ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު: ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވަން މިއަދު ވަނީ ފާސްކޮށްފައި
13 މެއި 2025 - 18:27
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވި ނަމަވެސް، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ސިއްރު ބައްދަލުވުމެއްގައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މިއަދު ވަނީ ލަފާ ދެއްވައިފަ އެވެ.
އެ ލަފާ ކޮމިޓީއަށް ލިބުމާ އެކު މިއަދު ވަނީ އެކަމާ ގުޅިގެން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ފިލްޒާގެ ލަފާ ކޮމިޓީން ދިރާސާކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި، ލަފާގައި ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކާ މެދު ކޮމިޓީން ގޮތެއް ނިންމަން ވެސް ހުށަހެޅުއްވި އެވެ.
ނަމަވެސް، ނާޒިލްގެ އެ ހުށަހަޅުމަށް ކޮމިޓީގެ ތާއިދެއް ނުލިބުނެވެ.
ކޮމިޓީގެ ނައިބު މުގައްރިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވީ ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް، ފިލްޒާގެ ލަފާއާ އެކު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ ހަ މެންބަރުން ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވީ ނާޒިލް އެކަންޏެވެ.
ކޮމިޓީއަށް ހުށަހެޅުއްވި ލަފާގައި ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށެވެ.
"އަދި ގާނޫނުގައި ވަކި ކަމަކަށް ވަކި އިޖުރާއަތެއް ކަނޑައަޅާފައިވަނިކޮށް އެ އިޖުރާއަތަށް އަމަލުނުކުރުމަކީ ކޮމިޝަނަށް ލިބިގެންވާ އިހްތިޔާރެއް ނޫން،" ފިލްޒާ ވިދާޅުވި އެވެ.
އެހެންވެ، ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާން ކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1181
13 May 2025
އަޒްމިރަލްޑާއަށް އިހުތިރާމްކުރަން. އަޒްމިރަލްޑާ އޭނާ ފިރިމީހާގެ މައްސަލައިގައި ދަށުކޯޓުގެ ފަނޑިޔާރަށް ގުޅިކަން އޭނަގެ އަމިއްލަ އިއުތިރާފުން އެއޮތީ އެނގެން. އެހިސާބުން އެއޮތީ ސުޕްރީމްކޯޓު ގެ ގޮނޑީގައި އިނދެގެން ކޮށްގެން ނުވާނެކަމެއް ކުރެވިފައި. ކޮމްޕްރޮމައިޒް ވެފަ. ހަގީގަތަކީ އެއީ މިކަން ސިޔާސީކުުރަން ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ހެޔޮ.
ސޭކު
14 May 2025
އޭނާ ދަށުކޯޓުގެ ފަނޑިޔާރަށް ގުޅިކަމަށް އޭނާ ނުބުނޭ. އަދި އެގޮތަށް ޖޭ.އެސް.ސީންވެސް ނުބުނޭ. ޖޭ.އެސް.ސީން ބުނަނީ ދަށު ކޯޓުގެ ފަނޑިޔާރަށް ގުޅީ މާހާޒޭ. ދޮގު ހެދިޔަސް ތީ ބޮޑުވަރު.
ޒިވާން
13 May 2025
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ތަޢާރުޒް ނުވާގޮތަށް ހުރިހާ ފަރާތަކުން ޢަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތާއި ޚިލާފަށް ކުރެވޭ ކަމެއްގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ކުރިމަތި ވުމަކީ އެދޭ ކަމެއް ނޫނެވެ.
ސަޅި ގައުމެއް
13 May 2025
ހުދު ގަމީސް ލައިގެން ދައުލަތެއް ފުޑާލަނީ.. އުމުރައް ތި ގޮނޑީގަ ނުތިބެވޭނެ. ތިޔައްވުރެން މާ ބާރުގަދަ ވަޒީރެއްގެ ނިމުން ވެސް ދިވެހިން ދެކެފިން
އަދިވެސްތަ
14 May 2025
އަދި ތިގޮނޑި ގެއްލި މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު، ކޮށްގެންތިބި ހުވާޔާ ހިލާފްވެ އަނިޔާވެރިކަން އިސްކުރުމުގެ ސަަބަބުން، ޖޭހޭނެ ބޮޑު މުސީބާތާމެދުވެސް ވިސްނާލަންވާނެ!
ވަންޗިޕު
13 May 2025
އައްދެ. އިސް ގާޒީ ފޫގޮއްސާނު ތިޔަ އޮތީ. އެސޮރަށް ނެތްތަ އަދަބެއް؟
މި ޚަބަރުގެ އެންމެ ފަހު ޖުމްލަ
13 May 2025
މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ. ޢެމް.ޑީ.ޕީން ކޮން ވާހަކައެއްތޯ އެދައްކަނީ؟
ޙޗކޗޗޗ
13 May 2025
މީހަކު ރާަބޮއިފިއްޔާ ބޯންޖެހޭނޭތަ ތިބުނީ މީހަކު ގޯސްކަމެއްކުރިޔަސް ދެންހުއްނަމީހާ ނުޖެހޭ ދޯ ކުރާކައް ގޯސްކަމެއް މދޕ. ޥެރިކަމުގަ ގޯސްކޮން ކަންކުރީމަ ރަނގަޅައް ކަންކަން ކުރަން ގެނާ ސަރުކާރެއް މީދޯ ގާނޫނާހިލާފާއް ކަންކަންކުރާތީ ގާނޫނާއެއްގޮތައް ކަންކަންކުރަން
ޙައިރާ
13 May 2025
އެންމެ އަދުލުވެރި މާތް ދީންވެރި ބޭފުޅާގެ ސަރުކާރު މި ފެންނަނީ.