ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ގާސިމް ވާހަކަ ދައްކަވަނީ: މިހާރު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި. ހާލު ރަނގަޅު.
24 ސެޕްޓެމްބަރ 2025 - 15:09
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް 74، ގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ، ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް އިއްޔެ "އުނދަގޫތަކެއް" ވެގެން ލޯންޗުގައި މާލެ ވަޑައިގަތީ ކަމަށެވެ.
"ފްލައިޓަށް ވެސް ނޭރުއްވީ މައްޗަށް ވީމާ ޕްރެޝަރު ބޮޑުވެދާނެ ކަމުގެ ބިރަށް. އެހެންވެ، ލޯންޗުކޮޅުގައި ވަޑައިގެން އައިޖީއެމްއެޗަށް ވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗަށް ވަޑައިގަތުމާ އެކު، އެޑްމިޓްކޮށް ގާސިމަށް ފަރުވާދޭން ފެށި އެވެ.
"އެކަމަކު މިހާރު ސްޓޭބަލް. ހާލުކޮޅު ވަރަށް ރަނގަޅު،" ގާސިމްގެ ގާތް ފަރާތުން ވިދާޅުވި އެވެ.
ގާސިމްގެ އާލާސްކަންފުޅާ ގުޅޭ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ގާސިމަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކޮއެ
25 September 2025
ޤާސިމް ފަރުވާކުރަން އަބަދުވެސް އައިޖީމެމްއެޗް އަށް ދާތަން މިފެންނަނީ، އެކަމަކު ގިނަ އެހެން ދިވެހިންނަށް އައިޖީމެމްއެޗް ކަމަކުނުދޭ ސަލާންޖަހައިގެންވެސް އިންޑިޔާ އަތް ދެވޭތޯ ބަލަނީ.
ނަންނެތް ކުއްޖާ
26 September 2025
އެމީހުންނަށް ރަނގަޅު ޚިދުމަތް ދެޔޭ. އާންމުންނަށް އެހެން ނުވެޔޭ
އެޑްމުންޑޯ
25 September 2025
ގާސމަށް އަވަސް ޝިފާއަކަށް އެދެން
ރަދީފްއޮފިޝަލް /
24 September 2025
ގެޓް ވެލް ސޫން ބްރަދާ.
މިއޮތީ
24 September 2025
މި އުމުރަށް ދިޔައިމަ އަރާމުކުރަންވީ ގިނައިން. ކަސްތަރުކޮށް ރަނގަޅު ސިއްހަތެއްގައި ހުރެވޭތޯ ބަލަންވީ. ދަރިންނާ ވިޔަފާރި ހަވާލުކޮށް ގާސިމް ރިލެކްސް ކުރަންވީނުންތޯ؟ ގާސިމް ކުރި އަދި ކުރާ ގިނަ ހެޔޮ ކަންކަން ދުވަހަކުވެސް ދިވެހިން ހަނދާނެއް ނުނެތޭނެ
އައްޔަ
24 September 2025
އަވަސް ސިފާއަކައްއެދެން
މަދޫރީ
24 September 2025
އަހަރެން ބޭނުން ގާސިމު ވެރިކަން ކުރާތަން ދެކެން. އެއީ ވަރަށް ރަގަޅު ބޭފުޅެއް.
ދެއްތޯ
24 September 2025
ގާސިމު ކަހަލަ މަހުޖުނުންގެ މިހާރު ތިބެންޖެހޭނެ ޕާސަނަލް ޑޮކްޓަރުންނާއި ނަރުކުން، ނުވިތާކަށް މޯބައިލް ކްލިނިކެއް. ފުލައިޓައް އަރަންވީތޯ ނުވަތަ ނޫންތޯ ނިންމަވާނީ އެމީހުން.
މުހައްދަމު
24 September 2025
އަވަސް ޝިފާއަކަށް އެދެން
ރަބަބާރުބޭ
24 September 2025
ގާސިމަށް އަވަސް ސިފާއެއްމިންވަރުކުރައްވާށި. ގާސިމަކި ދިވެހިންެގެ ވިޔަފާރިވެރިއެއް. އާސަންދަޔާއި ބާސަންދައެއް ނެތި ދިވެހިން ނިކަމެތި ހާލުގައި އުޅުނުއިރު ދިވެހިންނަށް އެހީތެރިވި އެހީތެރުޔާ. އެތައްބަޔަކަށް މަތީތައުލީމުގެ ފުރުސަތު ތަނަވަސް ކޮށްދިން މީހެއް. އެހަދާންތައް ދިވެހިން ނެތިގެން ނުދާނެ.
ފަރދނ1
24 September 2025
އަވަސް ޝިފާއެއްދެއްވައި އުމުރުގައި ބަރަކާތްލައްވާށިއެވެ.