ވ. ތިނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށު ރައްޔިތުންގެ ފަރާތުން އަޒީބެ ވާހަކަ ދައްކަނީ.-- ފޮޓޯ: ރައީސް އޮފީސް
19 ސެޕްޓެމްބަރ 2025 - 21:43
ރާއްޖޭގެ ރަށްތަކުގެ ތެރެއިން 'ތިނަދޫ' އޮންނާނީ ހަމަ އެކަނި ވ. އަތޮޅުގައި ކަމަށް ކަނޑައަޅައި އެ ގޮތަށް ބަދަލުކޮށްދިނުމަށް އެ ރަށު ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މިއަދު އެދިއްޖެ އެވެ.
ވ. ތިނަދޫގެ ރައްޔިތުން އެ ކަމަށް އެދުނީ އެ މަނިކުފާނު އެ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ އެ ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ތިންސަތޭކައެއްހާ މީހުން ދިރިއުޅޭ ތިނަދޫގެ ރައްޔިތުންނާ އެކު، ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވަނީ އެ ރަށުގެ ކަންކަމުގައި ރައްޔިތުން ބޭނުންވާ ކަންކަމާއި ކަންބޮޑުވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ދެއްވައިފަ އެވެ.
ރައީސްގެ އިތުރުން މިނިސްޓަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން ހިމެނޭ ގޮތަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމުން ތިނަދޫގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަމުން އަބްދުލް އަޒީ (އަޒީބެ) ކަންބޮޑުވުން ފާޅުކުރީ ވ. ތިނަދޫގެ ނަން ގދ. އަތޮޅުގެ ތިނަދު އަށް ކިޔާތީ އެވެ.
ވަރަށް ގިނަ މީހުންނަށް އެ ދެ ރަށް އޮޅުން އަރާ ކަމަށާއި އެހެންވެ، މިހާރު ވ. ތިނަދޫގެ ރައްޔިތުން ބޭނުންވަނީ އެއީ ހަމައެކަނި އެ ރަށަށް ކިޔަން ކަމަށް ވެސް އަޒީބެ ބުންޏެވެ.
ވ. ތިނަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
"ހަވަރު ތިނަދޫ ގެސްޓުން އައިސް އެބަ ފައިބާ މި ރަށަށް. ޑަބްލިޔުޑަބްލިޔު ޑޮޓް ޖެހީމަ އެތާ ފޮޓޯ އާއި މި ތަނުގެ ފޮޓޯއާ ހުރިހާ އެއްޗެއް އެއްކޮށް މި އަންނަނީ. އެހެންވެ އެ މީހުން އައިސް އަމިއްލަ އަށް މި ފައިބަނީ،" އަޒީބެ ބުންޏެވެ.
"އަޅުގަނޑުގެ ނަޒަރުގައި ތިނަދޫ ކިޔަނީ މި ރަށަށް. ގދ. މީހުން ވެސް ނުކިޔާ ތިނަދޫއެއް، ތެނަދު ކިޔާނީ. ދެން މާލޭ ބޭފުޅުން އެ ރަށަށް ވެސް ތިނަދޫ ކިޔައިގެން މި އުޅެނީ. އެ ރަށު މީހެއް ކައިރީ ކޮން ރަށެއްތޯ އަހާލިޔަން ބުނާނީ ތެނަދުއޭ."
އެއް ނަމެއް ކިޔާ ދެ ރަށްރަށުގެ މައްސަލައަކީ ސަރުކާރުން ހައްލު ކޮށްދޭން ޖެހިފައިވާ މައްސަލައެއް ކަމަށް ވިޔަސް އެއްވެސް ސަރުކާރަކުން އަޅާނުލާ ކަމަށް އަޒީބެ ބުންޏެވެ.
އަޒީބެ ކަންބޮޑުވުން ފާޅުކުރި އަނެއް މައްސަލައަކީ ވ. ތިނަދޫގެ އާބާދީގައި ރަށުގައި ދިރިނޫޅޭ މީހުން ވެސް ހިމަނާފައި ހުރުމުންނެވެ.
ވ. ތިނަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ..-- ފޮޓޯ: ރައީސް އޮފީސް
"މި ރަށު އާބާދީގައި 1،000 މީހުން އެބަތިބި. އެކަމަކު ރަށުގަ ދިރިއުޅެނީ 250 އެއްހާ މީހުން. އެހެންވެ ސިއްހީ ހިދުމަތް ދޭން 40 މީހުންނަށް ހިދުމަތް ދިނުމަށް ޖަހާފައި އިންނަ ގޮޅީގައި މި އިންނަނީ 1،000 މީހުން ޖަހާފައި،" އަޒީބެ ބުންޏެވެ.
