ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުގެ ކުރިން ރާއްޖޭގެ ވަފްދު މާލަމުން ނުކުންނަނީ. --
26 ސެޕްޓެމްބަރ 2025 - 20:31
މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލިހުގެ ޖަލްސާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ފެށުމާ އެކު، ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ރާއްޖެ އާއި އެހެން ގިނަ ގައުމުގެ ވަފުދުތައް މާލަން ދޫކޮށް މިއަދު ނުކުމެެއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ގެންދާ އާންމު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަން ނަތަންޔާހޫ ޕޯޑިއަމް ކައިރިއަށް އަރާ ހަމަވުމުގެ ކުރިން، ގިނަ ގައުމުތަކުގެ ވަފުދުތައް ގޮނޑިން ތެދުވެގެން މާލަމުން ނުކުންނަން މިސްރާބު ޖަހާ މަންޒަރު ފެނެ އެވެ.
އޭގެ ތެރޭގައި، ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ހިމެނިވަޑައިގެންނެވި އެވެ.
The Maldivian delegation walked out of the General Assembly Hall in protest, when the Prime Minister of Israel started his address to the General Debate.
— Abdulla Khaleel (@abkhaleel) September 26, 2025
The Maldives will always stand in solidarity with the people of Palestine. #MDVatUNGA80 pic.twitter.com/uHkIL72R8U
ރާއްޖޭގެ ވަފްދުގެ އިތުރުން، އެހެން ގިނަ ގައުމުތައް ވެސް މާލަމުން ނުކުތް މަންޒަރު ފެނެ އެވެ.
ނަތަންޔާހޫ ހިތާބު ދިން އިރު، މާލަމުގެ ގިނަ ގޮނޑިތައް ހުރީ ހުސްކޮށެވެ.
އިޒްރޭލަށް އެންމެ ބޮޑަށް އެމެރިކާ އިން ވަނީ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މި އަހަރުގެ އާންމު މަޖިލީހުގައި ބައިވެރިވެޑައިގެންނެވުމަށް ހުރަސް އަޅައި، އޭނާ އަށް ވިސާ ނުދީ ހިފަހައްޓައިފަ އެވެ.
އދ. ގެ 80 ވަނަ އާންމު މަޖިލީހަށް މަހުމޫދު އައްބާސް ހިތާބު ދެއްވީ ވީޑިއޯ މެދުވެރިކޮށެވެ.
އެ ކަމަށް މަގުފަހިކުރަން އދ. ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކުރީ ރާއްޖޭގެ ވެސް ތާއީދާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތާކިހާ
27 September 2025
ހައިރާނެއްނުވޭ. ހަލީލުމެންގެ ސަރުކާރަކީ ދިވެހިން ދައްކާ ވާހަކަވެސް އަޑުއަހާ ބައެއް ނޫން.
އުބައްޔު ބިން ސަލޫލު
28 September 2025
ނަތަންޔާހޫ ވާހަކަ އަޑުނޭހީމާ ހާދަވަރަކަށް ހިތު ތިޖެހުނީ
ކަލޯބެއްޔާ
26 September 2025
ނަތަންޔާހޫއަކީ ވ. ހިލަ މީހެއް. ތިޔަހެން ނުކުތުމަކުން އެކަލޭގެއަށް ކުރާނެ އަސަރެއް ނޯންނާނެ. އެކަލޭގެއަށް ކިރިޔާވެސް އަސަރެއް ކުރާނީ އީރާނީން ބުނާ ކަހަލަ ވަރުގަދަ ތޫނު ބަސްތަކަކުން.
މުލޭ
27 September 2025
ނޫން. އެކަލޭގެއަށް ވަރަށް އަސަރުކޮށްފައި ހުރީ. ވަރަށް ބޮޑަށް ރާޑިވެފައި އެކަލޭގެ ހުރީ. ހިތް ހިލައަކަސް އެންމެން ނިކުންނަ މަންޒަރު ފެނުމުން މޫނުމަތިން މާޔޫސްކަން ފެނުނު.
