މިވަގުތު 61 މީހުން ތިބި ރަކީދޫން ބަދަލުވުމަކީ ވަރަށް ކުރިއްސުރެ އެ ރަށުގެ ގިނަ ބަޔަކު ބޭނުންވާ ގޮތް. އެ މީހުން އެދެނީ ތުލުސްދޫ ނުވަތަ މާލެ ސަރަހައްދުގެ އެހެން ރަށަކަށް ބަދަލުކޮށްދޭން.
ރަކީދޫގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ: ރައީސް ވިދާޅުވީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް މީހުން ބަދަލުކޮށްދެއްވާނެ ކަމަށް. -- ފޮޓޯ | ރައީސް އޮފީސް
20 ސެޕްޓެމްބަރ 2025 - 12:50
ވ. ރަކީދޫން ބަދަލުވުމަކީ އެ ރަށުގެ ގިނަ ބަޔަކު ބޭނުންވާ ގޮތެވެ. މިވަގުތު 61 މީހުން ތިބި އެ ރަށުން ސަރުކާރުތަކަށް ވެސް މި ނިންމުން ހުށަހަޅައިފި އެވެ. އެކަމަކު އެ މީހުންގެ ކަންބޮޑުވުމަކީ މިއަދާ ހަމައަށް ވެސް އެއީ، "ވަރަށް ދުވަސްވީ ވާހަކައަކަށްވެ" ނަތީޖާއެއް ނުނެރެވުމެވެ. ކުޑަ ރަށަކަށް ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ތިބުމަށް ވުރެ އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ފަހިވެފައިވާ ރަށަކަށް ބަދަލުވާން އެ މީހުން ތައްޔާރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރަކީދުއަށް މިއަދު ވަޑައިގަތުމުން ވެސް ރައްޔިތުން ހުށަހެޅީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށެވެ.
ރަށުގައި މިވަގުތު މި ތިބީ 61 ބޭފުޅުން. އޭގެ ތެރެއިން 41 ބޭފުޅުން ބޭނުން ވަނީ ތުލުސްދުއަށް ބަދަލުވާން. އަނެއް 19 ބޭފުޅުން ބުނީ މާލެ ކައިރިން ތަނެއް ހިއްކައިގެން ބަދަލުކޮށްދޭށޭ. އަނެއް ބޭފުޅާ ބޭނުމެއް ނުވޭ ބަދަލުވާން.
ސަތޭކަ މީހުން ވެސް ހަމަނުވާ އެ ރަށުގައި މުސްތަގުބަލެއް ނެތް ކަމަށް އެ މީހުން ދެކެ އެވެ.
ރައީސްއާ އެކު އޮތް ބައްދަލުވުމުގައި ރަކީދޫ މީހަކު ވާހަކަ ދައްކަނީ. -- ފޮޓޯ | މިހާރު
ރައީސް މުއިއްޒު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ވާހަކަ ދެއްކި ގިނަ މީހުން އެދުނީ އެ މީހުންނަށް ރަށުން ބަދަލުވެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. ރަށް ދޫކޮށް ދާން ބޭނުން ނުވި މީހަކު ވެސް ބައްދަލުވުމުގައި އެކަން ރައީސާ ހިއްސާކުރި އެވެ.
ރަކީދޫގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކެވި އަންހެނުންގެ ކޮމިޓީގެ ރައީސާ ޑރ. ވާރިސާ މުހައްމަދު ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރުމަކީ ވަރަށް ގިނަ ދުވަސްވެފައިވާ ވާހަކައެއް ކަމަށެވެ. މިހާތަނަށް އެކަން ނުވެ އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން އެދެނީ މާލެ ސަރަހައްދުން އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ފަހިވެފައިވާ ރަށަކަށް ބަދަލުކޮށްދިނުމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ވަސީލަތެއް ލިބޭ ތަނަކަށް ދާން. ދަރިން މާލެ ނޫނީ އެހެން ރަށަކަށް ކިޔަވަން ފޮނުވާފައި އަޅުގަނޑުމެން މި ތިބެނީ މި ރަށުގައި. ދަރިންނާ ދުރުގައި މިހެން ތިބެން ވަރަށް ހިތްދަތި. އެކަމަކު އެގޮތް އޮތީ،" ވާރިސާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަކީދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރަކީދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅާ އެ ބައްދަލުވުމުގައި ވިދާޅުވީ ރަކީދޫން މީހުން ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ހައުސިން މިނިސްޓްރީގެ ޓީމެއް މިދިޔަ ހަފުތާގައި އެ ރަށަށް ދިޔަ ކަމަށެވެ. އެ ބައްދަލުވުމުގައި ވެސް ގިނަ ބަޔަކު ހުށަހެޅީ ރަށުން ބަދަލުވާން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގައި މިވަގުތު މި ތިބީ 61 ބޭފުޅުން. އޭގެ ތެރެއިން 41 ބޭފުޅުން ބޭނުން ވަނީ ތުލުސްދުއަށް ބަދަލުވާން. އަނެއް 19 ބޭފުޅުން ބުނީ މާލެ ކައިރިން ތަނެއް ހިއްކައިގެން ބަދަލުކޮށްދޭށޭ. އަނެއް ބޭފުޅާ ބޭނުމެއް ނުވޭ ބަދަލުވާން،" އޭނާ ވިދާޅުވި އެވެ.
