މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ކުރިން ބޭއްވި ފުޅަނދުބުރެއް. -- ފޮޓޯ | މިހާރު
22 ޖުލައި 2025 - 12:54
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން، ފުޅަނދުބުރާ އެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
މިފަހަރުގެ ޖުލައި 26 ގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭނެ އެވެ. ގިނަ ބައެއްގެ ބައިވެރިވުމާ އެކު މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން، ޖުލައި 28 އާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.
މިނިވަން ދުވަހު ބާއްވަން ނިންމާފައިވާ ރަސްމިއްޔާތުތަކާއި ހަރަކާތްތައް އަދި ކުޅިވަރުތަކުގެ ތަފްސީލްތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.
މިނިވަން ދުވަހާ ގުޅިގެން ބޭއްވި ސިފައިންގެ ޕެރޭޑްގައި ސިފައިންގެ އެކި ލަޝްކަރުތައް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
- ޖުލައި، 26 (އަންނަ ހޮނިހިރު) ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު
- އެ ދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ. (އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތައް)
- މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި
- ޖުލައި 27 (އާދީއްތަދުވަހުގެ) ހަވީރު އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑު، މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެ.
- އެ ރޭ 8:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދުބުރު
- އާދީއްތަދުވަހުގެ ރޭ މާލެ އާއި ހުޅުމާލެ ބޮޑެތި މަގުތަކުގައި ޕެރޭޑް އޮންނާނެ
- ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ވެސް މިނިވަން ދުވަހުގެ ފުޅަނދުބުރު އޮންނާނެ
- މިނިވަން ދުވަހުގެ ފުޅަނދުބުރު އޮންނާނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި.
މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ހަރަކާތެއްގައި.-- ފޮޓޯ: މިހާރު
މިނިވަން ދުވަހު ބާއްވާ ފުޅަނދުބުރާއި ދަނޑުގައި އޮންނަ ކުޅިވަރާއި ޕެރޭޑަކީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުތަކެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ މި މަހުގެ 29 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
22 July 2025
ކޯޗެެއް ކުލަގަދަކޮށް ފާހަގަކުރާކަށް؟ ބެލި ހުރިހާ މިންގަނޑަކުން ފެއިލް. ފެެއިލިއާ ކުލަގަދަކޮށް ފާހަގަކޮށް ބަނގުރޫޓުވާން ފަހު މޮހޮރު ސަންދޮކަށް ވައްދާލަނީދޯ؟ ބަޔަކު އަރައިނުގަތަސް މި ގައުމަކީ މިހާރު އިޤްތިޞާދީ މިނިވަންކަން ގެއްލިފައިވާ ގައުމެެއް. އެހެންވީމާ މިނިވަނެއްވެސް ނޫނެއްނުން؟ މުއިއްޒުއަށް ހަމަ ފަހުމްނުވޭ؟
ފެފެ
22 July 2025
މިފަހަރު ބިލިޔަނުން ތަޅާލާނެ. ބަޔަކު އިތުރަށް މުއްސަނދިވެގެންދާތަން ފެންނާނެ
ސަސި
22 July 2025
މިހާރުދެން ގައުމުގެ ހާލަތު ރަގަޅުވެ ހުރިހާ ކަމެއް ހަމަައަކަށް އެޅުނީދޯ
ފުކެއްބޮޑުވަރު
22 July 2025
- ޖުލައި 27 (އާދީއްތަދުވަހުގެ) ހަވީރު އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑު، މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެ. - އެ ރޭ 8:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދުބުރު - އާދީއްތަދުވަހުގެ ރޭ މާލެ އާއި ހުޅުމާލެ ބޮޑެތި މަގުތަކުގައި ޕެރޭޑް އޮންނާނެ މީހަމަ އެެންމެ 2 ކަމޭ