ދޮޅި ހުސޭނު
26 September 2025
މިއީ ޔަހޫދީ ޒާލިމެއް. މި މީހާގެ އަޑު ނޭހުން ބުއްދިވެރި
މިއޮތީ
26 September 2025
މިއީ ހަމަ އަޖައިބެއް ކަހަލަ ކަމެއް!! މި މީހާ ހައްޔަރު ކުރެވޭ ކަމަކަށްވެސް ނުވޭ. މިއީ އަޅެފަހެ މަލާއިކަތް ބޭކަލަކީތަ؟؟؟
އަބްޑޫޅް +
27 September 2025
ޙޫމް.
ސޮލާހު މޫސަ
26 September 2025
ސާބަހޭ މުއިޒު ތީ އިސްލާމީ އުންމަތުގެ ހީރޯއެއް
ހަމްދާ
26 September 2025
ރާއްޖެ ކީއްކުރަން ދާންވީވެސް.
ބުރުގާ
27 September 2025
ދަލުބޭރުޖެހެން....
ހެކިވަނީއޭ
26 September 2025
ނަތަންޔާހޫގެ ވާހަކަ ދައްކަން ފެށުމުން ރާއްޖެއާ އެކު ގިނަ ގައުމުތައް މާލަމުން ނުކުމެއްޖެ ނަމަ ދެން އެމެރިކާ ލަދު ގަންނަން ޖެހޭނެއޭ އދ. ގެ މައި މަރުކަޒު އެމެރިކާގައި ހެދުމުގެ މަގްސަދު ގެއްލޭ ގޮތަށް އެމެރިކާގެ ރައީސް ޓްރަމްޕް ދަނީ އަމަލުކުރަމުންނޭ އޭގެ ހިތި އެމެރިކާ އަށް ފެންނާނެއޭ މީއޭގެ ކޮޅުމައްޗޭ މިފެންނަނީ އިރު އަރަމުން އަންނަ މަންޒަރުން ފެނިގެން ދަނީ އެމެރިކާގެ ޔުނިޕޯލަރ ވޯލްޑަށް ނިމުން އަންނަ މަންޒަރޭ މައްޗަށް ބަލާލުމުން އުޑުގެ ވިލާތައް ވެސް
ދުކްތޫރު ބަނާނާ
26 September 2025
ހަލީލު ފޮޓޯއިން ފެނިފާ ފުރަތަމަ މަހީކުރީ ޓީވީ ހަލީލުކަމަށް. ދެން ޚަބަރު މިކިޔާލީ ޓީވީ ހަލީލު އެތަނަށް ދާންޖެހޭ ސަބަބު ހޯދާލަން. ބަލާލިއިރު ފޮރިން ހަލީލު. އެހެންވީމާ މީގާ މައްސަލައެއް ނެތް. ކިއުންތެރިންގެ ސަމާލުކަމަށް ހަމަ މިކަން ދަންނަވާލީ.
ރަދީފު ބިން ރަފައިދާ
26 September 2025
ތީ އެހެންމީހުން ކުރާތީ ކުރާކަމެއް. މިދިޔަ އަހަރުވެސް ނުކުމެގެންނުދޭ. ދިޔަނަމަ ބުރޭކިންނިއުސްގާ އޮންނާނެ. ތިތަނުގާ މިދިޔަ އަހަރު ނަތަން ތަގުރީރުދިންއިރު ދިވެހި ވަފުދު ތިބީ މާލަމުގާ އަނގަނަގައިގެން.
ޑެބީ
26 September 2025
އަންހެންވެރިން ހަދާހެން ތިހެދީ. ދައްކާ ވާހަކަ އަޑުއެހީމައެއްނު ރައްދެއްވެސް ދެވޭނީ. ތިހެން އަދި ނިކުތަސް މައްސަލަ ހައްލެއްނުވާނެ
މުލޭ
27 September 2025
އަންހެނުން ހާދަ ދެރަ ބަޔަކަށް ތި ހަދާލީ. އަންހެނުންނަކީ ވެސް ހިތްވަރު ގަދަ ބައެއް.