގާ މައްސަލަ ގޯސްކުރީ ސޫދުބޭ

13 May 2025

މިމައްސަލަކީ އިޖްރާތްތަކުގެ ބޭރުން އަމަލުކުރަން ފެށުމުން އުފެދިގެން އައި މައްސަލައެއް. ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވޭތޯ ދައުލަތުން އުފެއްދި އިއުތިރާޒީ ނުކުތާ އާ މެދު ގޮތެއް ނުނިންމައި މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމި ހިސާބުން އެކަން ވަނީ ފެށިފައި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

އެޕްރީލް 4 ވަނަ ދުވަހު "އިޙްތިޖާޖުކުރާކަން ރަސްމީގޮތުން އާންމުކުރައްވާ މަޤާމުން އެއްފަރާތްވެ މިކަމާއިދެކޮޅަށް މަސައްކަތްކުރައްވަން ތެދުވެ ވަޑައިގަންނަވަމުން" ރައީސަށާއި ޖޭއެސްސީއަށް ސިޓީފޮނުވާފައި އެއާއި އެކުއެކީ ބައިނަލްއަޤުވާމީ ސަމާލުކަމަށް މައްސަލަގެނައުމަށް UN High commissioner for Human Rights އަށާއި European Union އަދި Common Wealth އަށް ވެސް މައްސަލަ ހުށަހަޅާ އެފަރާތްތަކުން ސަރުކާރަށް މިކަމުގައި ޖަވާބުދާރީ ވުމަށްވެސް މިހާރުވަނީ އަންގާފަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

13 May 2025

ސަރުކާރާއި، މަޖިލިސް ނައިބް ރައީސް، ޖޭއެސްސީ އާއި، އޭސީސީ އަދި ދައުލަތުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނުވެސް މިކަމުގައި ސުޕްރިމްކޯޓްގެ ނިންމުމާއި ރުހިވަޑައި ނުގަންނަވާކަން އިގޭގޮތަށް ވާހަކަ ދައްކަވަމުންދާއިރު ރާއްޖޭގެ މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ ޑރ މުޙައްމަދު މުނައްވަރު އާއި، ކުރީގެ ރައީސް ނަޝީދު، ރައީސް ޔާމީނު އަދި ރައީސް ސޯލީހް ވެސް ވަނީ މިކަން ޤަބޫލު ނުކުރައްވާނެ ކަމާއި، "ސަރުކާރުން ޖުޑިޝަރީއާއި ބެހިވަޑައި ނުގަތުމަށް" ގޮވާލައްވާ ފައި.

The name is already taken The name is available. Register?

ޢަލިއ

13 May 2025

ބެހެންޖެހެނީ މިބޭފުޅުން އެކަނިދޯ އެހެންމީހަކު ބެހިގެނެއްނުވޭދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454