ހަވާއީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނައިބު ރައީސް އެއާޕޯޓްގެ ލައުންޖުގައި މަޑުކޮށްލައްވައިގެން --
16 މެއި 2025 - 01:09
ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފި އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ދިވެހިރާއްޖެ ބައިވެރިވެ، އެ ފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި ހާއްސަ މެހެމާނެއްގެ ގޮތުން ވާހަކަފުޅު ދައްކަވާނެ އެވެ. މީގެ އިތުރުން އެ ޕްރޮގްރާމްގެ ހަވާސާގައި ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު އެ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވެ އެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދަވާ ހަތަރު ވަނަ ފަހަރެވެ.
ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށާއި އެކަމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތް ބިނާކުރުމާއި އައު ޓެކްނޯލޮޖީތައް ތައާރަފްކޮށް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މާލީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
ރައީސް އޮފީހުން ބުނީ 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް، ރައީސް ޑރ. މުހައްމަދު މުޢިއްޒު އަމާޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން، އެ މަގުސަދު ހާސިކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި، މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫއުތައް ވެސް މިހާރު ވެސް ހިންގަމުންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައި ލައިކް ނައިބް
18 May 2025
އައި ވެރީމަޗް ލައިކް ނައިބް ރައީސް. ހީ އިޒް އަ ނައިސް ޕާސަން. ވެރީ ހަމްބްލް. ހީ ވުޑުންޓް ބަގާވާތް
ބޯހަދާ
17 May 2025
ހާދަ ސަޅިކޮން ބޯ ހަދައިގެންނޭ ދީ
ސަންޑޭ
16 May 2025
މީނަ ވެސް އެބަ އުޅޭ ދޯ.
ސޮބީހާ
16 May 2025
ބޭކާރު ހަރަދު
ހައްޖަ.
16 May 2025
މިބޭފުޅުން ބޭރު ގައުމުތަކުގަ .ރައްޔިތުން ބަޑަށް ޖެހޭ އިރުވެސް.މި5 އަހަރު ކެވުނުވަރަކަށް ކާލާ.
ހުސެންބެ656
16 May 2025
މިފަދަ ދަތުރުތަކުން މައުނަވީ ގޮތުން ލިބޭ ފައިދާ ރައްޔތުންއައް ބުނެދޭން ޖެހޭ.. އެހީއެއް ލިބޭތޯ؟ ޢީކޯ ޓުވަރިސްޓުން އައް ދައުވަތު ދިންތޯ؟ މިހާރު ނަގާ ގްރީން ޓެކްސްއިން ކުރީ ކީއްތޯ؟
ޙުސެންބެ656
16 May 2025
ތިމާވެށި މިހާ ނާޒުކް ގައުމެއް އެކަމަކު... ޙަކަތަ އުފައްދަނީ ވިހަގޭސް ބޭރުވާ ތެލުން ދުއްވަނީ ހަމަ ތެލުން ޢުޅެން ބިންހޯދަނީ ނާޒުކް މުރަކަތައް ހަލާކުކޮއް ބިންހިއްކާގެން މަގު ހަދަނީ ތާރުން އަދި ނިމިމުންވެސް ހިޔާލިބޭ ގަހެއްނުޖަހާ ޕްލާސްޓިކް މަނާ އެކަމަކު ޕްލާސްޓިކްގަ ފެންބަންދު ކުރޭ
މެޓްރިކްސް ހުސެއިނާ
16 May 2025
އަބަދު ދަތުރުކުރުން. މިއިން ދަތުރަކުން ގައުމަށް ލިބޭ އެއްޗެއް ނެތް؟؟؟ ކިޔަވައިގެން ތިބި މީހުންނަށް ގައުމު ހަވާލު ކުރީ ރަގަޅު ވާނެ ކަމަށް. ޢެކަމަކު ޕީއެޗްޑީ ނެތް އަސާސީ ތައުލީމީ ފެންވަރު މީހުން ވެރިކަން ކުރި އިރުވެސް މިއަށްވުރެން ރަގަޅު..
ރަނގަޅެއްނޫން
18 May 2025
ތި ބުނާ ރޮވޭ ސޯލިހު މެން ކުރި އިރުގައި އަދި މިއަށް ވުރެވެސް ކަންތައްގޯސް. ގައުމު ހުއްޓުނު ދަނޑިވަޅުގައިވެސް ގެނައި ވެންޓިލޭޓަރުންވެސް ކުރޫ ވައްކަން
ސަމަނީ
16 May 2025
ހަވާއީ އަށް ވެސް ރަސްމީ ދަތުރު؟ ޗުއްޓީއަށް ދާ ތަނެއްނު އެއީ.؟
ދުބާއީއަށްވެސް ދޭ
18 May 2025
އެކޮއި ބަލަ ރަސްމީ ދަތުރު ދޭ ދުބާއީ އަށްވެސް. ބާޒާރު އަދި ޗުއްޓީ ދަތުރުވެސް ދޭ ދުބާއީ އަށް. ތަންކޮޅެއް ލޯ ހުޅުވާގެން ވާހަކަ ދައްކަބަލަ
ތަމެންދޯ
16 May 2025
މީކުރާ ކަމަކީދޯ ރައްޔިތުން ބިކަހާލުގައި ވަޒީރުންނާއި ރައީސް މީހާ އާއި ނައިބް ރައީސް ގޮށްމުށް ޖަހާ ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާ ނަގަ ނަގައިގެން ރާއްޖޭން ބޭރަށް ދަތުރުކޮށް މަޖާ ކުރަނީ ސަރުކާރު ކާމާލު ބަތްތަށްޓަށް ހުށިޔާރު ކާލާ ކާލާ ކާލާ މިމަގުންނޭ ކަން މިކުރަނީ ލޯނެއް ދައްކަން ޖެހިއްޖެނަމަ ލޯން ނުދައްކާ ލޯން ފަސްކުރަނީއޭ މީތޯ ޒިންމާދާރު ސަރުކާރަކުން ކަންކުރަން ޖެހޭ ގޮތަކީ ލޯން ވެސް ދައްކާ ލޯން ދައްކަން ބޭނުންވާ ފައިސާ ޚަރަދުކުޑަކޮށްގެން ހޯދާށޭ