އެންމެން ވެސް ރަށުން ބަދަލުވާން ބޭނުންވި އިރު އެކަކު ހުށަހެޅީ، މާލެ ކައިރި ތަނެއް ހިއްކައިގެން ބަދަލުކޮށްދިނުމަށެވެ. މީހުން ދިރިއުޅޭ ރަށަކަށް ބަދަލުވާން އޭނާ ބޭނުމެއް ނުވެ އެވެ.
"މީހުން ދިރިއުޅޭ ރަށަކަށް ބަދަލުވާކަށް ބޭނުމެއް ނޫން. އެކަމަކު މިހާރު ބޭނުން ވަނީ މާލެ ކައިރި ތަނެއް ހިއްކައިގެން ވިޔަސް އަޅުގަނޑުމެން ބަދަލުކޮށްދޭން. މީހުން ދިރިއުޅޭ ރަށަކަށް ހިނގައްޖެ ނަމަ އެ މީހުން ހަދާނީ ކިހިނެއް ކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހެއްގެ ހިޔާލު ތަފާތެވެ. އޭނާ ހުރީ ހުރީ ރަށުން ބަދަލުވާ ގޮތަކަށް ނޫނެވެ.
"އަޅުގަނޑު ބޭނުމެއް ނުވޭ މި ރަށުން ފައިބައިގެން ދާކަށް. މި ރަށުގައި އުޅެން ބޭނުންވަނީ،" އޭނާ ރައީސަށް ދެންނެވި އެވެ.
ރައީސްއާ އެކު އޮތް ބައްދަލުވުމުގައި ބައިވެރިވި ރަކީދޫގެ ބައެއް މީހުން. -- ފޮޓޯ | ރައީސް އޮފީސް
އެހެން މީހަކު ބުނީ ކޮންމެ ރައީސަކު ވެސް އިންތިހާބެއް ކައިރުވުމުން ވަޑައިގެން ރަށުން ބަދަލުކޮށްދޭނެ ކަމަށް ބުނެ ހުވަފެން ދައްކާ ކަމަށެވެ. އެގޮތަށް ރައީސް މުއިއްޒު ނުހައްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ބުންޏެވެ.
ރައްޔިތުންގެ ވާހަކަތައް އައްސަވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ތެރެއިން 80 ޕަސެންޓް މީހުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ މަޝްވަރާއާ އެކު އެކަން ނިންމަވައި ދެއްވާނެ ކަމަށެވެ.
ރަކީދުއަކީ ގެސްޓް ހައުސްތައް ހަދަމުން އަންނަ ރަށަކަށް ވާތީ، އެ ވިޔަފާރިތައް ވެސް ހިންގޭ ގޮތަށް މީހުން ބަދަލުކުރަން އިސްކަންދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
21 September 2025
އުހުން. މި ރަށަކު ނެތް ބިމެއް. މި ރަށުގައި މިހާރު ވެސް ރިނބުދޫ މީހުންނާއި މާފިލާފުށި މީހުން އެބަ އުޅޭ. ދެން އޮތް ބިންތައް އެ ވަނީ ކައުންސިލްގެ މެންބަރުން ފައިސާ ހޯދަން ދިގު މުއްދަތަށް ކުއްޔަށް ދީފައި، ބާކީ ހުރީ މި ރަށު މީހުންނަށް ގޯތި ދީ ގެސްޓް ހައުސް އަޅަން ހުރި ބިންކޮޅު. މި ރަށަށް ނުގެންނާތި ތިޔަ މީހުން
އަބްޑޫޅް +
21 September 2025
ހުރިހާ ބީރަށްޓެހީންވެސް، މިހާރު ބޭނުންވަނީ މާލޭ މީހުންނަށް ވެގެން، ހުޅުމާލެ، ފުރަމާލެ، ނޫނީ ގުޅީފަޅަށް ބަދަލު ވާން. ކުކުޅުއަޅާއެ، އަޅުވަން ބިސްހޮޅޫދޫ އަށް ދާންވީނުން؟ ކުކުޅުއަޅާއެ އަކީ، ވަރަށް އަގުގައި ވިކޭ އެއްޗެކޭ.
