ފުވައްމުލަކުގައި މަޝްހޫރު "ބާބާ ގާޑިޔާ" މޯލްޑިވްސް އެކްސްޕޯގައި ބަޔަކަށް ހިދުމަތް ދެނީ.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
01 ޖޫން 2025 - 14:27
ފަންނުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި މިދިޔަ ހަފުތާގައި ބޭއްވި އެކްސްޕޯއިން ޔަގީންވި އެއް ކަމެއް އެބައޮތެވެ. ދިވެހިންގެ ހުނަރުވެރިކަމާއި ގާބިލްކަމާ އެކު ސުވާލު އުފައްދާނެ އެއްވެސް މީހަކު ނެތެވެ. ރަނގަޅު ޕްލެޓްފޯމެއް ހޯދައިދީފި ނަމަ ބޮންތި އަށް ވެސް އަރާނެ ކަން ދައްކުވައިދީފި އެވެ.
އޭގެ ތެރެއިން ވެސް "މޯލްޑިވްސް އެކްސްޕޯ" ގައި އެންމެ ބޮޑު އެއް އުފަލެއް ލިބުނީ ފުވައްމުލަކުން ގެންދިޔަ ބާބަ ގާޑިޔަލަށެވެ. މިދިޔަ މަހުގެ 23 އިން ފެށިގެން ރެއާ ހަމައަށް ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި އެ ގާޑިޔަލަށް އެކަނި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.
ޓްރަކެއްގައި 2021 ވަނަ އަހަރު ފެށި ކާ އެއްޗެހި ވިއްކަން ފެށި އަތީގު ހަސަން "މިހާރު" އަށް މިއަދު ބުނީ އެކްސްޕޯގެ އެންމެ ފަހު ރެއަށް ވުމުން މެންދަމު ތިނެއް ޖަހަންދެން ހިދުމަތް ދީ، އެކްސްޕޯގައި އެކަނި ވެސް 14،000 ޝަވަރުމާ ވިއްކާފައިވާ ކަމަށެވެ. އެއީ 80ރ. ގެ ރޭޓުން ބަލާ ނަމަ 1.1 މިލިއަން ރުފިޔާ އެވެ.
ރޭ އެކަނި ވެސް 400،000ރ. ހޯދައި ޓާގެޓު ހާސިލްކުރުމުން ބާބަ ގާޑިޔާ އިން ވަނީ އޭގެ ފަސް ޕަސެންޓު، ފަލަސްތީނަށް އެހީވާން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފަ އެވެ. އެއީ 20،000ރ. އެވެ.
ޑިޓިއުން ބޭންޑު، ބާބަ ގާޑިޔާގެ އަތީގާއެކު.-
ބާބަ ގާޑިޔަލުގެ ޝަވަރުމާ އަށް ޑިމާންޑު ބޮޑުވެ، އެ ގަތުމަށް ކިއުގައި ދެ ތިން ގަޑިއިރު ވެސް މަޑުކުރަން ޖެހުނެވެ.
"އުއްމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް މި ލިބުނީ،" އަތީގު ބުންޏެވެ.
ރިސޯޓުތަކުގެ ފުޑް އެންޑް ބެވަރޭޖުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު ދަމާ ގާޑިޔަލެއްގައި އަތީގު ކާ އެއްޗެހި ވިއްކަން ފެށީ ކޮވިޑުގައި 2020 ވަނަ އަހަރު ރިސޯޓު ބަންދުކުރުމުންނެވެ. އެ ދަތި ދުވަސްވަރު ޓްރަކް ގަތީ ވެސް އަތުގައި ރައްކާކޮށްފައި ހުރި ރުފިޔާއިންނެވެ.
އެ ހިސާބުން ވަޒީފާ އިން ވަކިވެ، އަމިއްލަ ވިޔަފާރިއަށް އެއްކޮށް ހުސްވި އެވެ.
ބާބަ ގާޑިޔާއިން ހިދުމަތް ހޯދަން ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ:
"ހަމަ ލޯ މަރާލާފައި ގަތީ. އެއްވެސް މީހެއް ކައިރީގައި ނުބުނަން. މަންމައަށް ވެސް އެނގުނީ ގެ ދޮރު މައްޗަށް ގެނައީމަ،" އަތީގު ބުންޏެވެ.
އޭނާ ބުނީ އެކްސްޕޯގައި ލިބުނު ކާމިޔާބީއަށްފަހު އެކި ތަންތަނަށް ގާޑިޔާ ގެންދަން ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ތަނަކީ ލ. ގަމެވެ. އެކަމަކު، އަތީގު ނިންމައިގެން ހުރީ އީދުގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރާށެވެ.
"މާލޭގައި ކާމިޔާބުކަމާ އެކު ގެންދެވުނީ މި ކޮޅުގައި ރައްޓެހިން ވެސް ތިބީމަ. އެކަމަކު، އެހެން ހިސާބުތަކުގައި އުނދަގޫވާނެ."
