ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަކީ ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. 

ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާއެއްގައި އެ މަނިކުފާނު އެހެން ވިދާޅުވީ، ޕީއެންސީ އާއި އަދާލަތު ޕާޓީގެ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ އެކު، އަދާލަތު ޕާޓީން ކޯލިޝަން ހެދީ ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި އެ މަނިކުފާނު އަދި އެ ޕާޓީއާ އެކު މަސައްކަތް ކުރުމަށާއި 2028 ގެ ރިޔާސީ އިންތިހާބުގައި ވެސް އެ މަނިކުފާނަށް ތާއީދު ކުރުމަށެވެ. 

މިއަދުގެ ހަފުލާގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ޕީއެންސީގެ ސަރުކާރަށާއި ރައީސް މުއިއްޒަށް އެއްބާރުލުން ދިނުން ކަމަށެވެ. އަދި މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރިޔާސީ ދެވަނަ ދައުރު ކަށަވަރު ކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު ހެދުމަކީ އެ މަގަށް ދިއުމުގައި މުހިންމު ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ހަފުލާ އަށް ރައީސް މުއިއްޒު ވަޑައިގަންނަވާއިރު އަރިހުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ހަފުލާ އަށް ރައީސް މުއިއްޒު ވަޑައިގަންނަވާއިރު އަރިހުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އެކަން ކުރަން މިޖެހެނީ ދިވެހިރާއްޖޭގެ މުސްތަގުބަލާއި އިސްތިގުލާލަށްޓަކައި އެ ދަންމަވައިލެއްވި ފަލަ ރަތް ރޮނގު ހުރަސް ކުރައްވަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ހާރިޖީ ގުޅުންތައް ގާއިމް ކުރައްވައި، ދާހިލީ ހަމަޖެހުމަށް ޖާގަ ދެއްވައި، ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި، ހަމަޖެހުން ގާއިމް ކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވީތީ،" އެ މަނިކުފާނު ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ސަބަބުތަކަށްޓަކައި ދިވެހި ޒުވާނުންނާއި ހަރުމީހުން އަދި މުޅި ދިވެހިންނަށްޓަކައި އޮތް ހަމައެކަނި ފުރުސަތަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުމެވެ. 

އެ މަނިކުފާނު ވިދާޅުވީ، ޕީއެންސީން އަބަދުވެސް އިސް ކުރާނީ ގައުމު ކަމަށާއި ޒުވާނުންގެ ވިސްނުން ވެސް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

"ހުއްޓިގެން ތިބެވޭކަށް ނެތް. އަމިއްލަ އެދުމަށް އިސްކަންދީގެން، ގައުމީ މަސްލަހަތު ފަހަތަށް ޖައްސާލައިގެން ބޭކާރު ވަގުތުތައް ހޭދަކުރެވޭކަށް އަޅުގަނޑުމެންނަކަށް ނެތް. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން. އަޅުގަނޑުމެންނާ މަތިވެފައި އޮތް މަސްއޫލިއްޔަތަށް ރައްކާތެރިވާން. އަމާނާތަށް ތެދުވެރިވާން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ހަފުލާގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ހަފުލާގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެކަން ކުރެވޭނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްގެންނެވެ. އެހެންވެ، ގައުމަށް އިހުލާސްތެރިވާ ކަމަށްވާ ނަމަ އަމިއްލަ އެދުން ފަސްކުރަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގައުމަށް ތެދުވެރި ކަމަށް ވަންޏާ ހައްގު ބަސް ބުނަން އެބަޖެހޭ. ހަމައެކަނި ދުލުން ހަމައެކަނި ގައުމާއި ދީނަށްޓަކައޭ ބުނުމަކުން ނުފުދޭ. ގައުމީ މަސްލަހަތު ކުރިއަށް ނެރެންޏާ ގައުމަށް އެންމެ ފައިދާހުރި ގޮތަށް އިސްކަންދޭން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (ވ) އާއި އަދާލަތު ޕާޓީގެ ރައީސް ޝިފާން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (ވ) އާއި އަދާލަތު ޕާޓީގެ ރައީސް ޝިފާން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް އަދި ޕީއެންސީގެ ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް މުހައްމަދު ޝިފާން ވިދާޅުވި ގޮތުގައި، ޕީއެންސީއާ އެކު ކޯލިޝަން ހެދީ އިސްލާމް ދީނުގެ ކަންކަން ހަރުދަނާކޮށް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި ބައިވެރިވުމަށް ކަމަށެވެ.

ސަރުކާރާ އެކު މަސައްކަތްކުރަން ނިންމީ ދީނާއި ސިޔާދަތު ދިފާއުކުރުމުގެ ވިސްނުން އެއްގޮތް ވާތީ: އަދާލަތު
Mihaaru
ސަރުކާރާ އެކު މަސައްކަތްކުރަން ނިންމީ ދީނާއި ސިޔާދަތު ދިފާއުކުރުމުގެ ވިސްނުން އެއްގޮތް ވާތީ: އަދާލަތު
ސަރުކާރާ އެކު މަސައްކަތް ކުރަން އަދާލަތުން ނިންމީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅުކުރައްވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅު

"އަަޅުގަނޑުމެން ސަރުކާރާ އެކު މަސައްކަތްކުރަން މި ނިންމީ އަދުލުވެރިކަމާ އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތު ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، އަޅުގަނޑުމެންގެ ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލު ބިނާކުރާނޭ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް،" ޝިފާން ވިދާޅުވި އެވެ.