ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ 15 މެމްބަރުން ހިމެނޭ ވަފުދެއް ޕާކިސްތާނަށް މިއަދު ފުރާވަޑަައިގެން އެވެ.
ވެރިކަންކުރާ ޕާޓީ ޕީއެންސީން ބުނީ އެ ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.
ޕީއެންސީން ބުނީ އެއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ޕީއެންސީގެ ވަފުދުގެ ބޭފުޅުން:
- މަޖިލީހުގެ ރައީސް އަބްދުއްރަހީމް (ޕީއެންސީގެ ޗެއާޕާސަން)
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު (ޕީއެންސީގެ ނައިބު ރައީސް)
- ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
- ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
- މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
- ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
- ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ
- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
- ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރު
- ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު
- ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ)
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު
- އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ޝިފާޒު
ޕީއެންސީން ބުނީ އެ ދަތުރުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވަައި، ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވަނީ މީގެ ކުރިން ވެސް އެ މަގާމުގެ ހައިސިއްޔަތުން ޕާކިސްތާނަށް ދަތުރުފުޅުތައް ކުރައްވައިފަ އެވެ.