ދިވެހި ރުއްތަކުގައި އަޅާ ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެެއްބަސްވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ސޮއިކުރައްވަނީ. -- ފޮޓޯ: މިނިސްޓްރީ
16 ޖުލައި 2025 - 15:28
ރާއްޖޭގެ ރުއްތަކަަށް ސޫތްޕަކުން ޖެހޭ ބައްޔެއް ކޮންޓްރޯލް ކުރަން އެހީތެރިކަންފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި އެގްރިކަލްޗަ މިނިސްޓްރީން ޗައިނާއާ އެކު އިއްޔެ ސޮއިކޮށްފި އެވެ.
ކާށި ލިބުން މަދުވާ މައްސަލައާ ގުޅުން ހުރި މި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. ޗައިނާއިން ސޮއިކުރެއްވީ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
ދިވެހި ރުއްތަކުގައި އަޅާ ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެެއްބަސްވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަށް ހުއްޓިގެން. -- ފޮޓޯ: މިނިސްޓްރީ
ދެ އަހަރު ދުވަހުގެ މި ޕްރޮޖެކްޓުގެ އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް ވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުއް ހިމާޔަތްކުރުމެވެ. ބޭރުން ރާއްޖެއަށް އެތެރެކޮށްފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު މި ޕްރޮގްރާމްގެ ދަށުން ކޮންޓްރޯލްކުރަން މަސައްކަތްކުރާނެ އެވެ.
ރާއްޖޭގެ ރުއްތަކަށް ޖެހޭ އެ ބަލި ފެތުރެނީ ދިރޭ ސޫތްޕެއްގެ ސަބަބުންނެވެ. އެ ސޫފި ރުކުގެ ފަނާއި ގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް (ކަޅުކޫޑި ބަލި) ފެތުރި، ގަސްތައް ނިކަމެތިވެ ބައެއް ގަސްތައް މަރު ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމްގ
17 July 2025
ތި ކަންތައް ފެށުމުގެ ރަސްމިއްޔާތައް ހަވާ އަރުވާ ޑްރޯން ޝޯއެއްވެސް ބާއްވަންވާނެ
ކޮންތާކު
17 July 2025
ރުކާ ނުލާ އުޅޭ ދުވަސްވަރެއްގައި ތީ ކޮންކަމެއް؟
ގގގގގގގ
17 July 2025
ލަވަ ހަދާބަލަ
ޢަބްޑޫޅް +
17 July 2025
ޙޫމް. ކޮންމެޔަކަސް، ދޫނުސޫފާސޫތްޕާއި، މަސްމަހާމެހި، އަދި ފަނިފަކުސައިގެ ސަބަބުން، ގަސްގަހާގެއްސަށް ބަރުދާސްތުކުރަންޖެހޭ އުނދަގޫ ވަރަށް ވެސް ބޮޑުވެއްޖެ.
ހަމްދާ
17 July 2025
އިންސާނުންނަށް ގެއްލުންދޭ ކަންކަން ބެލިއްޔާ މާރަނގަޅު ނޫންތޯ.
ރުކުގެ ސޫފި
17 July 2025
އަޖާއިބެއް ފަހެ ނުވާނެތޯ އެވެ؟ މިރާއްޖޭ ރައްޔިތުން ތިޔަ ސޫތްޕާއެކު އުޅެން ދަސްކޮށް ދޭނެ ޗައިނާ އިން އެހީ ހޯދުން ކީއްތޯއެވެ. އެހެންޏާ ތިޔަ ރުއްތަކަކީ މިރާއްޖޭ އިސްލާމީވަންތަކަމާ ނުވެސް ގުޅޭ ރުއްތަކެއް ވިއްޔާއެވެ. މިރާއްޖޭގެ މީހުންނަކީ ރުކުގެ ބާވަތްތަކަށް އެލާޖިކް ބަޔަކަށް ވާހިނދު އަވަށްޓެރި ގައުމުތަކުން ބޭނުންވަރަކަށް ކާށި ގެނެވެން އެއޮތީ ނޫންތޯއެވެ.
އަސާ
16 July 2025
2 އަހަރު ފަހުން އަދި ކިރިޔާ މިކަން ހައްލުވީ
އަލިހުރަސް ކަނޑު ތެރެއިން
16 July 2025
ސޫފިތައް ރުކައް ގެއްލުން ދެނީއެއް ނޫން. އެއެއްޗިހި ދިރިއުޅެމުންދިޔަ ތަންތަން ހަލާކުވެ އެއެއްޗިއްސަށް އެކަށިގެންވާ މާހައުލެއް ނެތީމަ ރުއްތައް ކަނީ. އެއެއްޗިއްސާއެކު ދިރިއުޅެން ދަސްކޮށް އެއަށްވެސް އުޅެން ދަސްކޮށްދީގެން އުޅެން އެބަޖެހޭ. ސޫފާސޫފި މަރައިގެން މައްސަލަ ހައްލެއް ނުކުރެވޭނެ. މީގަ އެންމެ މުހިއްމު ކަމަކީ ސޫފިތައް ކާނެ އިތުރު ރުއްތައް ގިނައިން އިންދާ ހެއްދުން...
މިޔައުއަހުމަދު
16 July 2025
ނިކަން ތައީދު.
ވެންގަބޯ
16 July 2025
ކޮބާ އެއްކަލަ ކަލާ ވަޅާ އެޔެއް ނޫންތަ ހައްލަކީ ތިއުޅެނީ އަނެއްކާވެސް ކޮންމެވެސް ބައެއްގެ ޖީބުތައް ފުރެން ކަންނޭގެ ދޯ މިރާއްޖޭގެ މިދެދޫނީން މިކަންކަން ހައްލުވާނޭ ދޯ އެއީ ކަލާ ވަޅާ ފެން ކީއްކުރަންތަ ބޭރުގެ އެހީ ހޯދަނީ ހިލޭ ވާން އޮއްވާ
rުރުކެއް
16 July 2025
ކުދިންގެ އިސްތަށިގަނޑުން ޖަހާފަ ހުންނަ ރުކުގަ އުކުނު އެޅީމަވެސް އެހީވައްޗޭ.