ޕީއެންސީގެ ހަފުލާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމާއި ޕީޖީ ގުރޫޕް ލީޑަރު ފަލާހު މަރުހަބާ ދަންނަވަނީ.
08 އޯގަސްޓް 2025 - 14:01
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ 13 ނުވަތަ 14 މެމްބަރަކު ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެ ޕާޓީ ދޫކުރައްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
އައްބާސް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި މެމްބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވުމުން ޕީޖީ ގުރޫޕުގެ އިތުރު ބައްދަލުވުމެއް އިއްޔެ ބާއްވާނެ ކަމަށް އެންގުމަށް ފަހު، އެ ކަން ނުކުރާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ނަމަވެސް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެ ވާހަކަތައް ދޮގުކުރައްވައި މިއަދު ޕޯސްޓެއް ކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެ މަނިކުފާނު ވެސް އައްބާސް އިޝާރާތް ކުރެއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނެވި ކަަމަށާއި އައްބާސް ދައްކަވަނީ "ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް" ކަމަށެވެ.
"މިހެން ފަތުރާ ދޮގު ޚަބަރުތަކުން ބައިބައިވާ ވަރަށް ވުރެ ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އައްބާސަށް ވަރުގަދަ ރައްދުތަކެއް ދެއްވަމުން ފަލާހު ވިދާޅުވީ، ޕީއެންސީގެ ޕީޖީ ގްރޫޕް ރޫޅާލެވިދާނެ ކަމަށް ހީކޮށް އެފަދަ "ބުހުތާން ދޮގު ވާހަކަ" ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
"ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއް ގޮތަށް ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް. ކިތަންމެ ނުބައި ޕްލޭންތަކެއް ރާވައި، މިފަދަ މޮޔައިން ލައްވާ މިފަދަ މެސެޖު ކުރުވިއަސް އިންޝާ ﷲ ކާމިޔާބެއް ނުވާނެ،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ ޕޯސްޓުގައި ވަނީ "މިފަދަ ފިތުނަ ފަތުރައިދޭ މަތިން" ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އައްބާހާ ދެމެދު ފައިސާގެ މުއާމަލާތުތަކެއް ކޮށްފައިވާ ކަމަށް ފެތުރޭ ވާހަކަތަކަށް ވެސް އައްބާސްގެ އަމަލުން ބާރު ލިބޭ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަރުގޭމީހާ
10 August 2025
އަދުރޭ އެބުނީތެދަށް. ވަރަށްބަދަހިކޮށް އޮތީ. ޗޭނުޖަހައިބަދެވި އެކައްޗެއްގޮތަށް އޮތީ. ޗޭނުގަޑުން ސަލާމަތްވާން އޮތީ ގޮޑިދޫކޮށްލައިގެން. އެވަރުގެހިތްވަރު ހުރިމީހެއް ތިތަނުގައިނެތް. މަހަކުލިބޭ 80،000ރ އާއި އިނާޔަތްތަށް ދޫކޮށްލަންކެރޭވަރު މީހެއް ތިތާކުނެތް. އެހެންނޫންނަމަ ޕާޓީންވަކިކުރީމާ ގޮނޑިގެއްލޭގޮތަށް އޮތްގާނޫނަށް ވޯޓްނުދިނީސް. މިފެންނަނީ ތިމާފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ހެެރިފަހުރި މަންޒަރު.
އެކަލޯ1
10 August 2025
އަބްދުއްރަހީމް ނުވާނޭނޭ ބުނެފިތަ؟ ތި ޔަގީނަނަށްވެސް ތިކަން ވަނީ
ޢަރުތަ
09 August 2025
އައްބާސް ދައްކަނީ ރޯބުހުތާނު ދޮގު، ދޮގުނުހަދާ ސާފުސީދާ ބަހުން ވާހަކަ ދައްކަން މާވަޑިކަލޭގެ އަށް އެނގޭނެބާ! ތީ މުޅިންވެސް އެއްގަލުން ފެހި ކައިގެން އުޅޭ ބަގައެއް، ސަހަލު އެކަތި ތީގެތެރޭގަ ނެތް.
ނަރީން
09 August 2025
އެންމެ މީހަކު ކޮށްލި އެންމެ ޓްވީޓަކުން ތިހިރަ ވާވަރުން އެބަ އެނގޭ ތި ތިބީ ކިހާ ގަދަކޮށްކަން! އެއް މިނިސްޓަރު އަނެއް މިނިސްޓަރާ ބެހޭގޮތުން ވަގު ޓްވީޓް ކުރަނިކޮށް ފަޅާ އަރަނީ! މިނިސްޓަރަށް ހައްޖު ކޯޕަރޭޝަނުން ގަންނަ ގަނޑެއް ނޭނގޭ! ބާރަށު އެމްޕީ ރައީސް އޭ ކިޔައިގެން ދައްކާ ވަހަކަ އެހެރީ ރެކޯޑިން! މަޖިލިސް ރައީސް އާ ނައިބު ރައީސް އާ ރައީސުލްޖުމްހޫރިއްޔާ ވާހަކަނުދައްކާ! އެމްޕީ ތައް ތިބީ ގާނޫނަކުން ބަނދެފަ! ދެން ގަދަވާނީ ތިހާކަށް ހާވަރަށް
ބޮޑަހަސަންބިއާ
09 August 2025
ނޯކޮމެންޓްސް.
