މިނިސްޓަރު މާރިޔާ ބެލެންސް ސްޓޫޑިއޯ ހުޅުއްވައިދެއްވަނީ: މިއީ ހުރިހާ އުމުރަކަށް ހާއްސަކޮށް ހުޅުވި ތަނެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 ސެޕްޓެމްބަރ 2025 - 10:50
އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި މާލޭގައި ވެލްނަސް ސެންޓަރެއް ހުޅުވައިފި އެވެ.
ޒަމާނީ އިންޓީރިއާ އަދި ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލެވޭ ގޮތަށް ޗާންދަނީ މަގުގައި ހުޅުވި ސްޓޫޑިއޯއަކީ މިހާރު ދުނިޔޭގައި މަޝްހޫރު ޕިލާޓީސްއަށް ހާއްސަ ސްޓޫޑިއޯ އެކެވެ.
އެ ސްޓޯޑިއޯ ހާއްސަކޮށްފައި ވަނީ ހުރިހާ އުމުރެއްގެ އަންހެނުންނަށެވެ. އަންހެނުންނާއި އަންހެން ކުދިން އަދި މާބަނޑު މީހުންނަށް ވެސް މި ސްޓޫޑިއޯގައި ޕްރޮގްރާމްތައް ހިންގާނެ އެވެ.
މިނިސްޓަރު މާރިޔާ އާއި ބެލެންސް ސްޓޫޑިއޯގެ ދެ ފައުންޑަރުން ކަމަށްވާ ލީނާޒް ހުސެއިން އާއި އައިޝަތު މައިޝާ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަންހެނުން އަމިއްލަ ނަފްސާ މެދު އަޅާލުމާއި، އަމިއްލައަށް ވަގުތު ހޭދަކުރުން އަދި ބާރުވެރި ބައެއްގެ ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދަން އެހީތެރިކަން ފޯރުކޮށްދޭ މި ސްޓޯޑިއޯއަކީ ލީނާޒް ހުސެއިން އާއި އައިޝަތު މައިޝާގެ ހުވަފެނެކެވެ. މިކަން ކާމިޔާބުވީ އެ ވިސްނުމުގައި ކުރި ހިތްވަރުން ކަން މި ސްޓޯޑިއޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ގާތް ދެ އެކުވެރިން ފާހަގަކޮށްފައިވެ އެވެ.
މި ސްޓޫޑިއޯ އިއްޔެ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.
މާލޭގައި ހުޅުވި ބެލެންސް ސްޓޫޑިއޯ: މިތަނުގެ ޕްރޮގްރާމްތައް ނަގައިދޭނީ ތަޖުރިބާކާރު އިންސްޓްރަކްޓަރުން.- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްއެފް ބިލްޑިންގުގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެ ސްޓޫޑިއޯގައި އޮކްޓޫބަރު 1 އިން ފެށިގެން ކްލާސްތައް ނަގަން ފަށާނެ އެވެ. އެ ސްޓޫޑިއޯ އިން އެޕޮއިންޓްމަންޓް އުސޫލުން ޕްރައިވެޓް ސެޝަންތައް ވެސް ނަގައިދެ އެވެ.
ބެލެންސް ސްޓޫޑިއޯ: މިތަނުގެ އިންޓީރިއާ ހަދާފައިވަނީ ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލެވޭ ގޮތަށް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޮންމެ ކްލާހެއް ވެސް ނަގައިދޭނީ އެކަމަކަށް ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. އެތަނުގައި 30 އަހަރުގެ ތަޖުރިބާ ހުރި އިންސްޓްރަކްޓަރުން ވެސް މަސައްކަތްކުރާނެ އެވެ.
ބެލެންސް ސްޓޫޑިއޯގެ ކްލާސްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު ބޭނުންވާ ނަމަ، ސްޓޫޑިއޯގެ އިންސްޓަގްރާމް ޕޭޖަށް މެސެޖުކުރުމަށް އެ ސްޓޫޑިއޯ އިން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ިކިހިުހއް
23 September 2025
އަހަރުމެން ފިރިހެނުންނަށް ނެތްތަ ކްލާހެއް!
ހހހ
23 September 2025
އަގުތައް ވަރަށް ބޮޑުތަ؟