ރައީސް މުއިއްޒު މިއަދު ފޮއްދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ އެކު، އެ ރަށުގެ ޒުވާނަކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް
23 ޖުލައި 2025 - 11:30
ނ. ހޮޅުދޫ ދާއިރާގެ ތަރައްގީއާ ގުޅޭ ކަންކަމުގައި އެ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ސަރުކާރަށް އެހީތެރިކަން ނުލިބޭ ކަމަށާއި އެކަމަކު އެ ހުރަސްތަކާ އެކު ވެސް އެ މަނިކުފާނު ވަޑައިގަންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުން މަތީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވެލިދޫ ދާއިރާގައި ހިމެނޭ ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބެއް ނަމަ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިޔާސީ ހިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ކުރިއަށް ނެރެގެން ނުވާނެ ކަމަށެވެ. އެންމެން ވެސް މަސައްކަތް ކުރަން ވާނީ އެ އަށް ވުރެ ޒިންމާދާރުކޮށް، ޕްރޮފެޝަނަލްކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފަރާތުން ސަރުކާރަށް މާބޮޑަށް ފަސޭހަތައް ލިބޭ ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ފޮއްދު އަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެއީ އެ ބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަކާ. އެ ބޭފުޅުންގެ ދާއިރާގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައިިއިރު އަޅުގަނޑާ ހަމައަށް ނާދޭ އެއްވެސް ކަމެއްގައި. އެހެންވީމާ މާ ފަސޭހަ ކަންކަން ކުރަން. އެހެން ނަމަވެސް މި ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރުގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭތާނގައި ހުރަސްތައް ކުރިމަތި ކުރާ ކަމީ ހަމަ ދެރަކަމެއް،" މެމްބަރު އައްބާސް އަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ވިދާޅުވިގޮތުގައި، ނ. އަތޮޅުގެ 13 ރަށަކަށް އެ މަނިކުފާނު މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ވެސް އެ ހުރަސްތަކާ މެދު ކަންބޮޑުވުމެއް ނެތް ކަން ފެންނާނެ އެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އަޅުގަނޑުމެން ދާނީ ސީދާ ރައްޔިތުންނާ އެކީގައި ކުރިއަށް ކަން. އަޅުގަނޑުމެންނަށް އެއީކީ އެއްވެސް މައްސަލައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފޮއްދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްގެ ފަރާތުން އެހީތެރިކަން ސަރުކާރުން ލިބިވަޑައިނުގަތަސް ފޮއްދޫ ކައުންސިލާއި އެހެނިހެން ކައުންސިލްތަކުން ލިބޭ އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ. ހާއްސަކޮށް ފޮއްދޫ ކައުންސިލްގެ ރައީސަށް ހާއްސަ ޝުކުރެއް ދެންނެވި އެވެ.
ރައީސް މުއިއްޒު މިއަދު ފޮއްދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ އެކު، އެ ރަށުގެ މީހަކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެ މަނިކުފާނު ދެން ފޮއްދު އަށް ވަޑައިގަންނަވަން ގަސްދު ކުރައްވަނީ އެ ރަށުގައި މިއަދު ފެށި މަޝްރޫއުތައް ނިމި ރައްޔިތުންގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފޮއްދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ. އެއީ 40 އަހަރުގެ ދިގު އިންތިޒާރެއް ކަމަށް އެ ރަށުގެ ރައްޔިތުންނާ ހަވާލާ ދެއްވައި އެ މަނިކުފާނު މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
24 July 2025
ތައްޔިތުންވެސް މިހާރު ކުރިޔަށް ދަނީ ހުރަސްތަކާ އެކު. ދަރިން ވަންނާނެ ތަނެއް ނެތީމަ ދަރިން ހޯދުމުގެ މާނައެއް ނެތް. އެހެންވެ އެކަމަށް އޮތް ހައްލަކީ ހުރަސް.
ދިއްދޫމީހާ
23 July 2025
ތަންކޮޅެއް ހަމަޖެހޭ ވާހަކައެ ދައްކާބަލަ އައްބާސްގެ އެއްބާރުލުން ލިބުނަސް ނުލިބުނަސް ރައްޔިތުންއަ ކަންތައް ކޮއްދެވޭ ވަރަށް ސާފު މެޖޯރިޓީ އޮންނާނީ ދީފަ..
