މާޅޮސް މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
06 އޯގަސްޓް 2025 - 18:10
އއ. ރަންފަރު ފަޅަކީ، އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ގަރާރުގައި ވަނީ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، ރަންފަރު ފަޅަކީ މާޅޮސްގެ ބައެއްގެ ގޮތުގައި އިތުރުކޮށް އެ ފަރުގެ ގެ ނަން ދިވެހިންނާއި އިނގިރޭސިން ލިޔާނެ ގޮތް ކަނޑައަޅުއްވައިފަ އެވެ.
ރަންފަރަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެ އަތޮޅުގެ ރަށްތަކަށް މިދިޔަ ޑިސެމްބަރުގައި ރައީސް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ
07 August 2025
މި ފަޅަކީ މިއީ މާޅޮހު މީހުންގެ އެކަނި އެއްޗެއްތަ؟ ނޫނީ ރާއްޖޭގެ ހުރިހާ ރަށެއްގެ އެންމެންގެ އެއްޗެއްތަ؟ މިތަން ހިއްކައިގެން ހުރިހާ ދިވަހިންނަށް ބިން ލިބޭ ގޮތަށްތޯ އޮތީ؟ ބައެއް ރަށްރަށް ފުރި ފަޅު ހިއްކަންޖެހޭ ހާލަތަށް ދިޔައީމަ އެ ފަޅުތަކަކީ މުޅި ޤައުމުގެ އެންމެންގެ އެއްޗެކޭ ކިޔާތީ އިވޭތީ އަހާލީ.
ރިޒާ މުހައްމަދު
07 August 2025
މާޅޮހު ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ޝުކުރިއްޔާ. މީ ވަރަށް ދުވަހުގެ އުއްމީދެއްގެ ނިމުން
އާސިމް ރިޒާ
07 August 2025
އަލްހަމްދުﷲ. އަހަރުމެން ރަށަށް ލިބިގެންދާ ބޮޑު ނަފާއެއް މިއީ
އައިމަން ތައުފީގް
07 August 2025
މީ ހެޔޮ ލަފާ ވެރިންނަކީ. ރައްޔިތުން އެދޭ ގޮތަށް ކަންކަން މިދަނީ ކުރަމުން
އުންމު އަފީފް
06 August 2025
މިތާ އުޅޭނެ ވަރަށް އޮނަރަބަލް ވެގެން އުޅޭ ރޯނު އެދުރެއް. އޭނާއަކަށް އެހެން ސަރަހައްދުތަކުގެ ފަޅުތައް ރަށުގެ އިޙްތިޞޯސްތެރެޔަށް ވައްދާއިގެން ވާނުވާއެއް ނޭނގޭނެ. އެކަމަކު މާލެ ސަރަހައްދުގެ ކަމެއްތަ ހީވާނީ ދެފަޔަށް ހިނިއަރައިގެން ތެޅޭހެން.
ޓިނު
06 August 2025
ގަޅުދީފަ އޭގެބޭނުމެއް ކައުންސިލަށް ނުކުރެވޭ.
ޙަސަނުގެ ބެއްޔެ
06 August 2025
ފުވައްމުލަކަށް ނެތްތަ ރަށެއް؟
ޑރ ވާންޗޯ
07 August 2025
ނޫނޭ ފޯއްމުލަކަށް ދެއްވާފަ އެއޮތީ ހުރިހާ ކައްޓޮޅި.