އަންނަ ރިޔާސީ އިންތިހާބަށް ޕީއެންސީން އަދާލަތު ޕާޓީ އެކުގައި މަސައްކަތް ކުރަން މިއަދު އެއްބަސްވެ، ކޯލިޝަން ހަަދައިފި އެވެ.

އަދާލަތާއި ޕީއެންސީ އެކުގައި މަސައްކަތްކުރަން ކޯލިޝަން އެއްބަސްވުމުގައި ސޮކުރީ ބާސެލޯ ނަސަންދުރާ ގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި އަދާލަތުގެ ފަރާތުން ސޮއިިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނެވެ. ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި އަދާލަތުގެ އިސް އެހެން ވެރިންނާއި ޕީއެންސީގެ އަދި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ ޕާޓީގެ އިސް އެހެން ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީއެންސީއާއި އަދާލަތު ކޯލިޝަން އެއްބަސްވުމުގައި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއްިޒާއި އެޕާޓީގެ ރައީސް މުހައްމަދު ޝިފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފަޔާސްމޫސާ
ޕީއެންސީއާއި އަދާލަތު ކޯލިޝަން އެއްބަސްވުމުގައި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއްިޒާއި އެޕާޓީގެ ރައީސް މުހައްމަދު ޝިފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ފަޔާސްމޫސާ

އެ ރަސްމިއްޔާތުގައި އަދާލަތުގެ ރައީސް ޝިފާން ވިދާޅުވީ ޕީއެންސީއާ އެކު މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމީ އިސްލާމް ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި ބައިވެރިވާން ކަމަށެވެ. 

ސަރުކާރާ އެކު މަސައްކަތް ކުރަން އަދާލަތުން ނިންމީ ރައީސް މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅުކުރައްވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެން ސަރުކާރާ އެކު މަސައްކަތްކުރަން މި ނިންމީ އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތު ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލު ބިނާކުރާނޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،" ޝިފާން ވިދާޅުވި އެވެ.

ސަރުކާރާ އެކު މަސައްކަތްކުރަން ނިންމީ ދީނާއި ސިޔާދަތު ދިފާއުކުރުމުގެ ވިސްނުން އެއްގޮތް ވާތީ: އަދާލަތު
Mihaaru
ސަރުކާރާ އެކު މަސައްކަތްކުރަން ނިންމީ ދީނާއި ސިޔާދަތު ދިފާއުކުރުމުގެ ވިސްނުން އެއްގޮތް ވާތީ: އަދާލަތު
ސަރުކާރާ އެކު މަސައްކަތް ކުރަން އަދާލަތުން ނިންމީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅުކުރައްވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅު

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން ކުރާ މަސައްކަތް ޕީއެންސީން އިތުރު ޕާޓީއަކާ އެކު އިތުރު ގިޔަރަކަށް ލީ ރާއްޖެއަށް ހަމަޖެހުމާ ތަަރައްގީ ގެނެވޭނެ ހަމަ އެކަނި މަގަކީ ރައީސަށް އެއްބާރުލުން ދިނުން ކަަމަށް ވާތީ ކަމަށެވެ.

ދެ ޕާޓީ އެކުގައި މަސައްކަތްކުރާނީ ރާއްޖޭގައި މިހާރު އަމަލުކުރާ ފެހި ގާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަކީ ރައީސް މުއިއްޒު ކަމަށް ހަދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ކަން ކުރަން މި ޖެހެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ޓަކައި އެ ދަންމަވައިލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރައްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި، ޑިޕްލޮމަސީގެ ރިވެރި އުސޫލުން ހާރިޖީގުޅުންތައް ގާއިމްކުރައްވައި، ދާހިލީ ހަމަޖެހުމަށް ޖާގަ ދެއްވައި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި ހަމަޖެހުން ގާއިމްކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޒުވާނުންނާއި ހަރު މީހުން ހިމެނޭހެން ހުރިހާ ދުވެހި ރައްޔިތުންގެ މުސްތަގުބަލަށް އޮތް ހަމައެކަނި ފުރުސަތަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.