ރުކުމާ.-- ފޮޓޯ: ފެނަކަ
01 ޖުލައި 2025 - 13:00
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ވިދާޅުނުވި އެވެ.
މި ސަރުކާރާ އެކު، ރުކުމާ އެންމެ ފުރަތަމަ ހަމަޖެއްސީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ. ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.
ރުކުމާ އިސްތިއުފާ ދެއްވިއަސް ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގައި އިތުރު ބޭފުޅަކު އެބަ ހުންނެވި އެވެ.
ފެނަކައިން ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގައި ރުކުމާ ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަވަނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
02 July 2025
ޙޫމް. އެ ކުންފުނީގެ ޕިޔޯނުންގެ ސަރުދާރުގެ މަގާމުންވެސް އިސްތިއުފާ ދިން ދޯ؟ އެކަމަކު، އަދިވެސް، މެނޭޖިން ޑިރެކްޓަރު.
ޜެނަ
01 July 2025
މިހާރު އުޅެނީ އެހެން ކުންފުންޏެއްގެ ހަމަ ތި މަގާމުގަ
ކަޅު އަލީ
01 July 2025
ފެނަކަ މިހާރު ހިނގަނީ ޑީސަލްހުރީމަ، އެތަނަށް އެއްވެސް "ޑީ" އެއް މިހާރު ބޭނުމެއް ނުވޭ.
އާދަނު123
01 July 2025
ފެނަކަ އުވާލާފަ ސްޓެލްކޯ އަށް ހަދާބަލަ