މާލޭގެ މަގުމަތީގައި ކަނޑި އާއި ވަޅިތަކެއް ހިފައިގެން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުން.
15 ޖުލައި 2025 - 11:03
މާލޭގެ މަގުމަތީގައި ކަނޑިއަކާއި ވަޅިތަކެއް ހިފައިގެން އުޅުނު ދެ މީހަކު ފުލުހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގދ. ހޯނޑެއްދޫ ކެލާގެ، މުހައްމަދު އާރިފް އާއި ސ. މީދޫ ވައިލެޓްހައުސް، ހައިކަލް އަބްދުﷲ ޝާތިރެވެ.
މި ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، އެ ދެ މީހުން ހައްޔަރުކުރީ އާއްމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއްގަ އެވެ.
ކޯޓުގައި ފުލުހުން ބުނީ 21 އަހަރުގެ ހައިކަލްއާ އެކު ހުރި 33 އަހަރުގެ އާރިފްގެ އަތުން ކަނޑިއަކާއި ވަޅިއެއްގެ އިތުރުން ސާޖިކަލް ވަޅިއެއް ފެނުނު ކަމަށެވެ. އޭނާގެ އަތުގައި އޮތް ސާޖިކަލް ވަޅި، ފުލުހުން ފެނުމާ އެކު ބިންމައްޗަށް ވައްޓާލީ އެވެ. އެ މީހުން ގެންގުޅުނު ކަނޑީގެ ތިލައިގައި ދެ ފޫޓު 10 އިންޗި ހުރި ކަމަށް ފުލުހުން ބުންޏެވެ.
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން ވެސް ގެންދިޔަ ހައިކަލް ބުނީ، ކަނޑި އާއި ވަޅި ގެންގުޅުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެ ތަނުގައި އޭނާ މަޑުކޮށްގެން ހުރީ އާރިފް ގެންގުޅުނު ވަޅިތައް ކަނޑަން، އަލިކޮށްދޭން އެދުމުން ކަމަށް އަމުރުގައިވެ އެވެ.
ފުލުހުން، ކޯޓުގައި ބުނީ އެކި މައްސަލަތަކުގައި ބަންދު ކޮށްފައިވާ އާރިފް، އެ ހަތިޔާރުތައް ގެންގުޅެން ޖެހުނު ސަބަބެއް ބުނެ ނުދެވުނު ކަމަށެވެ.
ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯޑެއްދޫ ގޮލާ
16 July 2025
33 ގެ ސޮރު ބެލީމަ ހީވަނީ 65 ވެއްޖެހެން އަޅެ ޑަބަލް ޗެކް ކޮށްލަބަލަ
ޑރ ވާންޗޯ
15 July 2025
ކިހާދެރަކަމެއްތީދެން، ޕޮލިހުންނަށް ތިޔަމީހުނަށް ހަދާނެގޮތެއް ނޭގެންޏާ ކަނޑި އަތުލާފަ ކޮކަޑި ކާންދީބަލަ.
ޔެމް.ޑީ.ޕީ
15 July 2025
ކަނޑި ގެންގުޅު މީހަކު އެބަހުރި އެމް.ޑީ.ޕީ ކުރީ ސަފުގަވެސް.
ސަބަބު
15 July 2025
ސަބަބު އެމީހުންނަށް ނޭނގެންޏާ އެމީހުންނަށް ކިޔައިދީބަލަ. ކަނޑި ގެންގުޅުނު މީހާ ވަރުބަލިވާވަރަށް ގަސް ކަނޑަން ހަވާލުކުރޭ. ވަޅި ގެންގުޅުނު މީހާ މަސްމާރުކޭޓުގައި ހޮޑުލެވެންދެން މަސް ކަނޑަން ބައިންދާ. ކަނޑިއާ ވަޅި ދެކެ ފޫހިވާވަރުކޮށްލަބަލަ. އޭރުން ނުގެންގުޅޭނެ ދެން އެއެއްޗެއްސެއް. މާ ރީތިކޮށް ޒަމާނީ ގޮތަށް ކަންކުރަންވީ ގޮތް ފޮތުގަ ލިއުނީމަ ނޯވޭ އެއިން އެކަކަށްވެސް އަދަބެއްދެވިފައެއް
ވެންގަބޯ
15 July 2025
ކިތަންމެ ރަނގަޅަކަށް ދަރިން ތަރުބިއްޔަތު ކުރިޔަސް ގާނޫނު އަސާސީ ތަންފީޒް ނުކުރެވޭ ތަނެއްގައި ކޮން ހަމަޖެހުމެއް އޮންނާނީ މިދިވެހި ރާއްޖެ އަކީ ގަދަމީހާ ގަދަ ބަލި މީހާބަލި އުސޫލް އޮންނަތަނެއް މީ ދެރަ މީހާއަށް ދެރަގޮތް މޮޅު މީހާއަށް މޮޅުގޮތް މީތޯ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަކީ. އެހެންނޫނަމަ ރޭގަނޑު ފިހާރަތައް ތަޅުލާފައި ފާރަވެރިޔަކު ބަހައްޓާކަށް ނުޖެހުނިސް ރާއްޖެއިސްލާހު ކުރަން ބޭނުމިއްޔާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތައް އަމަލު ކުރައްވާ
ރަދީފްއޮފިޝަލް / ސ.މީދޫ ބަނދަރުން
15 July 2025
ތި ހައިކަލް އެއީ ވަރަށް ބޮޑު ކޫޑއެއް. ނުފެންނަ ދިމާލެއް މަދުވާނެ.
ސަޅި
15 July 2025
މިކަހަލަ ކޮންމެ ހަބަރެެއްގައި ފާހަގަކޮށްލެވޭ ކަމަކީ.... "މީގެ ކުރިން ވެސް އެތައް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި......"
ތިމާވެށި
15 July 2025
ފަޅު ރަށެއް ހަދާފަ އަރުވާލަން ވީ އެވެ.
ކޮރަލް
15 July 2025
ވ ކުއްލި ގޮތަކަށް ދެމީހުން ދޫކޮށްލައިފި އެވެ. ހަމަ ދޫކޮށްލި ތާ ހަފްތާ އެއް ނުވަނީސް މާރާ މާރީ އެއް ހިންގައިފި އެވެ. ޑްރާމާ އެކޭ ތަފާތެއްނެތެވެ.
ލެއްގިކޮމިޝަނަރ
15 July 2025
މިކަހަލަ ހުރިހާ ޖަރީމާތަކެއްގެ އެންމެކުރީގަ މިއުޅެނީ އައްޑޫމީހުން. އޮނަރަބަލް އަފީފްދީދީ ބުނާނެ އައްޑޫ ރައްޔިތުންނަކީ ހޭލުންތެރި ތަހުޒީބު ވެފައިވާ ބައެކޭ. އެކަމަކު މަމެންގެ މާލޭގެ މަގުމަތީގެ އަމަން އަމަންކަން ނަގާލުމުގަވެސް އެންމެކުރީގަ މިމީހުން. މާރާމާރީ ހިންގިއަސް އައްޑޫމީހަކު. ޙަކުރު ޑީލެއްވިޔަސް އައްޑޫމީހަކު. ޜަހީނު ކުރިޔަސް އައްޑޫމީހަކު. މީކޮންފާޑަކަށް ތަހުޒީބުވެފައިވާ ބައެއްކަން އަފީފްދީދީ ބުނެދީބަލަަ.