ދުލެއް،
23 July 2025
ގާސިމްވާ ކޮންރަށެއްކަންނޭންގުނީމަ ކައިރިއިންމީހާކައިރި އަހާލި މީކޮންރަށެއްތޯ ޑރ ރައީސައްނުވި މިވަރުވެސް
×ޒ
23 July 2025
ހުރިހައި މެމްބަރުން ކައިވަތު މަޅި އަޅުވާފަ ދެން ކޮން ޕްރޮފެޝަނަލް އެއްތޯ
ހަމަބުއްދި
23 July 2025
ރާއްޖޭގަ ކަންހިނގާގޮތަށް ބަލާއިރު މެންބަރު ޖެހެނީ ސަރުކާރަށް ސަލާންޖަހަމުން ދުވަން. މެންބަރުގެ އެއްބާރުލުމެއް ސަރުކާރަށް ބޭނުންވާނަ ބޭނުންވަނީ މަޖިލީހުގަ ނަގާ ވޯޓަށް. މިހާރު މަހިލީހުގައި އޮތް ސަރުކާރު މެޖޯރިޓީއަށް ބަލާއިރު އައްބާސްގެ ވޯޓެއް މުހިއްމެއް ނުވާނެ. އެހެންވީމާ ރައީސް ދެއްކެވި ވާހަކަ ހަމަ ބުއްދިއަކަށް ނުވިސްނޭ. ދެން އައްބާހަކީ ހޮޅުދޫ ދާއިރާގެ މެންބަރެއް ނޫން. ވެލިދޫ ދާއިރާގެ މެންބަރު
ކޮރަލް
23 July 2025
ނ ފޮއްދޫގެ އާބާދީ އަކީ 503 މީޙުންނެވެ. 246 ހަ އަންހެނުންނެވެ. 257 ފިރިހެނުންނެވެ. ވީމާ މިހާ އާބާދީ މަދު ރަށެއް މީހުންނަށް ޕްރޮޖެކްޓް ހިންގުމަކީ އިސްރާފެކެވެ. އެއްފަސް ކުރަން ވީ އެވެ. އާބާދީ ބޮޑޫ ރަށަކަށް މާލީ އެހީ އާއެކު ބަދަލު ކުރަން ވީ އެވެ.
މުރާސިލް
23 July 2025
މިހާރު ހޮޅުދޫ ދާއިރާވެސް އައްބާސް އާ ހަވާލުވީ ތޯ؟؟ ދެން ސަޓޯބެ ލާންވީ ކޮން ދާއިރާއަކަށް ތޯ؟؟
އަހުގާފު
23 July 2025
މަޖްލިސްގެ 80 މެމްބަރުން އަދިވެސް ނުފުދެނީ ނުވަަތަ ފެއިލްވީމާ ހާސަރުތަކެއް ގޮވަނީ!
އެހެން
23 July 2025
ބަޔަކު މޮޔަވެދާނެ! އިންތިޙާބީ ކޮންމެ މަޤާމަކަށްމެ ރައްޔިތުން މީހަކު ހޮވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް! ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހެޔޮހިތުން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ޚިދުމަތަކަށް، އެއްވެސް މަޖިލިސް މެމްބަރަކަށް، ހުރަސްއެޅޭނެ ކަމަށް ހަމަވިސްނޭ މީހަކު ޤަބޫލެއް ނުކުރާނެ.
އަފްރާސިޔާބު
23 July 2025
އެމީހަކަށް ނުކުރެވޭ ކަމެއްވިއްޔާ ކޮންމެވެސް ބައެއްގެ ބޮލުގައި އަޅުވާނެތާ. އެހެންވެ ކޮންމެވެސް މީހަކު ދެއްކީ. ދެން ވޯޓު ދޭންވީ ތިމަންނައަށޭ. އެއިރުންނޭ ދެންވެސް ކުރެވެނީ. ކުރެވޭނެޔޭ ބުނެގެން 2 ފަހަރު ވޯޓް ރައްޔިތުންގެ އަތުން ވޯޓް ހޯދައިފި. ސުޕަމެޖޯރިޓީ އޮތީ. ދެން ދޮޅަހަކަ މެންބަރުންނާ ހެދި 60 މެންބަރުން ކަންބޮޑުވެ ނުވާނެޔޭ ބުނާކަމުގައިވާނަމަ އެމެންބަރުން ދޮގުހަދަނީ ދާއިރާގެ ރައްޔިތުންނަށް.
މިއައު
23 July 2025
ލީގަލް ޓެންޑަރގެ ގަވައިދު ތަންފީޒު ކުރެވޭނެތޯ
ހުއްޓުވައިފި
23 July 2025
ހިންނަވަރުގައި ހުންނަވަނީ %100 ޕީއެންސީ މެމްބަރެއް، އކަމް ހިންނަވަރުގައި ކުރިއަށް ދިޔަ ބަދަރުގެ ނުނިމި ހުރި މަސައްކަތް ހުއްޓުވައިފި، މިރަށުގަ އަޅަންފަށާފައި ހުރި ރޯހައުސްގެ މަސައްކަތެއް ކުރިއަކަށް ނުދޭ، މަގު ހެދުމުގެ މަސައްކަތްވެސް ÷ާޓީ މީހުން ލައިގެންވެސް މިދަނީ ފިނިހަކަ ދުވެލީގަ .... އެހެންވީމާ ތިކިއުއްވާ އެއްޗެއް ދިމަލެއް ނުވޭ