ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ: އޭނާ ވަނީ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައި
15 މެއި 2025 - 23:13
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓްގައިވާ ގޮތުން ނޮއެލް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.
ޓްރައިބިއުނަލްގެ ވެބްސައިޓުން އެނގޭ ގޮތުގައި ނޮއެލް މައްސަލަ ހުށަހަޅާފައިވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބިގެންނެވެ. ނަމަވެސް، އޭގެ ތަފްސީލް އެނގޭކަށް ނެތެވެ.
އެކަމަކު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ނޮއެލް ހުށަހެޅި މައްސަލަ މި މަހުގެ ހަތްވަނަ ދުވަހު ބާތިލްކޮށްފަ އެވެ. މައްސަލަ ބާތިލްކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ދިވެހި ބަސް ނޭނގޭ ބިދޭސީއަކަށްވާތީ ތަރުޖަމާނަކު ހޯދަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި އުޅެނިކޮށް ނޮއެލް އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ބޭންކު ލޯންޗުކޮށްފައިވީ ނަމަވެސް، މިހާތަނަށް އަމަލީ މަސައްކަތް ނުފެށެ އެވެ.
ބޭންކުގެ ފުރަތަމަ ސީއީއޯއަކް ހަމަޖެއްސި ނޮއެލް އެންމެ ފަހުން ހުންނެވީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގަ އެވެ. އަދި 2013 އިން 2016 އަށް އިނގިރޭސި ވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.
އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ނޮއެލް ވަނީ ސްޓާލިން ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަގާމު 2004 އިން 2013 ވަނަ އަހަރަށް އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ1234
18 May 2025
ދިވެހި ޅެމަކުން މުސާރަ ދިންނަމަ. ހަރަދުވެސް ކުޑަވާނެ.
ކޮވެލި
17 May 2025
މިހިރީ ފެންވަރު. ދައުލަތެއްގެ ކަރާމަތާ އަބުރު ތިނަގާލަނީ. ކަންމަތީ ފިހާރައަކަށްވުރެ ކަލޭމެންގެ ކަންތަށް ބޮޑު މިހާރު
ދެންއައުޓްކިޔަންވީނު
17 May 2025
ޑިވެލޮޕްމަންޓް ބޭންކު ހަދައިގެން ހިންގޭފަދަ ގާބިލުކަމެއް ދިވެހިސަރުކާރުގައި ނެތްކަން މިވަނީ ސާބިތުވެފައި. ބޭންކު ހުރީ ތަޅުއަޅުވާފަ. މުވައްޒަފުންނަށް މުސާރައެއް ނުދޭ. ބޭންކުންދޭ ޚިދުމަތެއްނެތް.
ފަރަންޖީ
17 May 2025
ބޭންކު ހިންގުމުގެ ހުއްދަ ލިބުމުގެ ކުރިން، ތަނަށް ބިމެއް ހަމަޖެހުމުގެ ކުރިން އަދި ފައިސާއެއް ލިބޭނޭ މަގެއް ފެނުމުގެ ކުރިން އެންމެ ފުރަތަމަވެސް އައްޔަން ކުރީ ބޮޑު އަގުގަ ބޭރުގެ ސީއީއޯ. އޭނައަށް މުސާރާ ދޭނެ ގޮތެއްވެސް ނެތް. ރަށު ތެރޭ އުޅޭ ފޮނިއަނގަ ތަޅާ މީހުންނެކޭ އެއް ސްޓައިލަށް ބޮޑެތި އިންސްޓިއުޝަންތައް ހިންގަން އުޅުނީމައި ވާނީ ތިހެން. ލަދުން ބޯހަލާކު.
ދިވެހީންގެ
17 May 2025
މޯރޑިސް 2.0 ތަފާތުވާނެ.
މަހާރާ
17 May 2025
މި ކަހަލަ ތަންދޮރު ނޭނގޭ މަރުމޯލުން އަދިވެސް ބޮޑު މުސާރަ ދީފަ ލާތި. ކީއްތަވާނީ މޮޅު ދިވެހި ބޭފުޅެއް މި މަޤާމަށް ލީއްޔާ؟
މުޖުރާ
17 May 2025
އޭރުންތާ ދިވެއްސެއްގެ އާއިލާ ބަނޑަށް ޖެހޭނީ.
ގާސިމް
17 May 2025
ލުތުފީ ގެނައި ޓެރެރިސްޓް ސިފައިންވެސް ދިވެހި ނޭގޭތީ މައްސަލަނުބަލާ އެމީހުން ގެ ރަށަށް ފޮނުވާލިނަ ދޯ. މިރާއްޖެ ޕާކިސްތާން އަފްއާނިސްތާން ސީރިޔާ ފެންވަރަށް ވެއްޓިއްޖެ.
ކޮރަލް
16 May 2025
ރާއްޖޭގެ އަގު ނުވެއްޓެނީސް ދޭން ޖެހޭ ފައިސާ އެއް ދިފަ ފޮނުވާލަބަލާށެވެ.
ާދުރުމި
16 May 2025
ދިވެހި ބަސް ނޭގޭތީ މައްސަލަ ބޭރުކޮއްލި އިރު މުޅިންވެސް ދިވެހިން ވަޒީފާ އަދާ ކުރާ ސަރުކާރު އޮފީސްތަކުގައި އިގެރޭސި ބަހުން ނޫނީ އިންޓާނަލް މެމޯގަނޑެއް ވެސް ނުނެރޭ.
ޢަނާ
16 May 2025
ޓްރައިބިއުނަލް އިނގިރޭސި ބަހުން ޖެހެނިކޮށް ނިމުނީތަ. އިނގިރޭސިން އެއްޗެއް ބުނާނެ މީހަކު ހޯދަންވެއްޖެ އެއްނު . ޢެހެންނޫނީ ތަންބަންދުކޮށްފަ ދިޔައިމަ ނިމުނީނު.