ރަށުގައި އެ ވިޔަފާރިކުރާ އަތީގު ބުނީ އާދިއްތަ ފިޔަވައި އެހެން ދުވަސްތަކުގައި ގާޑިޔާ އޮޕަރޭޓުކުރާ ކަމަށެވެ. ހާއްސަކޮށް ރަށަށް މެހެމާނުން ޒިޔާރަތްކުރާ ދުވަސްތަކުގައި ގާޑިޔަލުގެ ވިޔަފާރި ރަނގަޅެވެ.
އެކްސްޕޯއިން ލިބުނު ފައިދާއާއެކު ބާބަ ގާޑިޔާ މިހާރު އަމާޒު ހިފާފައިވަނީ ފްރެންޗައިޒްކުރުމާ ދިމާލަށެވެ.
"ބާބަ ގާޑިޔާ ދާނީ ހަމަ މަޑުމަޑުން ކުރިއަށް." އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބީ
02 June 2025
ތިބާބާ ގާޑިޔަލަށް ގޮސްފިން. އަސްލުއެހާ މީރެއްނުން މަގޭ އޮޕީނިއަންގަ. ހަމަރަގަށް ވައިރަލްކޮށްފަ މިއޮތީ އަާދައިގެ ސަވަރުމާއެއް. މަގޭ މާމަވެސް ހަދާމިއަށްވުރެމީހުރ ސަރަވުމާ!
ބީބީ
03 June 2025
ދެން މާމާ ގާޑިޔާއެއް ހުޅުވައިގެން ޝަވަރުމާ ހަދައިގެން ވިއްކަން ފައްޓަންވީނު؟ އެހެން ނޫނަސް މީރު ނުބަޔަކީ ސަބްޖެކްޓިވް ކަމެއް. ހުރިހާ އެންމެންނަށް މީރު އެއްވެސް އެއްޗެއް ނުހުންނާނެ. ގިނަބަޔަކަށް މީރުވީމަތާ ގިނަބަޔަކު ކިޔޫގައި ޖެހިގެން ގަންނާނީ؟؟
ބޮއެހަލާކު
02 June 2025
މީހަކަށް ހެވެއްވާން ނޭދޭނެ މިޒަމާނުގައި، އެސްފީނާ ޖެހޭވަރުކުރާތި ހަބަރުތަކުގައި މި ވާހަކަ ގިނަގިނައިން ލިޔެގެން. އޭނާ ލިބޭވަރުތަ ނޫސްވެރިން ބަލަނީ ހަމައެކަނި.
ހަމްދާ
02 June 2025
ދުނިޔޭގެ އެންމެ މަޝްހޫރު އެއްބޭންޑް ބާބާ ގާޑިޔާއަށް ކުރި ޒިޔާރަތަކީ ވިޔަފާރި އިތުރަށް ކުރިޔަށް ދިޔަކަމެއް.
ޞަށާ
01 June 2025
ތި އުޅެނީ ބާބާ ގާޑިޔާގެ ދުވަސް ދާން. އިތުރު ތަންތަނުގަ ގާޑިޔާ ހުޅުވިދާނެ. ޢެކަމަކު އަތީގް އަކީ އެންމެމީހެއް ދޯ
ރަދީފްއޮފިޝަލް /
01 June 2025
ވަރަށް ހިތްވަރުގަދަ ކެރޭ ޒުވާނެއް.ގުޑް ލަކް
ހާމްދާރީ
01 June 2025
ދަރަކަމަކީ ތީގެ އެއްމެލާރިއެއްވެސް ޓެކްސްއަށް ނުދައްކާ، އަމިއްލަ ޕާސަނަލް އެކައުންޓަށް ލާރިޓްރާންސްފަރ ކުރީ ކަސްޓަމަރުން ލައްވާ
ވެދުން ސަލާމާއި އެކު
01 June 2025
އަމިއްލަ އެކައުންޓަށް ފައިސާ ދެއްކިޔަސް ޓެކްސް ތްރެޝްހޯލް ގިރާކޮއްފިނަމަ އެކަނި ޓެކްސް ދައްކަން ޖެހޭނީ. ކިހިނެއް އިންގެނީ މީގެ ކުރިން ޓެކްސް ތްރެޝްހޯލްޑް ގިރާކުރިކަމެއް؟؟؟
ޢަޖައިބު
02 June 2025
އެސް.ޕީ ވިޔަފާރި އެއް. ޓެކްސް ނުދައްކާ ކަމެއް ބުނަން ތީ ކާކު؟
ހުވަދޫ މީޑިއާ
02 June 2025
ހަމަޖެހިބަލަ. އެއީ މަހުޖަނެއްނޫން. މިހެން ކަމެއްގެ ތެރެއިން މިލިއަނެއް ލިބުނީމަ އަދި އެވީ ޓެކްސް ދައްކާކަށް ނޫން. ހެދިކާ ހަދަން ތަކެތި ގަތީ ޓެކްސް ދައްކާފަ ނޫންތަ. ހަމަ ކުދި ވިޔަފާރިއެއް ހިންދެމިލާތަނުން ޓެކްސްގެ ވާހަކަ ނުގޮވަބަލަ. ޓެކްސް ދައްކާވަރުވީމަ ދައްކާނެ.
