ޝަހީދު ހުސެއިން އާދަމް ބިލްޑިންގު: ދުވާލަކަށް ގާތްގަނޑަކަށް ހަ ސްކޭމް ހިންގާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރާ މައްސަލަތަކުން އެނގޭ. -- ފޮޓޯ | މިހާރު
22 މެއި 2025 - 12:30
އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ އަތުލާ މައްސަލަތަކަށް ބަލާއިރު މިދިޔަ ހަފުތާގައި އެކަނި ވެސް ދުވާލަކަށް ހައެއްކަ ސްކޭމް ހިންގާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 481،500 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުގައި ބުނީ މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 45 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ގެއްލުނު 481,520.67ރ. ގެ ތެރެއިން 383,610.08ރ. އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޮޅުވާލައިގެން މީހުންގެ އެކައުންޓްތަކުން ނެގި ފައިސާގެ 80 ޕަސެންޓް ހޯދާފައިވާ އިރު، އޭގެތެރޭގައި އެންމެ ގިނައީ އީ ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތައް ކަމަށެވެ.
ގެއްލުނު ފައިސާގެ 80 ޕަސެންޓު ހޯދާފައިވާއިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމް (ލިންކު ފޮނުވައިގެން ހިންގާ ސްކޭމް)ގެ މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ.
އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައި ވާއިރު ދެން އެންމެ ގިނައީ ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސްގެ 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ވޭތުވެދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
- ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް: 10 މައްސަލަ
- ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް: 5 މައްސަލަ
- އިމްޕާސަނޭޝަން، ފިޝިންގް، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ: ކޮންމެ ބާވަތަކުން 1 މައްސަލަ
- ވައިބާ: 9 މައްސަލަ
- ފޯނު ކޯލް: 6 މައްސަލަ
އޭގެ އިތުރުން އައިބޭ އާއި މެސެންޖާ އާއި ޓެލެގްރާމުގެ އިތުރުން އިންސްޓަގްރާމް މެދުވެރިކޮށް ވެސް ސްކޭމް ހިންގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވާން އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން، މިވީ ދޮޅު މަސް ދުވަހުގެ ތެރޭގައި 229 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. އެއީ 2.2 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. އޭގެތެރެއިން ރިކަވާކޮށްފައިވަނީ 427،304ރ. އެވެ. އަދި އެ މުއްދަތުގައި 37،155 ޑޮލަރު ގެއްލުނުއިރު 1،641 ޑޮލަރު ރިކަވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަތަކާ ގުޅިގެން 125 އެކައުންޓެއް ފްރީޒްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚެކސކކސ
24 May 2025
ސްކޭމޭ މެންގެ ވަނަވަރު ދީބަލަ
ހަމްދާ
22 May 2025
ލަދު ގަންނަންޖެހޭ ތިވާހަކަދައްކަން
ވަރުބަލިވެއްޖެ
22 May 2025
އެބަޖެހޭ ސަރުކާރު މަތީފަޑީގަ ތިބި މީހުންނަށާ ކެބިނެޓު މިނިސްޓަރުންނަށް ސްކޭމް ފަދަ ކަންކަމުން ދުުރުހެލިވާން ދަސްކޮއްދޭން. މިފަހަކުން ދެކެފިން ރައީސް ގެ އަރިހަށް ސްކޭމް އާޓިސްޓް ސައުދީ ޕްރިންސް އެއް އައިސްގެން އުޅުން ހަބަރުވެސް. ދެން ގެންނާނީ ނައިގީރިޔާގެ ޕްރިންސް އެއްކަންނޭގެ،
ފެންސު
22 May 2025
ހިސާބަށްވުރެ ގަމާރު ރައްޔިތެއް އުޅޭ ގައުމެއްވީމާ މިހުރިހާކަމެއްވެސް ވާނެ. އެކަމަކުވެސް އެންމެފަހުގެ ފޯނާ ސައިކަލުގަ އުޅޭނީ. އެތެރެ ހުސް ތޮށިގަނޑު އެކަނިއޮތީ.
މާޒީީ
22 May 2025
ސުމާޓު ވީ ގެންގުޅޭ ފޯނު އެކަނި. ސިކުނޑި އިންނަންވީ ރަނުގަ އިނީ މީދާކޭ ކުރޮޅިއެއް.
ޙޯގުޅަ
22 May 2025
ސީޕީ ޝުޖާއު ކުރެއްވި ވަރަށް އަގުހުރި މަސައްކަތެއް. ޢޭގެ ހެޔޮ އަސަރު ތިޔަ ފެންނަނީ.
ޖޯޖު
22 May 2025
ކޮޕުން މައްސަލަ މީ ހަމަ
ކާންޓް ޕްރޮޓެކްޓް
22 May 2025
ޕޮލިސް މިއީ ތަފާސް ހިސާބު ބަލަހައްޓާ އިދާރާއެއްތަ؟
ޏަނާ
22 May 2025
އަދަބާގުޅޭ ތަފާސް ހިސާބަށްވުރެ ކުށްކުރާ ވަރާ ގުޅޭ ތަފާސް ހިސާބު ފުލުހުންނަށް މުހިންމުވޭ! މީ ކިހިނެއްވާކަމެއް ކަމެއް ނޭނގޭ!
ގަބުޅިބާދަލާ
23 May 2025
އެބަޔަކު ކުރާމަސައްކަތުގެ ތަފާސްހިސާބު ބެލެހެއްޓީމާ ދޯ އެގޭނީ ކަންކުރެވޭ ނުވަތަ ނިކުރެވޭ މިންވަރު. ކިޔޭ ނުކިޔޭ އެއްޗެއް ނޭގުނަސް ކޮމެންޓްކުރާތި.