އައްޑޫ ހިތަދޫގައި އޮންނަ ވިޔަފާރިބަނދަރު. ފޮޓޯ:އެމްޕީއެލް
24 ސެޕްޓެމްބަރ 2025 - 16:43
އައްޑޫ ހިތަދޫގައި އޮންނަ އައްޑޫ ވިޔަފާރި ބަނދަރުން ވަގަށް ކްލިއާ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރެޓް، ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
އެ ތަކެތި ހިފެހެއްޓިކަން ކަސްޓަމްސް އިން ކަވަރުކޮށްދިން ނަމަވެސް އޭގެ ތަސީލެއް އަދި ނުލިބެ އެވެ. އެހެންވެ، ހިފެހެއްޓި މުދަލުގެ އަދަދެއް ވެސް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
ސިނގިރެޓާއި ދުންފަތުގެ އެހެން އުފެއްދުންތަކުން ނަގާ ޑިއުޓީ ރާއްޖޭގައި މިފަހުން ބޮޑުކުރި ފަހުން، ޑިއުޓީ ނުދައްކައި ވަގަށް ސިނގިރެޓް އެތެރެކުރަން މަސައްކަތްކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެފަދަ ބައެެއް މައްސަލަތައް ފަޅާއަރާފައި ވަނީ ސިނގިރެޓް އެތެރެކޮށް ގުދަން ވެސް ކުރި ފަހުންނެވެ،
ހިފެހެއްޓި ތަކެތީގެ ތެރޭގައި ރެޑްބުލް ހިމެނޭ ކަމަށް ކުރިން ރިޕޯޓްކޮށްފައި ވިޔަސް އެއީ ނައްތާލަން ބަހައްޓާފައި ހުރި ތަކެތި ކަމަށް ވަނީ އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
24 September 2025
ތީޔޭ މައްސަލަޔަކީ. ރިހާކުރު ފުޅިއެއްނަމަ މިހާރު ހުކުމްވެސް ކޮށްފަ މީހާގެނަމާ މުޅިއާއިލާގެ ހިސްޓްރީ ސޯސަލްމީޑިއާގަ. ބޮޑެތި ވިޔަފާރިވެރިންގެ ބޮޑެތި ވައްކަން ކުންފުނީގެނަމެއް މީހާގެނަމެއް ނޭގި ހިނދުނީމަ ނިމުނީ. މައްސަލަބަލަންތިބި މީހުންވެސް ހެޕީ، ވިޔަފާރިވވެރިޔާވެސް ހެޕީ......