ޣައްސާން އަދި ޝިޔާމް: ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ވަނީ ކަނޑައަޅާފައި
16 މެއި 2025 - 00:44
ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަކީ ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ޕީޕީއެމް އުވިގެންދިޔައިރު އެ ޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާ ގުޅެން ބޭނުންވި ބޭފުޅުން ރަސްމީކޮށް ޕާޓީއާ ގުޅުމަށް މިރޭ ޕީއެންސީ އޮފީހުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޕީއެންސީގެ ސެނެޓް ނުވަތަ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވެ އެވެ.
މިރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޣައްސާން އާއި މިނިސްޓަރު ޝިޔާމް ވެސް ހިމެނެ އެވެ. އެ ދެ ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅަން މެންބަރުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކޮށްފައިވަނީ އަޣުލަބިއްޔަތުންނެވެ.
މީގެ އިތުރުން ޕީޕީއެމް ލީޑަޝިޕް އަދި ސެނެޓްގައި ތިއްބެވި މެންބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއި ކުރެއްވި މެންބަރުންނަކީ ޕާޓީގެ ލީޑަޝިޕް އަދި މެންބަރުންގެ މަޖިލީހުގެ މެންބަރުން ކަމުގައި ކަނޑައެޅުމަށް ވެސް ފާސްކޮށްފައިވެ އެވެ.
ޕާޓީގެ ހައިރާކީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ރަސްމީކޮށް ހިމެނުމަށާއި، އިތުރު ބައެއް އިދާރީ އިސްލާހުތައް ޕާޓީގެ ހިންގާ ގަވާއިދަށް ގެނައުމަށް ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސް ކޮށްފައިވެ އެވެ.
ޕީއެންސީގައި މިހާރު ވެސް ހަ ނައިބު ރައީސު ތިއްބަވަ އެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ފަސް އަހަރު ވެރިކަމުގައި އޮތް ޕީޕީއެމް އުވާލަން ރައީސް މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ނިންމީ، ޕީއެންސީ ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ޕީޕީއެމްގެ ގިނަ އާންމު މެންބަރުން ވެސް ވަނީ ޕީއެންސީއާ ގުޅިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުގަނޭ
16 May 2025
ޕާޓީގެ އާންމު މެމްބަރުންގެ ވޯޓުން ހޮވި މީހަކު ތިޔަތާކުނެތް. ޕާޓީ އެކޭ ކިޔަން ލަދެއްނުގަނޭދޯ. ކެބިނެޓް ޕޯސްޓަކަށް ޕީޕީއެމް ވިއްކާލި ކުޑަ މައުމޫނާ ރެއިންބޯ ފިހާރައިގެ ސޭސްރެޕް ޝިޔާމް ތިޔައީ ތަންކޮޅެއް ހަޑި ކަންކަން.
އަބުރު
16 May 2025
މުއިޒު މީހުން ދަސްކުރަންވެއްޖެ.މީ ލައްކަވާހަކަ
މަ ބުނީ
16 May 2025
މަ ބުނީ ތިތާ ނޯވޭތަ ވޯޓުލުން ކަހަލަ ކަމެއްވެސް
ނުރަބޯ
16 May 2025
ޣައްސާނަކީ ރައީސް ޔާމީން އަރިހުގައި ފަރާތަކަށް ނުޖެހި ހުންނާނެ މީހެއްކަމަށް ކުރިން ހީކުރިން. އެކަމަކު ޖާހާ، މަތީމަގާމާ ޖެހުނީމާ ފައި ކައްސާލީ.
ވިލް
16 May 2025
މަހީކުރީ ޔާމީނަކީ ގައްސާނަށް ހެޔޮމަގު ދައްކަންހުރި މީހެކޭ. އެކަމު ވެރިކަމުގެ ލައްޒަތު ގެއްލޭއިރަށް އަމިއްލަ އެދުން ބޮޑުކޮށް ފައި ކައްސާލައިގެން ބޯ ކަހަން އެހުރީ
ގަބުޅިސްތާން
16 May 2025
އަދި މަ ހީކުރީ އަމިއްލަ ބައްޕަޔަށް ގޮތް ގޮތް ހަދާލި އިރު މަގާމުގެ ބޭނުމުގައި ޔާމީނު ކައިރީ ހުރި މީހަކު އަދި އަމުދުން މިހާރު ލިބިފަ ހުރި މަގާމުގެ ބޭނުމުގައި، ބޮޑުބޭބެޔަކަށް ބަލައި ނުލާނެޔޭ. ކަން ކަން ވަމުން މިދަނީ އެހެންބާ؟
މެގް
16 May 2025
ޣައްސާނަކީ އަބަދުވެސް މެގް ޔާމީނު ކައިރި ބެހެއްޓި އިންސައިޑް މޭންއެއް
ސަސި.
16 May 2025
މިދެން ހާދަހާ މަޖާ ކަމެކޭ.
ޥަޒީމު
16 May 2025
ޝިޔާމު ވަރަށް މުއްސަނދި ވެއްޖެ ކުއްލިއަކަަށް. މިހާރު އުޅެނީ ވަރަށް އަގު ބޮޑު އެޕާރޓްމަންޓް އިމާރާތްގައި.