ރައީސް ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ސިންގަޕޫރަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދަންނަވަނީ: ރައީސްގެ ދެ ކަނބަލުން އެ ގައުމަށް ވަޑައިގަތީ ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް. -- ފޮޓޯ | ރައީސް އޮފީސް
29 ޖޫން 2025 - 20:24
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ވަޑައިގަންނަވައިފި އެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން މިރޭ އެ ގައުމަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ސިންގަޕޫރުގެ ސީނިއާ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ޑިޖިޓަލް ޑިވެލޮޕްމަންޓް އެންޑް އިންފޮމޭޝަން ޓަން ކިއަ ހޫގެ ދެކަނބަލުންނާއި ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ލުވެއިޒުގެ ދެކަނބަލުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ސިންގަޕޫރުގައި. -- ފޮޓޯ | ރައީސް އޮފީސް
ރައީސްގެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ މިނިސްޓަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
މީގެ އިތުރުން ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރީ ފެބްރުއަރީ 20، 1975 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދާ
30 June 2025
އޯކިޑް އޭނާގެ މާ
އަސްލަމް ވަހީދު
30 June 2025
މިގައުމަަށް ފަހުގެ ތާރީހުގައި އައި އެއްމެ ގައުމާއިގެން ގައުމަށް ކަމެއް ކޮށްދޭން އައި ރައީސް އަކީ ރައީސް މުއިއްޒް. މިހާރުވެސް އެތައް ފަހުމަނާއެއްގައި ސޮއިކުރަން ހަމަ ޖައްސައިގެން އެދިޔައީ ސިންގަޕޫރަށް.އަދި ނުވިތާކަށް ބޮޑު އިންވެސްޓް ފޯރަމެއްވެސް އެބައިން
ގާފް
30 June 2025
ހުރިހާ ފައިސާ އެއްހެން ޕޮލެޓިކަލް ސެލަރީތަކަށް ހަރަދު ކުރަނީ
އައުޒަމް
30 June 2025
ކާމިޔާބް ދަތުރަކަށް އެދެން ރައީސް.
ފަހި
30 June 2025
ތަފާތު ރައީސްއެއް ހަމަ. ރައީސް ކަން ދެން ދޭންވާނީ ޑރ ސެޓްފިކެޓް ނަގާފަތިބޭ މީހުނަށް. ބޮލުން ލައިގެން ލޯނު ނަގާފަ އެހެންކަމެއް ނުކުރޭ
އަބްޑޫޅް +
30 June 2025
"ފުރަމާނަ" (प्रमाण) އަކީ ސަންސިކިރުތު ބަހުން އައިސްފަ އޮތް ލަފުޒެއް. އޭގެ މާނައަކީ ޖުމްލަކޮށް، އެންމެހައި ބުއްދި އާއި، ހުނަރާއި ވައްޓަފާޅި. ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ރަސްކަނބަލުންގެ ފަތްފަތްކޮޅު ނިމޭތަނުގަ އޮންނަ އެއް އިބާރާތަކީ، "މަގޭ ކީރިތިކަމުގެ ފުރަމާނަ ދަނެއު"، މިހެން. މި އިބާރާތުން ރަމްޒުކޮށްދެނީ، ދިވެހީންގެ ރަސްރަސްކަލުންނާއި ރަސްކަނބަލުންގެ ކީރިތިކަމާއި މޫރިތިކަން. ސިންގަފޫރަށް ފުރުމާ، "ފުރަމާނަ" އާއި ހުރީ ކޮންގުޅުމެއް؟
އެސްޓޯނިއާ
30 June 2025
ގައުމުތަކަށް ގޮސް ބެލިދާނެ، އެކަމު މިތާ މި އުޅެނީ ޑޭޓާ ތްރޮޓްލްވާއިރަށް 120 ކޭބީޕީއެސް ސްޕީޑު ވެއްޓޭތީ… ހިތުން ސިންގަޕޫރު،
ލަނގޮޑި
30 June 2025
މޯބައިލް ޑާޓާ ހާދާ އަގުބޮޑޭ މިރާއްޖޭގައި. ސިންގަޕޫރުން ޑޭޓާ ރޭޓް ތައް ގެނެސްދީ މިތާނގެ އޮޕަރޭޓަރުންނަށް އެތަންފީޒު ކުރަން ރައީސް އަންގަވާ ދެއްވައްޗޭ އިނގޭތޯ