ސިޔާމް އާއި ޒާރާ ކައިވެނީގެ ހަފުލާގައި.
15 ޖުލައި 2025 - 19:30
ބ. ކަމަދޫން މުޅި ރާއްޖެ އަށް މަޝްހޫރުވި ނެށުންތެރިޔާ އާމިނަތު ޒާރާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ކައިވެނި އަހަރެއް ވެސް ނުވަނީސް ރޫޅާލައިފި އެވެ.
އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އެމްޑީއޭގެ މެމްބަރު އަދި ސަން ސިޔާމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް (ވެލިދޫ އައްބާސް) ސޯޝަލް މީޑިއާގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އެކަން ކަށަވަރު ކޮށްދެއްވި އެވެ.
ސިޔާމް އާއި ޒާރާ ކައިވެނީގެ ހަފުލާގައި.
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް އާއި ޒާރާ ކައިވެނި ކުރެއްވީ އެކަކު އަނެކުން ދެކެ ލޯބިވެގެން ކަމަށެވެ. އަދި ކައިވެނި ރޫޅާލެއްވީ ވެސް ދެ ބޭފުޅުންގެ މެދުގައި ރީތި ގޮތުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ސުލްހަވެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ފަހުގެ ތާރީހުގައި އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު އެ ކައިވެނީގެ ރަނަކީ 2،024ރ. އެވެ.
ސިޔާމް އާއި ޒާރާގެ ރަން ކިޔުމުގެ ހަފްލާ އާއި ކައިވެނީގެ މުނާސަބަތުގައި ދެ ހަފްލާ ބޭއްވި އެވެ. އެއީ ކަމަދޫގަ އާއި ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ.
ސިޔާމް، ޒާރާއާ ކައިވެނި ބައްލަވައިގެންނެވިއިރު ވެސް ހުންނެވީ މޮރޮކޯގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ. އެ ކައިވެނި އަދިވެސް އެ ގޮތުގައި ދެމިއެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާބެ
16 July 2025
ކައިވެނި ރޫޅާލުން
ކުރިން ލިއެލިނަމަ
16 July 2025
ނޫސްވެރިން މާކުރިން ލިއެ ނިންމާފަ ތާރީޚު އެކަނި ޖަހާލަން ބާއްވާފަ އޮންނަންޖެހޭކަހަލަ ޚަބަރެއް ތިއީ. ކައިވެނި ކުރިކަމުގެ ޚަބަރަށް އޮހުނު ކޮމެންޓްތަކުގަ ހުންނާނެ އެކަން ނިމިގެންދާނެގޮތުގެ އިޝާރާތްތައް ފެންނަން
ދޮންހުސޭނު
16 July 2025
މިހާރު މިޔޮއް ލިޔާގޮތެއް ދޯ! ކައިވެނިކުރުން / ވަރިކުރުން. ފުރަތަމަ ކައިވެނި ކުރާނީ އޭގެ ފަހުން ވަރިކުރާނީ. އެއީކީ ރޫޅާ ރާވާ އެއްޗެއް ނޫން.
ފޮނިޓައްޕު ހަސަނު
16 July 2025
ފައިސާއިން އުފާވެރިކަމެއް ނުގަނެވޭނެ. ފައިސާއިން ގަނެވޭނީ މުއްސަނދި ދިރިއުޅުމެއް. ކޮންމެ މުއްސަނދި ދިރިއުޅުމުގެ ފަހަތުގައި ފޮރުވިފައިވަނީ ހިތާމައާއި، ހިތްދަތިކަމާއި ކަރުނަ. އެނުފެންނާނެ ދުރުގައި ތިބިބަޔަކަށް. ދުރުގައި ތިބި ބަޔަކަށް ފެންނާނީ އަގުބޮޑު ހެދުމާއި، ވަރުގަދަ ގެތަކާއި، ދުނިޔޭގެ ގައުމުތަކަށް ކުރާ ޗުއްޓީ ދަތުރުތަށް . އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެ އެމީހެއްގެ ސައިޒުގަ އުޅެން އިނގޭނަމަ. ކަކުނިވެސް ހޮރު ކޮންނަނީ އޭގެ ސައިޒުގަ.
ހިކުމަތުޔާރު
16 July 2025
ހާދަ ހިކުމަތްތެރި ބަސްފުޅެކޭ..
އަންދަލޫސިޔާ
16 July 2025
"ރޫޅާލާނަން" -އަންނި 2023-
ކައިވެނީގެ ސެޓުފިކެޓް ވަރީގެ ސެޓުފިކެޓް
16 July 2025
ސިޔާމުގެ ސީވީ ވަރަށް ބޮޑުވާނެދޯ ސެޓުފިކެޓްތައް ގިނަކަމުން
ފ×
16 July 2025
ދިވެހި އަންހެނަކާ އިނދެގެން ނޫޅެވޭނެ އެކަކަށްވެސް.
