ޚަބަރު / މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)

ޕްރިމިއާ ޗެމްބާސްއަށް ނާޒިމް މިލިއަން ރުފިޔާ ދޭންޖެހޭކަން ސާބިތެއް ނުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކޮށް ޖަލަށް ލުމުން ޕްރިމިއާ ޗެމްބާސް އިން ފޯރުކޮށްދިން ގާނޫނީ ހިދުމަތަށް ލިބެންޖެހޭ ކަމަށް އެ ލޯ ފާމުން ބުނާ 1.3 މިލިއަން ރުފިޔާ އަކީ ދޭންޖެހޭ ފައިސާއެއް ކަމަށް ސާބިތުނުވާ ކަމަށް ފަސް އަހަރު ފަހުން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މާފަންނު އުތުރު ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު ނާޒިމް ގ. އެނިފްގޭގައި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ހައްޔަރުކުރީ ފެބްރުއަރީ 10، 2015 ގަ އެވެ.

އެ މައްސަލައިގައި މާޗް 27، 2015 ގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅުމަށް ކުރި މަސައްކަތް ކުރީ ވަކީލް ޝާހީން ހަމީދާއި ވަކީލް މައުމޫން ހަމީދު އަދި ހަސަން މާޒް ޝަރީފް ހިއްސާވެ ވަޑައިގަންނަވާ ޕްރިމިއާ ޗެމްބާސް އިންނެވެ. ނަމަވެސް ހައި ކޯޓާ ހިސާބުން ނާޒިމް ވަނީ އެ ލޯ ފާމު ދޫކޮށްލައްވައިފަ އެވެ.

ހައި ކޯޓުން 2016 ވަނަ އަހަރު ނާޒިމްގެ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އޭރު ބަލައިވެސް ނުގަތެވެ. އެކަމަކު ޔާމީންގެ ވެރިކަން ބަދަލުވެ ޑިސެމްބަރު 13، 2018 ސުޕްރީމް ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް ޖަލު ހުކުމް ބާތިލްކޮށްފަ އެވެ.

ޕްރިމިއާ ޗެމްބާސް އިން ނާޒިމަށް ދީފައިވާ ގާނޫނީ ހިދުމަތްތަކަށް 977،353ރ. އަދި ޖޫރިމަނާއާ އެކު 1.3 މިލިއަން ރުފިޔާ ހޯދަން މާޗު 2020 ގައި ހުށަހެޅި މައްސަލައިގައި އެންމެ ފުރަތަމަ މަސައްކަތްކުރީ އޭރު ސިވިލް ކޯޓުގައި އޮތް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ތެރެއިންނެވެ. އެކަމަކު ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވެ މައްސަލަ ޝަރީއަތަށް ދިޔަ އެވެ. އޭގެ ފަހުން ޝަރީއަތްތައް ސެޕްޓެމްބަރު 6، 2021 ގައި ނިންމައި ދިރާސާކުރުމުގެ މަރުހަލާގައި އޮއްވައި ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ޑިވިޝަންތަކެއް އުވާލުމުން މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުކުރަން ޖެހުނެވެ. އަދި އެ މައްސަލަ އޭގެ ފަހުން ބެއްލެވި ގާޒީ ރިޓަޔާކުރެއްވުމުން އަނެއްކާ އެހެން ސެކްޝަނަކަށް މެއި 22، 2023 ގައި ބަދަލުވީ އެވެ.

ނާޒިމްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ނާޒިމާ ދެކޮޅަށް ކުރި ހުކުމުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތްކޮށްދިނުމަށް ޕްރިމިއާ ޗެމްބާސްގެ ކިބައިން ނާޒިމް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންވެ މި ދައުވާ ކުރުމުގެ ހައިސިއްޔަތު ޕްރިމިއާ ޗެމްބާސް އަށް ނޯންނާނެ ކަމަށާއި މިއީ މައުޟޫއީ ގޮތުން ބަލަންޖެހޭ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދޭން އެދިފައިވެ އެވެ.

