ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާސިފު.
17 ޖުލައި 2025 - 23:09
މުސާރަ ލިބޭ ގޮތަށް 8 މަސް ދުވަހުގެ ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު އާސިފް އިއްޔެ ވަޒީފާ އިން ވަކިކޮށްފި އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު، އާސިފު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރުމުގެ މައްސަލަ ފެންމަތިވެ، އޭނާ ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ނޮބެމްބަރު 7 ގަ އެވެ.
އެނގިފައިވާ ގޮތުގައި، ސަސްޕެންޝަނުގައި ހުންނެވިއަސް އާސިފަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަތެވެ.
ޕްރިޒަންސް ކުލަބުގެ ރައީސްކަން ކުރައްވާ އާސިފްގެ ހިޔާނާތުގެ މައްސަލަ ފެންމަތިކޮށް މުވައްޒަފުން، ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ނަމަވެސް، އޭނާއާ މެދު ފިޔަވަޅު އެޅުން ލަސްވެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކާސް
19 July 2025
ޕްރިޒަންސް ކްލަބޭ؟ މީގައި ގައިދީންވެސް ބައިވެރިވޭތަ؟ ކޮންތަނެއްގަ ރަޖިސްޓްރީކޮށްގެން ހިންގާތަނެއްބާ؟ ކްލަބުން މުބާރާތްތަކުގައި ބައިވެރިވޭބާ؟ ކިހިނެއްކްލަބަށްފައިސާ ލިބެނީ؟ މި ސުވާލުތަކަށް ޖަވާބު ލިބޭނެބާ؟ ކޮންމެ މުއައްސަސާއަކުންވެސް ކްލަބް ހަދަން އުޅޭ. ނޫނީ ކުންފުނިހަދާ. ފައިދާބޮޑުވާނެ. ޕޮލްކޯ އެއްގެ ޚިޔާނާތުގެ މައްސަލަވެސް އޮބިއްޖެ. އޯކޭނު.
ލުޤްމާން
18 July 2025
ކަރެކްޝަންސް ރަނގަޅުކުރަންބޭނުންނަމަ އެތާގެ މަތީފަޑީގަ ތިބީ ހުސް ކެނޑޭޓްކޯ ޒަމާނުގެ އެންމެންގެންގޮސް މިޒަމާނުގެ މޮޑަން ޓެކް ވިސްނުމުގެ ބައެއް ގެނެސްގެން ނޫނީ އެތަން ރަނގަޅެއްނުވާނެ.
ދިއްދޫމީހާ
18 July 2025
ތިޔަ ތަން ސާފްވާނީ ކެޑޭޑްކޯ އެއްކޮއް ބޭރުކޮއްގެން..ތިޔަ އާސިފް ބޭރުކޮއްލީމާ އެއްމެ އުފާވާނީ އިހްލާސްތެރިކަމާ އެކު މައްސަކަތްކުރާ އޮފިސަރުން އޭނާއަކީ ކާކުކަން ނޭގޭ އޮފިސަރެއް ޤައިދީއެ ނުހުންނާނެ..
ޢެޑްމުންޑޯ
18 July 2025
8 މަސްވަންދެން މުސާރަލިބޭގޮތަށް ބަހައްޓަންޖެހޭހޭ ސުވާލަކީ ، އިސްރާފްވާ ފައިސާ ކުޑަކުރަން އެއަށްވުރެކުޑަ މުއްދސތެއްގައިވެސް މިކަން ވެދާނެދޯ
ވަގުން ގެ ހާލި
18 July 2025
މިވަރަށް ވައްކަމާ ޙިޔާނާތް ގިނަ ވަނީ ހަމަ އަދަބު ނުލިބޭތީ. ދުވަސް ކޮޅަކުން ފެންނާނީ ކުރިއަށް ވުރެ ބޮޑު މަގާމެއް ދީފަ ހުއްޓާ
Mohamed Shaan
18 July 2025
އިތުރަށް ދައްކާނެ ވާހަކައެއް ނެއް
ޖަލީމާ
17 July 2025
ކޮބާ އެމްއެމްޕީއާރުސީ ގެ މައްސަލައިގައި އަދީބު ބުރޯ އަތުން ފައިސާ، ލޯންޗު، ކާރު، އަދި އެނޫންވެސް މާލީ ފައިދާ ނެގި ފުލުންގެ އެކި އެކި ވަރުވަރުގެ ބޭފުޅުން؟ ކޮބާ ދިޔާ އަދި ހިކި މަސްތުވާ ތަކެތީގެ ވިޔަފާރި ނެޓްވޯކްގެ ފުލުހުންގެ ބައިވެރިން؟ ލައްކަ ކަން ސާފުކޮށް ފެންނަ އިރު، ފޮރުވައިގެން ތިއްބަސް މާތް ﷲ ދެނެވޮޑިގަންނަވައެވެ.
އަހުމް
17 July 2025
އަވަހަށް ޚުޝާމްސޯ ކައިރިއަށް އެއަރޕޯޓްއަށް ގެނޭ