ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަ ދައްކަވަނީ: އިޒްރޭލުގެ އަނިޔާވެރިކަން ހައްދުން ނެއްޓިފައިވާ ކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވި. -- ފޮޓޯ | ފޮރިން މިނިސްޓްރީ
21 ޖޫން 2025 - 22:08
އިޒްރޭލުގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ކަމަށާއި އެ ގައުމުން ދަނީ މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ނަގާލަމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަަނަ ސެޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވަނީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދެއް ނެތް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްދޭ އަނިޔާތަކުން ފެށިގެން އިރާނަށް ދިން ހަމަލާތަކުން ވެސް އެ ގައުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަން ދޭހަވާ ކަމަށެވެ.
At 51st Session of the Council of Foreign Ministers of the @OIC_OCI, I called for a strengthened OIC and unified action to address the pressing challenges facing the Ummah, especially the plight of the Palestinians.
— Abdulla Khaleel (@abkhaleel) June 21, 2025
Israel’s atrocities know no bounds. From the escalating… pic.twitter.com/mOw5YZxE5V
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގަ އެވެ. ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ ދުނިޔޭގައި އެންމެ ގަދައަށް ވަކާލާތުކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން އަންނަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވަން ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއައު
22 June 2025
އެމެރިކާ. އެމެރިކާ އާ ހުޅަނގުން
މަމްނޫހް ޒާހިރު
22 June 2025
ރައީސް މުއިއްޒްގެ ސަރުކާރުގެ ސްޓޭންޑަށް ހަމަ ސަތޭކަ. ބިރަކާ ނުލާ ހައްގު ބަސް މިދަނީ އިއްވަމުން.
ބުރަތޭރީ
22 June 2025
އެމެރިކާ އިން ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާވާހަކަ ބުނަން ޖެހިލުންވެ ނުލައްވާ. ހުސްއެކަނި އިޒުރޭލް އޭ ބުނުމުން ތަންކޮޅެއް " ފިނޑި " ބަހުރުވައެއްކަމަށް ބެލެވެނީ...އެންމެންނަށް އެނގޭ، އެމެރިކާގެ ސީދާ ބައިވެރިވެގެން އިޒުރޭލުން ހިންގާ ކަމެއްކަން...އިސްލާމީ ހުރިހާ ގައުމަކުން ކެރިކަން އެމެރިކާއަށް ނުރުހުން ފާޅުކުރަންޖެހޭ.
ހަމަދު ސަލީމް
22 June 2025
ރާޢްޖެ ކަހަލަ ކުޑަ ގައުމަކުން އިސްލާމީ އެހެން ގައުމުތަކާ ހިލާފަށް ބުނާ ބަސް މާ ރަނގަޅު.
ސޫދާ ސޮބްރީ
22 June 2025
ފަލަސްތީނާ މުޅި އިސްލާމީ އުއްމަތުގެ ހައްގުގައި މިސަރުކާރުގެ ސްޓޭންޑް އަހަންނަށް ވަރަށް ކަމުދޭ. ބަރާބަރު
ށސ11
22 June 2025
އިޒުރޭލު އެކަނިތަ، ކޮބާ އެމެރިކާ؟!
ދޮންހަސަން
22 June 2025
ޗަ ވަރު ކޮށްލާނެ މީހަކު ވެސް މިހާރު މަދު. އަނެއްހެން ނުވެސް ނެތީ.
ޔޫއެސްއޭ
22 June 2025
އީރާން ފަދަ ތެޔޮ ގިނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން، ތެލުގެ އަގު ބޮޑުވާނެ. މިއީ އެމެރިކާ ތެޔޮ އުފައްދާ ފަރާތްތަކަށް ފައިދާ ކުރާނެ ކަމެކެވެ. މިސާލަކަށް ފާއިތު ވި ދެ އަހަރު ފެނުނު ގޮތަށް އީރާން އަދި ރަޝިއާ ސެންކްޝަން ކުރުމުން އެމެރިކާގެ ވާދަވެރިން މަދުވެ އެމެރިކާގެ ކުންފުނިތަކަށް ނުސީދާ ގޮތުން އާމްދަނީ އިތުރުވި.
ތެލުލިވީވްގެ ބަސް
22 June 2025
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލްގެ ބަސްއަހައި ހަމަލާދިނުން މިވަގުތުންފެށިގެން މިހުއްޓާލީ. ޝުކުރިއްޔާ ހަލީމް. ނަތިންގޔާހޫ