ނާޒިމްގެ ގާނޫނީ މަސައްކަތް ޕްރިމިއާ ޗެމްބާސް އިން ކޮށްފައިވަނީ ނާޒިމް އެދިވަޑައިގެން ނޫން ކަމަށާއި އެކަމާ ގުޅޭ ގޮތުން އަގަކާ މެދު އެއްބަސްވުމެއް ވެސް ނޯންނާނެ ކަމަށް ނާޒިމްގެ ފަރާތުން ޝަރީއަތުގައި ބުނެފައިވެ އެވެ.

ޝަރީއަތުން މިކަމަށް ބެލި އިރު، ފައިސާ ދައްކަން އަންގައި ޕްރިމިއާ ޗެމްބާސް އިން ނާޒިމަށް ހަތަރު އިންވޮއިސްއެއް ފޮނުވާފައި އޮތްކަން ފާހަގަކޮށްފައިވެ އެވެ. އެއީ ނާޒިމަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ވީ ތައްޔާރީތަކާއި މަސައްކަތަށް 977،353.13ރ. ދައްކަން އަންގައި ފޮނުވި އިންވޮއިސްއަކާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާއާ އެކު ފައިސާ ދެއްކުމަށް އަންގައި ފޮނުވި ތިން އިންވޮއިސްއެކެވެ.

ޕްރިމިއާ ޗެމްބާސް އިން ވަނީ ގާނޫނީ ފީ ބަޔާންކޮށް ނާޒިމަށް ފޮނުވި އީމެއިލްތަކެއް ޝަރީއަތަށް ހުށަޙަޅައި މިއީ ނާޒިމާއި އޭނާގެ އާއިލާއަށް އެނގުމާއި ފެނުމުގެ ތެރެއިން ކޮށްފައިވާ މުއާލާމާތެއް ކަމަށް ބުނެފަ އެވެ. ޕްރިމިއާ ޗެމްބާސްގެ އީމެއިލްގައި ބަޔާންކުރާ އަގަށް އެއްބަސްވާ ނަމަ އީމެއިލް މެދުވެރިކޮށް އެކަން ކޮންފާމްކުރުމަށް ޕްރިމިއާ ޗެމްބާސްގެ މެއިލްގައިވެ އެވެ. އެކަމަކު ޝަރީއަތުން ބުނެފައިވަނީ ޕްރިމިއާ ޗެމްބާސްގެ މެއިލް އަކީ ތިން ވަނަ ފަރާތަކުން، އެ ފަރާތުގެ އީމެއިލް އެޑްރެސް އިން، ދައުވާކުރާ ފަރާތަށް ފޮނުވި މެއިލްއެއްކަން އެނގޭ ކަމަށާއި އެ ފަރާތަކީ ނާޒިމްގެ ފަރާތުން ބަސް ބުނުގެ ގާނޫނީ ބާރު އޮތް ފަރާތެއް އެނގެން ނެތް ކަމަށެވެ.

ޕްރިމިއާ ޗެމްބާސްގެ އިންވޮއިސްއާ ގުޅިގެން ސިޓީއެއް ފޮނުއްވިކަން އެނގެން އޮތް އިރު، އިންވޮއިސްކޮށްފައިވާ އަގަކީ ޕްރިމިއާ ޗެމްބާސް އިން ހުށަހެޅި އަދި ނާޒިމްގެ ރުހުން ލިބިފައި ނެތް އަގެއް ކަމަށް ސިޓީގައި ބަޔާންކޮށް އެ އަގު ދެވެން ނެތް ކަމަށް ނާޒިމް އަންގަވާފައިވެ އެވެ.

މި ކަންކަމަށް ބަލާއިރު ހިދުމަތުގެ އަގާ ގުޅޭ ގޮތުން ދެފަރާތުން އެއްބަސްވާ ކޮންޓްރެކްޓެއް ވުޖޫދުގައި ނެތްކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ ގާޒީ ފައްޔާޒް ޝާތިރު ހުކުމް ކުރެއްވީ ޕްރިމިއާ ޗެމްބާސް އިން ހޯދަން ނާޒިމްގެ މައްޗަށް ދައުވާކުރާ ފައިސާއާ މެދު ނާޒިމާ އެކު ވަކި ގޮތަކަށް އެއްބަސްވެފައި ނެތުމުން އެއީ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާން ނެތް ކަމަށެވެ.