ގަބޫލުކުރަންވީ
09 August 2025
މީގެކުރިން ހުސްގޮނޑިއެއް ބަހައްޓައިގެން ސަނާކިޔައި ދައްކާފައިހުރި ވާހަކަތަކާއިމެދު ވިސްނާލާއިރު ތިއީ އެއްވެސް އިތުބާރެއްއޮތް ވާހަކަތަކެއްކަމަށް ގަބާލުކުރަން ވަރަށްދަތި.
އަހުމަދު ތައްޚަން
09 August 2025
ތޮގޮވަނީ އަތަށް. ދެން މާގިނަ ދުވަހެއް ނެތް. ވެރިކަން ނިމެންދާ މަންޒަރު ފެންނަނީ . ދެއިރު ދެ އަގައިން ވާހަކަ ދައްކާ އިޢްލާނު ނެރި ނިންމާ ގޮތެއްގަ ނުތިބެވޭ ބަޔަކު ވެރިކަމުގަ ރެނދުލާފަ އޮތީ !! މުޅި އާއިލާ ރައީސް އޮފީހާ މަޖިލިހަށް ލިޔަސް ދެން ނެތް ކުރާނެ ކަމެއް.
ކޮމާ
09 August 2025
ރައްޔިތުންއުޅެނީ ވަރަށްހާލުގައި ތަކެތީގެއަގު އެހާމެބޮޑު ވެރިމީހާއާއި އޭނާއަށް ބައިއަތު ހިފާފައިތިބި މީހުންނާއި ތާއީދުުރާމީހުންނަށް ތާއަބަދު ސަނާކިޔަން ރައްޔިތުން ނުތިބެދާނެ އިތުރު މުދަލުން ޖީ އެސް ޓީ ނަގާ ކުރިން ރައްޔިތުމީހާ ޚަރަދުކުރަން ނުޖެހޭ އެތައްކަމަކަށް ޚަރަދުކުރަން ޖެހުން ބަލައިނުގަނެވޭނެ އާމްދަނީ އިތުރުވަނީއެއްނޫން ރައްޔިތުމީހާ އޮންލައިންކޮށް އެއްޗެއްގަތަސް އެއިގެއިންވެސް %30 ނަގާ ކުންފުނިތައް އިދެޖެހިއްޖެ ރައްޔިތުން ފަޤީރުވެއްޖެ.
އަދު
09 August 2025
އެމް ޑީ ޕީ ގެ އިސްވެރިންވެސް ހަމަ ތިހެން ގަދަބަސް ބުނަމުން ދަނިކޮށް ޕާލަމެންޓްރީ ގްރޫޕް ބައިބައިވެ މެޖޯރިޓީ ގެއްލުނީވެސް. މިޤައުމުގެ ޕާރލަމެންޓް މެމްބަރުންނަކީ ކޮންބައެއްކަމާއި އެމީހުން ބޭނުންވަނީ ކޮންކަމެއްކަން ޚުދު ސީދާ ޢަބުދުއްރަޙީމަށް މާރަގަޅަށް އެގޭނެ. އެއްވެސްކަމެއް ނުވާނެ ކަމަށް ހީކޮށްގެން ނުވާނެ. ހިތަށްނުގެނެވޭ ކިތަންމެ ކަމެއް ވެފައިއެބަހުރި ވާން ނަގާނީ ހަމަ ކުޑަހިނދުކޮޅެއް. މިހާލަކު ތާއަބަދު ރައްޔިތުން ތިބެދާނެކަމަށް ހީކޮށްގެން ނުވާނެ!
ވާނުވާގައި
09 August 2025
ގަދަބަސްބުނާނެ ކަމެއްނެތް. މީހަކު ހަމަ އެއްޗެކޭ ބުނެލާއިރަށް މުޅި ޕާރޓީ ތުރު ތުރު އަޅަންޖެހޭނީ ކޮންމެވެސްކަމެއް ވާތީ! އަޅުގަނޑަށް ޔަގީނުންވެސް އެގޭ ކަމަކީ ޔާމީން ބޭނުން ތަނަކަށްދާން ވީއްލިފައިހުރެއްޖެނަމަ ޕީ އެން ސީ ދެފަޅިވާނެކަން. މިހާރު ކަންކަން މިދާގޮތުން ވިޔަފާރިވެރިންވެސްތިބީ މިމަގުން މިކަން ގެންދަން ހިފާފަކަން އެބައެގޭ! ޤައުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހަކު ދަށަށްދާތަން ބަލަން މެމްބަރުންވެސް ނުތިބޭނެ މީ ވަކިމީހެއްގެ ޤައުމެއްނޫން.