ރާވެރިބެ
02 June 2025
ނުޖެހޭނެ ޓެކްސް ދައްކާކަށް. އެކްސްޕޯގަ އެެއްޗިހި ވިއްކި އެހެން މީހުން ޓެކްސް ދެއްކިތަ؟ ހަސަދަ ވެރިވާކަށް ނުވާނެ.
އައްޕަންކުޑޭ
01 June 2025
މާލޭކޮޅުގަ ޒުވާނުންނަށް ކަމުދަނީ ސްޓެލްކޯ ފެނަކަ އެޗްޑީސީ ކަހަލަ ތަނެއްގަ ފިންގާ ޖައްސާލާފަ ކޮފީބޯން ދެވޭ މަހުމުސާރަ ލިބޭ ވަޒީފާ. އެވަރުން ނުފުދުނަސް ފުއްދައިގެން ތިބެނީ ދެން.
ބަބްސް
01 June 2025
މާލޭކޮޅުގަ އެކަންޏެއް ނޫން. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރިހާ ކުދިބޮޑު ރަށްތަކެއްގައި ' ދުވާލު 2 ފަހަރު ފިންގަޖައްސާ ' އެތަށް ހާސް ވަޒީފާއެއް ވަނީ މިހާރު އަންނަ ސަރުކާރުތަކުން އުފައްދާދީފަ. އިންތިހާބް ދުވެސްވަރު އެކްޓިވޭޓްވާ އާއިލާވޯޓު ކޮޅު ސަރުކާރަށް ހޯދާދިނީމަ އިތުރު 5 އަހަރަށް ކޮންޓްރެކްޓް އެކްސްޓެންޑް ގޮތަށް އޮންނަނީ.
ބަޑިތަކުރު
02 June 2025
ހުރިހާ ހިސާބެއްގައިވެސް ކަންހުރީ ތިޔަގޮތަށެވެ. ނިމިދިޔަ ސަރުކާރުން ރަށްރަށުގެ ޒުވާނުންނަށް ވަޒީފާދިނުމުގެ ނަމުގައި އިށީންނާނެ ގޮނޑިއެއް މޭޒެއް ކުރާނެކަމެއް ނެތް އެތައް ބަޔަކަށް ވަޒީފާދީގެން ބޮޑުކަންނެލީގެ މަސްވެރިކަމުގައިއުޅުނު އެތައް ޒުވާނުންނެއް ދޯނިތަކުން ފޭބުމުން މަސްވެރިކަން ހުއްޓި އެތައް ދޯންޏެއް ފަޅުގައި އަޅާފައި ބާއްވަންޖެހުނެވެ. ގިނަ ދޯނިތަކެއް މާލެދަތުރަށް ޚާއްޞަވެގެންދިޔައެވެ.
އަބްޑޫޅް +
01 June 2025
އިޒުރޭލަށް އެހީވުމުގެ ގޮތުން، ޝަވަރުމާ ނުބަހަމުތަ؟ ޝަވަރުމާ އަކީ އިޒުރޭލުގެ ވަރަށް ހާއްސަ ކެއުމެއް.
ޑަމްޑޯލް
01 June 2025
ޝަވަރުމާއަކީ މިސްރުގެ އެއްޗެއް.
ޑަބްޑޫލް ޕްލަސް
01 June 2025
ވާނުވާ ނޭނގުނަސް ކޮމެންޓްކުރަންޖެހޭނެ.
ޢަލީ ބަލީ
01 June 2025
ކެރުމާ މުރާލިކަމާ އެކު ކަމަކާ ކުރިމަތި ލައިފި ނަމަ ކާމިޔާބު ވާނެކަން އަތީގު ދައްކައި ދީފިއެވެ. އަތީގަކީ ވަރަށް ކުރިންސުރެން ފެށިގެން ފޭސްބުކުގެ ރަހުމަތް ތެރި އެކެވެ. ކާމިޔާބު އެދެމެވެ.
އަދުރެއީޒް ޓިނު
01 June 2025
މިލިޔަނެެއް ލިބުނު، ފަލަސްތީނަށް 20.000. ޝުކުރިއްޔާ
ބަބްސް
01 June 2025
މިލިޔަނެެއް އެއީ ސޭލްސް އެކަނީ ކަމަށް ވާނީ ...
ބަޑިތަކުރު
02 June 2025
އެއަށްވުރެ ގިނައިން ލިބޭ ފަރާތްތަކުންވެސް އެއްޗެއް ނުދޭއިރު އެވަރުވެސް ދިންކަން ރަނގަޅުތާއެވެ. މިލިޔަނެއް ލިބުނުއިރު ސާފު ފައިދާއަށްލިބުނީ ކިހާވަރެއްކަމެއްވެސް ނޭނގޭތާއެވެ.