15 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 7%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚަކސކކސ

13 June 2025

ދޭން ޖެހުނަސް ސާބިތު ނުވާނެ

The name is already taken The name is available. Register?

ކިމް

12 June 2025

ލޮލް

The name is already taken The name is available. Register?

ޔުގީރު

12 June 2025

ސާބިތެއް ނުވާނެ. މިހާރުދައުލަތުން ނާޒިމައް ދޭން ޖެހޭނީ.

The name is already taken The name is available. Register?

ރާވެރިބެ

12 June 2025

ހަމަ ތިބެފަ އެއްވެސް ރިކުއެސްޓެއްނެތި ލޯފާރމް އިން ނާޒިމް ސަލާމަތް ކުރުމަށް މަސައްކތް ތަކެއް ކުރާނެހެން ހީނުވޭ. ނާޒިމް ޖަލުގަ އޮވެގެން ލޯޔަރަކާ ވާހަކަ ނުދެއްކޭނެ. ނާޒިމްގެ ފަރާތުން ވާހަކަ ދައްކާނީ އާއިލާ ނުވަތަ ގާތް ފަރާތަކުން. މީނިވަންވީމަ އެގޭކަމަށް ވެސް ނެހެދީމަ ސަކަރާތް. ބަޔަކު ކުރި މަސައްކަތަށް އަގެއް ދޭންވާނެ. އަމުދުން ތިހާ ބޮޑު މުއްސަންޖެއް.

The name is already taken The name is available. Register?

ނިކަމެއްޗަކު އަނބެއް ބިނަސް ... !

12 June 2025

މިހާރު ދެވި ތިތިބި ހިސާބަކީ، އިންސާފުގެ ދިގު އަތް ނުފޯރާ ހިސާބަށް ؟

The name is already taken The name is available. Register?

އެއްކަލަ ދުވަސް

12 June 2025

އެއްވެސް ޝަރުތަކާ ނުލާތަ.

The name is already taken The name is available. Register?

ނަދީމާން

12 June 2025

އަގަށް އެއްބަސްނުވެ މަސައްކަތް ކުރުމަކީ މަސައްކަތް ކުރި މީހާ އަމިއްލައަށް ނަގާ ރިސްކެއް! ދެން ކުރި މަސައްކަތަށް އަގު ދެވޭނީ އެއީ ބުއްދި ގަބޫލުކުރާ އެ ހަރަދު ހިނގިކަން ސާބިތުކޮށްދިނުމުން!

The name is already taken The name is available. Register?

ދީދީގެ ޢަބްދުﷲ

12 June 2025

ކެޔޮގަނޑު ކަނޑާލީމަ އެނިމުނީ. ނާޒިމްގެ އަގު ވަރަށް ބޮޑަށް ވެއްޓުނީ. އެންމެނަށް ވެސް ފެނުނު ބަންދުން ދޫކޮށްގެން އުޅުނު ގޮތް. މިއަދު ހަނދާން ނެތީތާ. ލާރި ގިނައިން ލިބި މަޖިލިސް ގޮނޑި ލިބުމުން ހަނދާނެތުނީތާ.

The name is already taken The name is available. Register?

ލުބްލާ2025

12 June 2025

އެހެންވިއްޔާ ނާޒިމްސޯ ކޯޓުގަ ކީއްވެތޯ އެވާހަކަ ނުދެންނެވީ؟ ހުއްދަނެތް ބަޔަކު ތިމަންނާގެ ބަހެއްނެތި ވަކާލާތުކުރާ ވާހަކަ؟ ދައުލަތުން ވަކީލުން ހަމަޖައްސަވާދެއްވާ ނޫންތޯ ވަކީލުން ނެތް މީހުންނަށް.

The name is already taken The name is available. Register?

މީން

12 June 2025

މީގެން އެގެނީ ނާޒިމް ތެދުވެރި ނުވާނެކަން. ވެރިކަމާ ގާތްކުރަންވެސް ހެޔޮނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454