ބަކުރުު
16 July 2025
ރޯމާ ދުވާލު ބޮޑެތިދޮގުހަދާފާ ކޮމެންޓް ކުރުމުގެ ބޭނުމަކީކޮބާ؟
ބަޓޭ
16 July 2025
ދެން މަ އިނދެގެން މިއުޅެނީ ކާކާ؟
ދެންކޮބާ
16 July 2025
25، 30 އަހަރަށްވުރެ ގިނަ ދުވަހު މިގައުމުގަ ކައިވެނީގަ ދެމިތިިިބި އެތައް ދެމަފިރިންނަށް ބަދުބަސް ތިޔަ ބުނެވެނީ
ބުރަތޭރީ
16 July 2025
އުފާވެރި ކައވެންޏަކަށް ބޭނުންވަނީ ދީނަށް ލޯބި ކުރާ، ހަލާލު ގޮތުގައި ފައިސާހޯދާ، އެކަކު އަނެކަކަށް ކުލުނާ ލޯބި އިހްސާސްކުރަން އެނގުން...ވިޔަފާރިވެރިޔާގެ ވިސްނުން މުޅިން ގެއްލިފައިވާނީ އޭނާގެ ވިޔަފާރީގެ މައްޗަށް..ޒުވާން ކުއްޖެއްގެ އިޙްސާސްތަކާ، ރިވެތި ޢާއިލީ ދިރިއުޅުމެއްގެ ވިސްނުންދުރުވާނެ.ވިޔަފާރި ބަނގުރޫޓްވާންފެށުމުން، ލޯބި ކުޑަދުރުން ނިކުމެގެންގޮސް، ދިރިއުޅުން ގެއްލިދޭ.
raajje
16 July 2025
ހުރިހާއެއްޗަކީ ފައިސާއެއްނޫނޭބުނެ މިތަނުގައިކޮމެންޓުކުރާމީހުނަށް އަޅުގަނޑުބުނެލާނީ "ހުރިހާއެއްޗަކީފައިސާއޭ" މިހެންބުނަންޖެހޭސަބަބުތައްބައިވަރު، ބައެއްކަންކަންހިމަނާލަނަން، އަޅުކަންފުރިހަމައަށްކުރެވޭނީ ފައިސާހުރެގެން، އެކަމަށްވަގުތުހުސްކުރެވޭނީފައިސާހުރެގެން، ހައްޖަށްދެވޭނީފައިސާހުރެގެން، ކެވޭނީ ބޮވޭނީ ރީތިއަންނައުނުލެވޭނީ ފައިސާހުރެގެން، ކުޑަމިނުން ފާހާނާފުލަސްކޮށްލިޔަސް އެއީފައިސާ ކަރަންޓުބިލަށްއަރާނެ، ނަމަވެސްފައިސާހޯދަންޖެހޭނީ ހުއްދަމަގުތަކުން
އަޅުކަން
16 July 2025
ހެއްދެވި ފަރާތަށް އަޅުކަން ކުރާކަށް ފައިސާއެއް ބޭނުމެއް ނުވާނެ. ފައިސާއެއް ކިރިޔާވެސް ހޭދަކުރަން ޖެހޭ ކަމަކަށް އޮންނަނީ ހައްޖުވުމާއި އުމުރާ. އެ ދެކަމުގައި އަދާކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ކެތްތެރިކަމާއި އިޚުލާޞްތެރިކަމާއި ދޫ ރައްކާތެރިކުރުން. ޞަދަގާތް ދިނުމަށްވެސް ފައިސާ ބޭނުމެއް ނުވޭ. ކޮންމެ ހެޔޮ ބަހަކީވެސް ޞަދަގާތެއް.
ސާރާ
16 July 2025
ސިޔާމަށް ތިޔައީ މާބޮޑު ކަމަކަށްނުވިއަސް ޒާރާއަށް ތިކަމުގެ ސަބަބުން ފުން އަސަރުތަކެއްކުރާނެކަން ޔަޤީން. މަށަށް އެންމެ ސަޅީ ޤާސިމް. ބޮޑެތި ޙަފްލާތަކުން މުޅި ޤައުމު އާޝޯޚްކޮށްފައި އަނެއްދުވަހު ވަރިކޮށް އެއްލާނުލާ. ޒާރާއަށް ތިއަށްވުރެ މާ ރަނގަޅުގޮތެއް އޮތަތީ ތިހެންވީކަމަށް ޤަބޫލުކުރުން އެންމެ ބުއްދިވެރީ. ހުރިހާ އެއްޗަކީ ފައިސާއެއްނޫން. ފައިސާއަކީ އަވާމެންދުރެއްފަދަ އެއްޗެއް. ޒާރާއަށް ރޯޝަނީ މުސްތަޤްބަލަކަށް އެދެން.