ކުޅުދުއްފުށީ މަށިކުޅި ޕްލެޓްފޯމް: އެ ތަނާ އެކު ކުޅިއަށް ވަނީ އިތުރު ހިތްގައިމުކަން ލިބިފައި - ފޮޓޯ: މިހާޒު
12 ސެޕްޓެމްބަރ 2025 - 15:06
ހދ. ކުޅުދުއްފުށީގެ މަށި ކުޅިއަކީ އެ ރަށުގެ ރަމްޒެވެ. ފަހުރެވެ. ރާއްޖޭގެ ނިސްބަތުން ވެސް ގުދުރަތީ ވަރުގަދަ ހަޒާނާއެކެވެ. އެ ކުޅީގެ ހިތްގައިމުކަން ދެކިލަން އެތައް ބަޔަކު ޒިޔާރަތްކުރާއިރު، އެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭން ސިޓީ ކައުންސިލުން މި ވަނީ ކުޅި ސަރަހައްދުގައި ޕްލެޓްފޯމެއް ތަރައްގީކޮށްފަ އެވެ.
"މަށިކުޅި" ޕްލެޓްފޯމްގެ ނަމުގައި މި ޕްލެޓްފޯމް ތަަރައްގީކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ސިޓީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގްއާ ގުޅިގެން ޔޫއެންޑީޕީގެ ގްރާންޓެއްގެ ދަށުންނެވެ. ސިޓީ ކައުންސިލްގެ ބެޖެޓުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް މަޝްރޫއުއަށް ހަރަދުކުރި އެވެ.
އެ ތަން މިދިޔަ ބުދަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާއިރު އެ ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ރީޖަނަލް ގަވަނެންސްގެ އެޑްވައިޒާ ޑިއާނާ ޓޮރެސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕްލެޓްފޯމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ މަށި ކުޅިއަކީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ކުޅިތަކާ ބަލާއިރު ވަރަށް ތަފާތު ކުޅިއެެއް ކަމަށެވެ. އެއީ ހުދު މަށީގެ ރާއްޖޭގެ އެންމެ ބޮޑު ކުޅިކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ފަހުރުވެރިކަމާ އެކު މަށިކުޅި މި ކިޔަނީ ހަމަ ކިޔަން ވެގެން،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު އާތިފް ވިދާޅުވީ ދިރާސާތަކުން ފެންނަ ގޮތުގައި ކުޅި، ޗަސްބިން ފަދަ ތަންތަނަކީ ކާބަންގެ ސިންކްތަކެއް ކަމަށާއި އާދައިގެ ފްރެސްޓަކަށް ވުރެ އިތުރަށް މިފަދަ ތަންތަނުގައި ކާބަން ރައްކާކުރާ ކަމަށެވެ. އެހެންކަމުން ކުޅި ފަދަ ތަންތަނަކީ ވެއްޓަށް ވަރަށް މުހިންމު ތަންތަން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީ މަށިކުޅި ޕްލެޓްފޯމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ތަނާ އެކު ކުޅިއަށް ވަނީ އިތުރު ހިތްގައިމުކަން ލިބިފައި -
ކުޅުދުއްފުއްޓަކީ އިހުގައި ބޮޑު ދެ ކުޅިއެއް އޮތް ރަށެކެވެ. އެގޮތުން ދެކުނު ކޮޅުގައި އޮތް ކުޅީގެ ސަރަަހައްދު މިހާރު އެކީހެން ހިއްކާފައިވާއިރު އުތުރު ކޮޅުގައި އޮތް މަށި ކުޅީގެ ބޮޑު ސަރަހައްދެއް ވެސް ހިއްކައި، އެއާޕޯޓް ވަނީ ތަރައްގީކޮށްފަ އެވެ. ނަމަވެސް، އެއާޕޯޓްގެ ދެ ފަޅީގައި ކުޅީގެ ބޮޑު ސަރަހައްދެއް މިހާރު ވެސް އެބަ އޮތެވެ.