ޒައީންަަސދ
21 September 2025
ރަސްމާލެ އަށް ރާއްޖޭގެ އެންމެން ބަދަލުވެ ބާކީ ރަށްތައް ބޭރުގެ ހޮޓެލް ޗޭނުތަކަށް ކުއްޔަށްދީގެން އަހަރުމެން އެންމެން ގޭގަ ޓީވީ ބަލަަން ތިބޭ ދުވަސް އެއީ އެންމެ ބަލާލަން ބޭނުން ދުވަސް
ހެވެނީ
20 September 2025
އެންމެން ވެސް ރަށުން ބަދަލުވާން ބޭނުންވި އިރު އެކަކު ހުށަހެޅީ، މާލެ ކައިރި ތަނެއް ހިއްކައިގެން ބަދަލުކޮށްދިނުމަށެވެ. މީހުން ދިރިއުޅޭ ރަށަކަށް ބަދަލުވާން އޭނާ ބޭނުމެއް ނުވެ އެވެ. ---- ހަހަހަހަ، ކަލޯ އެހެންވީމަ މާލެ އައިސްގެން ވެސް ނުވާނެ
ވިސްނަވާމާސްޓަރޕްލޭން
20 September 2025
މިހާރު ރާއްޖޭގެ ގިަރައްޔިތުން ވަސީލަތްތަކާއެކު އެއްފަސްވާން ބޭނުންކަން މިއެނގެނީ. ސަރުކާރުން މިކަމާ ނުވިސްނާ ބޭކާރު ހަރަދުކުރަނީ ކީއްވެހޭ؟ މިއިންވެސް އެނގެނީ ރައްޔިތުން އެމީހުންގެ ޓެކްސްފައިސާ އިސްރާފުކުރަން ބޭނުންނުވާކަން.
ރާއްޖެ
20 September 2025
ރައީސް ޑރ. މުޢިއްޒުއަށް . އާބާދީ މަދު ރަށްތަކުގެ މީހުން ބަދަލުވާން ރަސްމާލެ ރަސްމީކޮށް ހަމަޖެއްސެވުން އެދެން.
ޢެަރަ
20 September 2025
ރައްރަށުން މީހުން މިކަމަށް އެދޭއިތުވެސް ސަރުކާރުން އިސްވެ މިކަންކަމާ ރައްރަށުގރ ރައްޔަތުންނާ ވާހަކަ ނުދައްކަނީ ކީއްވެ
ހުސައިންބެ
20 September 2025
2000 މީހުން ހަމަނުވާ ހުރިހާ ރަށެއް އެއްފަސް ކުރަންވީ?
ހާސް
20 September 2025
މިހާރު ރަށްރަށުގެ ރައްޔިތުން މަޑުކުރަން މިޖެހެނީ ރައީސް އެރަށަކަށް ވަޑައިގަންނަވަންދެން ކުރަން ބޭނުންވާ ކަންތަކާ ރައްޔިތުންނަށް ދަތިވާ ކަންތަށް ބުނެދެވެނީ ވަޑައިގެންނެވީމަ. އޭގެކުރިން ރައީސަށް އެއްވެސްކަމެއް އެނގިވަޑައިނުގަންނަވާ. އިންތިހާބު ދުވަސްވަރު ކޮންމެރަށަކަށްއަރާ ކޮށްދޭން ވޢުދުވީ ކޮންކަންތަކެއްބާ އަލުން ރައްޔިތުންގާތު މިއަހަނީ އެކަންތައް ކޮށްދީނިމުނީމަބާ؟؟؟
އިހްސާސް
20 September 2025
ތީގެ ކުޑަ އާބާދީތައް ހުރި 3 ހަތަރު ރަށް ބިން ބޮޑު ރަށެއް ތަރަށްގީކޮށް އެރަށުގައި އާބާދުކުރަންވީ. މީހުން ދިރިއުޅޭ ރަށަކަށް ބަދަލުކުރުމަށް ވުރެ ރަގަޅުވާނެ. އެކަމަކު ސަރުކާރުން ދޭންވާނީ ވަސީލަތްތަކާ ގެއަޅާނެ ތަން އަދި އެލަވަންސެއް.