ކާޑެއްދޫ އެއާޕޯޓުގައި ހުވަނި އަޅާފައި.
15 މެއި 2025 - 10:40
ގދ. ކާޑެއްދޫ އެއާޕޯޓުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައިވާ ވީޑިއޯތަކެއް އާންމުވެއްޖެ އެވެ.
އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ އެ ރަށުގެ އެކި ތަންތަނުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައި އޮއްވާ އެވެ.
އޭނާ ބުނީ، ކުޑަކުދިންގެ ޕާކުގައި ވެސް ވަރަށް ބޮޑަށް ހުވަނި އަޅާފައިވާ ކަމަށާއި އެކަމަކު އަދިވެސް އެތަން އޮތީ ފުރަންދާ މީހުންނަށް ވަދެ، ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.
ކާޑެއްދޫގައި ހުވަނި އުޅޭތާ ގިނަ މިހާރު މަސް ދުވަސް ވެއްޖެ އެވެ. އެކަމަކު މި ދުވަސްވަރު ވަރަށް ބޮޑަށް ހުވަނީގެ އުނދަގޫ ބޮޑެވެ. ފަސިންޖަރުން އުޅޭ ސަރަހައްދާއި ކެންޓީން ކައިރީގައި ވެސް ހުވަނި ގިނަވެފައިވާ ކަމަށް އޭނާ ބުންޏެެވެ.
އެ ޕޯސްޓު އާންމުކޮށް އޭނާ ވަނީ ހެލްތު މިނިސްޓްރީ އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ އަދި ކާޑެއްދޫ އެއާޕޯޓު ހިންގާ ވިލާ އެއާލައިން ވެސް ޓެގްކޮށްފަ އެވެ.
ހުވަންޏަކީ އެ ޖެހުމުން މީހާގެ ގައި ވަރަށް ބޮޑަށް ހިރުވައި ކަހާ އަދި ގައިގައި އެ ޖެހޭ ހިސާބުގައި ފިތް ނަގާ އެއްޗެކެވެ.
ވިލާގެ ދަށުން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓުގައި ހުވަނީގެ އުނދަގޫ އިންތިހާ އަށް ބޮޑުވިއިރު އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުންޏެވެ.
މިއީ ރާއްޖޭގެ އިތުރުން މި ހިސާބުގެ އެހެން ޖަޒީރާ ގައުމުތަކުގައި ވެސް ހުވަނީގެ އުނދަގޫ އާންމުކޮށް ވެސް ބޮޑު ދުވަސްވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމިއްޔަތު މިނިސްޓަރު
15 May 2025
ހުވަނިން ލިބޭ ސިއްހީ ފައިދާ ޅެމަކުން ގެނަސްދެއްވަންވީނުންތޯ!
އުދުހޭ
15 May 2025
ހުވަންޏާއެކު އުޅެން ދަސްކުރަންޖެހޭ ދެއްތޯ ޖަނަވާރު މިނިސްޓަރ؟
މިނިސްޓްރީ އޮފް ޖަނަވާރު އެންޑް ސޫއްޕެ
15 May 2025
އާދެ! އާދެ! ޗަހެން ޗަހެން.
ޖަންގަލީ
15 May 2025
މާގިނަ ވާހަކަދައްކާނެކަމެއް އެކުގަ އުޅެންދަސްކުރޭ.!
މެޑަމްއަށް
15 May 2025
ހުވަންޏާއެކު އުޅެން ދަސްކުރަންޖެހޭ. ނޫނީ ހުވަި ޖެހުނީމާ ކަހަންވެސް ފަރިތަކުރަންޖެހޭ. ދުޅަވެއްޖެއްޔާ އަވަހަށް ހޮސްޕިޓަލަށްދާންވެސް އެނގެންޖެހޭ. މީ "ދިވެހީންގެ ރާއްޖެ" ތަފާތު ވާނެ ހުރިހާ ގޮތަކުންވެސް. ކުރިން އުޅުނުހެނެއް މިހާރަކު ނޫޅެވޭނެ.
ޑރ ވާންޗޯ
15 May 2025
ހުވަންޏާ ކަތުރުފަންޏާ އެކުވެސް އުޅެން ދަސްކުރަން ޖެހޭ!.
ނާޑުވާ
15 May 2025
ހުވަންޏާ އެކު އުޅެން ދިވެހިން ދަސްކުރަންޖެހޭ. ހިރުވާ ހަދާނަމަ ޅެމުން ފަރުވާ ލިބިގަނެވިދާނެ. ހުވަނި ގައިގަ ޖެހި ހިރުވާއިރު ކެހުމުގެ ބަދަލުގައި ހަދާ ޑާންސް ސްޓެޕް ތަކަކަށް ދިވެހިން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީއިން ވަރަށް އަވަހަށް ފަށާނެ. 7 ބިލިއަންގެ ކުޑަ ޚަރަދަކުން މިކަން ކުރިޔަށް ގެންދާނީ.
ޗޫޤީ
15 May 2025
7 ބިލިއަން ކޯނޗެއް؟ 7 ބިލިއަން ހުވަނިތަ؟
ކަނބިލިި
15 May 2025
ހުވަނި އަކީ ކަނބިލި އާންމުކޮށް ކައި އުޅޭ އެއްޗެއް. އެއާޕޯޓު އަޅަން ދޫނިތައް ނައްތާލީމަ ވީކަމެއް ތީ. ކޮބާތޯ އެނިމަލް މިނިސްޓަރު
ހހހހހހހ
15 May 2025
ދެން ޖެހުނު ރޯނު އެދުރު
އެކޮއި
15 May 2025
''ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރަށް ދަންނަވައިގެން ތިޔަ ތަކެއްޗަށް ފެސިލިޓީއެއް ޤާއިމްކުރަންވީ. އަދި ފެސިލިޓީ އެޅެންދެން ތިޔަ އެއްޗިއްސާއެކު އުޅެން އަހަރެމެން އިންސާނުން ދަސްކުރަންވީ. އަދި އަހަރެމެންނާއެކު އުޅެން އެއަށްވެސް ދަސްކޮށްދޭންވީ. މިކަމުގައި އޮތް ޙައްލަކީ އެއީ. '' މިނިސްޓަރު ވިދާޅުވާނީ މިހެންނެވެ.''
ބަބްސް
15 May 2025
ތިކަން ބަލަން ޖެހޭނީ ވިލާ ކުންފުނިން ... މިނިސްޓްރީއަކުން ނުޖެހޭ ތިކަން ހައްލުކުރާކަށް. ދައުލަތުގެ ތައްޕާހުން މުއްސަނދިވާ މީހުން ގިނައީ ...
މުޑަހަންޖާ
15 May 2025
ކަލޭމެނަށް އޮތީ ހުވަންޏާއެކީ އުޅެން ދަސްކުރުން ނޫނީ ރަށުން ފޭބުން، ތީގެން ހުވަންޏަކަށް ކިރިއާ ގޯނާއެއްކުރިއަސް އެނިމަލް މިނިސްޓަރަށް ވަގުތުން މައްސަލަ ހުށަހަޅާގޮތަށް އަހަރެމެން މިތިބީ.