- މަށީކުޅި - 12.9 ހެކްޓަރުގެ ސަރަހައްދެއް
- މަށިކުޅީގެ ކުޑަ ކުޅި - 5.7 ހެކްޓަރުގެ ސަރަހައްދެއް
- މާފަލު ފެންގަނޑު (ދެކުނު ކުޅި) - 0.39 ހެކްޓަރާއި 0.87 ހެކްޓަރުގެ ސަރަހައްދެއް
މޭޔަރު ވިދާޅުވީ ސިޓީ ތަރައްގީވެ ބިމުގެ ބޭނުން ޖެހެމުން އަންނައިރު، މި ތަންތަނަކީ ހިމާޔަތް ކުރަން ޖެހޭނެ ތަންތަން ކަމަށެވެ. އެގޮތުން އެ ތަންތަން ހިމާޔަތްކުރަން ނިންމައި، އެންވަޔަރަމެންޓް މިނިސްޓްރީއަށް މިހާރު ކައުންސިލުން ފޮނުވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ މަށިކުޅި ޕްލެޓްފޯމް: އެ ތަނާ އެކު ކުޅިއަށް ވަނީ އިތުރު ހިތްގައިމުކަން ލިބިފައި -
"އުއްމީދަކީ ކުޅުދުއްފުށީ ކުޅިއަކީ ނަމޫނާ މެނޭޖްމެންޓް ޕްލޭނަކާ އެކު ރައްޔިތުންނަށް ގިނަ މަންފާތަކެއް ލިބިދާނެހެން އަދި ރަށުގެ އިގްތިސޯދަށް ވެސް ކޮންޓްރިބިއުޓް ކުރާނެ ތަނަކަށް ވެގެން ދިޔުން. މިއަދުގެ ސިޓީ ކައުންސިލްގެ އަމާޒަކީ އަދި އުއްމީދަކީ ވެސް އެއީ،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކުޅިއަކީ ރަށުގެ ޓޫރިޒަމް ކުރިއަރުވަން ވެސް އޮތް ބޮޑު ވަސީލަތެއް ކަމަށެވެ. އަދި އެގޮތަށް ކައުންސިލުން މަޝްރޫއުތައް ހިންގަމުންދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުޅީގެ ދެކުނަށް އޮތް މަގު އެއީ ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެހެހެހެހެ
12 September 2025
ތީ އެކަމު ނެތްތަނެކޯ! ޔާމީން ސަރުކާރުން އެއާޕޯޓު އަޅަން އުޅުނީމަ ތިކުޅި ދަށްކައިގެން އެއާޕޯޓު ޕޮރޮޖެކްޓު ހުއްޓުވަން އެމްޑީޕީން ވަރަށް އުޅުން.
ޑރ ވާންޗޯ
12 September 2025
ބޮޑަށްހީވާގޮތުން ތިޔަހައްދަވާދެއްވީ ތިރަށުގެ 5 ޑަޒަން ޕާޓޭންނާ ގޭންގުތަކަށް އައްޑާއެެއް. ހާއްސަކޮށް ރޭގަނޑަށް.
ބޭހޮއްކޮ
12 September 2025
ކުަލުދުއްފުށިން ފުރަތަމަ ހުސްކުރަންވީ މަސްތުވާ ތަކެއްޗާއި ކަންމަތީ ގޭންގުތައް. އެއައް ފަހު ތިތަނައް މީހަކު މަށިކުޅިއަކާ ހިއްކި ފެންގަނޑު ބަލަންދާން ހިތައްވެސް އަރާނީ..
12345
12 September 2025
ކުޅުދުއްފުށީގެ ހާލަތު ނޭނގޭ މީހަކު ކޮށްފަ އިން ކޮމެންޓެއް ދޯ؟ ތިބުނާ ކަންމަތީ ގޭންގެއް އުޅޭތަ؟
ޢެޑްމުންޑޯ
12 September 2025
ވަރަށްވެސް ހިތްގައިމު ، ވަރަށް ރަގަޅު މަސައްކަތެއްމިއީ ، ކުޅުދުއްފުށި ނޫނަސް މިފަދަ ހިތްގައިމު ތަންތަން އެކި ރަށްރަށުގައި އެބަހުރި ، އެތަންތަން މިފަދަގޮތަކަށް ތަރައްގީކޮށްފިނަމަ ރަށުގެ ދިރިއުޅޭމީހުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުވެގެންދާނެ.
ތަމެންދޯ
12 September 2025
ކީއްވެގެންތޭ ސިޓީ ކައުންސިލް ބަޖެޓުން 2 މިލިއަނަށް ވުރެން ގިނަ ރުފިޔާ ޚަރަދުކޮށްފަިއ ކުޅި އެއްގައި ފާލަން ގަނޑެއް އަޅަން ޖެހެނީ ފުރަތަމަ ކަމަކީ ކުޅުދުއްފުއްޓަކީ ގެސްޓުން ދާ ރަށެއް ނޫނޭ ދެން ތިޔާ ތަން ނުއެއް ބެލެހެއްޓޭނެ ވީރާނާ ވާނީ ތިޔާ ގޮތަށް އައްޑޫގައި ވެސް އޮވޭ އެމެން އަމިއްލަ އަށް ނަންދީގެން އުޅޭ ކުޅި އެއް އެއީ ކުޅި އެއް ނޫނޭ އެއީ މޫދުގެ ބައެކޭ އެމެން ބައްދާލާފައި ކުޅިއެކޭ ކިޔަސް އެއީ ކުޅި އެއް ނޫނޭ ކުޅުދުއްފުށީ ތިޔާ ކުޅިއެއް ނޫނޭ ތިޔާއީ މޫދޭ