އަޒީބެގެ އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ ހުރިހާ ކަމަކަށް ވެސް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޒީބެ (ވ. ތިނަދޫ) އޮޅިދާނެތީ ރަށްވެސް ޖަހައިގެން އުޅޭ
22 September 2025
ވ. ތިނަދޫ މީހުން އެހާ މަދީ ގދ. ތިނަދޫ އަށް އޮޅިގެން ދެވުނީމަ ދޯ؟ ގދ. އަށް ދާ ޓުއަރިސްޓުން ކޮޅު ލިބުނީމަ އުފާ ނުވޭތަ؟ ގައިމު އެއީ ވެސް ވިޔަފާރި
ތިނަދޫ 300
21 September 2025
ގދ. ތިނަދޫ ރައްޔިތުން ބޭނުމީ ގދ. ވޭގަސް އަށް ނަން ބަދަލު ކުރަން..
ޗޗަަޗޗ
21 September 2025
ރަށެއްގެ ރަށްޔިތުންގެ ގާތަށް ރައީސުލްޖުމްހޫރިއްޔާއި ވަޒީރުންނާއި މަޖްލިސް މެމްބަރުން ވަޑައިގަތީމަ އެދޭ ކަންކަން މިހުންނަނީ... މި ދަރަޖައިގައި ރައްޔިތުން މިތިބީ.
ހަސަންބޭ..
21 September 2025
ގދ.ތިނަދޫ ގެ ކުރިއަށް ހަވަރު އިތުރުކޮށް "ހަވަރުތިނަދޫ" ހަމަޖައްސަން ފެނޭ. ސަބަބަކީ މިހާރުވެސް އާންމުކޮށް އެނަމުން މުހާތަބުކޮށް އުޅޭތީ އަޑުއަހަން..
ދެރަ
21 September 2025
ގދ ތިނަދޫ އަކީ "ތެނެދޫ"
ފަހުދު.
21 September 2025
އަޒީބެއަށް އޮޅިގެން ކޮންގެއަކަށް ވަދެވުނީ؟
ޣުޑްމޭން
20 September 2025
ޢަޒީބެ ރުޅިމަޑު. ޢަޒީބެ މީހަކަށްވާނީ ރާއްޖޭގެ އެއްވެސް ރަށެއްގެ ދެމީހަކަށް އެއް ނަމެއް ނުކިޔޭގޮތަށް ގާނޫންއަސާސީވެސް ބަދަލު ކޮށްލަދިނިއްޔާ. އަޒީބެ ވަރެއް ނެތް. ޢަޒީބެއަށް އަޅާލާ.
ޗަޕް
20 September 2025
އަޒީބެ. ބެންކޮކްގައިވެސް މޯލްޑިވެސް ކިޔާ ހޮޓަލެއް މިހާރު ހުރޭ. އަނެއްކާ އެއްކަލަ ޓޫރިސްޓުންކޮޅު އެތަނަށް ނުދިޔަކަން ނަަސީބެއްނުންތަ؟
ޚިޔާލޫ
20 September 2025
އަޒީބެ ގެ ރަށާ އެންމެ ގުޅެނީ ވ. ތިދޫ މިގޮތަށް ބަދަލު ކޮށްލަން، ވ. ސަލާން
ތެނަދޫ މީހާ
20 September 2025
މާލޭގެ ބައެއް ގެ ތަކަށް އެބަކިޔާ ބައެއް ގައުމުތަކުގެ ސްޓޭޓް ނުވަތަ ސިޓީ ތަކަށް ކިޔާ ނަންތައް (ނިއުޔޯކް، ކެލަފޯނިއާ، ބެންކޮކޮ ފަދަ ނަންތައް) ދެން އެއިން ގެއަކަށް ދާންޖެހޭ މީހަކު ހަމަ ޓިކެޓް ނަގައިގެން ފުރައިގެން ދާންވީ.
ޟެކް
22 September 2025
މެކްސިކޯ
ޑރ ވާންޗޯ
20 September 2025
އަމިއްލަޔަށް އެހެންބަޔަކު ނުކިޔާނެހެން ހީވާކަހަލަ ގޮތަކަށް ނަންބަދަލުކޮއްލާފަ އެގޮތައް ލިޔާށާކިޔަން ފަށާބަލަ. މިސާލަކަށް "ވަޅޯތިނަދޫ". ކުޑަދުވަސްކޮޅަކުން މަސްހޫރުވެ އޯކޭވާނެ.