މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން މިނިސްޓަރު ހަލީލް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
13 އޯގަސްޓް 2025 - 11:28
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަޑުހަރުކޮށް ވަކާލާތުކުރަން ފަށާފައިވާއިރު، އެކަމުގެ މުޅި މޫވްމަންޓު ލީޑުކުރީ ރާއްޖޭން ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން، ފަލަސްތީނާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަސް، ދިވެހި ރައްޔިތުން އެދޭ ގޮތަށް މި ސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާ ކަމަށެވެ.
"އޭގެ ނަތީޖާއަކީ، އަރަބި އިސްލާމީ ގައުމުތަކާ އެކު ގުޅުންތައް ބޭއްވުމާއި، އޭގެ އިތުރުން ފަލަސްތީނުގެ ކޯޒްގައި އެންމެ ވަރުގަދައަށް، ކިތަންމެ ކުޑަ ގައުމެއް ވިޔަސް މަސައްކަތްކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގަތުން،" ހަލީލް ވިދާޅުވި އެވެ.
މިގޮތުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުން، އިސްލާމީ އުއްމަތުގެ ތައުރީފް ރާއްޖެއަށް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވިލާތުގެ ބޮޑެތި ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ތެދުވެ، އަޑުހަރުކޮށް ވާހަކަ ދައްކަން ފަށައިފަ އެވެ.
"މުޅި މޫވްމަންޓް ހަގީގަތުގައި ލީޑުކުރީ ރާއްޖޭން. ރާއްޖޭގެ ރައްޔިތުންގެ އެދުމުގެމަތީން،" ހަލީލް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ކަމަށާއި، ނަމަވެސް، އެ ނިންމުމުގެ ސަބަބުން އިސްލާމީ އުއްމަތާ ރާއްޖެ އިތުރަށް ގާތްވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ މިސާލެއްގެ ގޮތުން، ހަލީލް ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެއަށް ޒިޔާތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމުން
13 August 2025
ދުނިޔޭގެ ބޮޑެތި ބިޔަ ގައުމުތަކަށް ވެސް ނުކުރެވުނު ކަމެއްތާ ތިކޮށްލީ، ދެން
އަސަރި
13 August 2025
ސިޔާސީ މީހުން ދައްކާ ފޮނި ވާހަކަ ނޫސްތަކަށް އަރުވާތީ އެ ވާހަކަ އެމީހުން އެދައްކަނީ އެހެންވެއެވެ. ނޫސްތަކުގައި އެކަހަލަ ވާހަކަތަށް ލިޔާއިރު އެކަންކަމަކީ ވެސް ތެދާއި ދޮގު ވާހަކަ ތަކެތްދޯ ވެސް ލިޔެލަ ދޭނަމަ ކިހާރަގަޅު ތޯ ؟
ދޮގު ފާޓާ
13 August 2025
އަމައްޔާއި ދެން. ތިޔަ މީހުންނަށް ވުރެ މާ ދޮށީ މައްސަލައެއް ފަލަސްތީނަކީ!! ބަލަ ކަލޭމެން މަޖުލިހާ ކެބިނެޓު މިނިސްޓަރުންނަށް ނުކެރޭ ފަލަސްތީން ކެފެޔާ އެއް އަޅާލަންވެސް. މުއިއްޒުވެސް ވޯޓު ހޯދަން ދިމިޔާތުގައި ފަލަސްތީނު ދިދަ ޖަހާފަ ހޮވުނީމަ އެދިދަ ނެގީ އެމެރިކާ ރުއްސަން. ދޮގެއް ވިއްޔާ ކަލޭމެން ވާނެ ހަދަން!!
ފާފު
13 August 2025
ބައިނަލް އަގުވާމީ ކަންކަމުގައި ދެން ރާޢްޖޭގެ ލަފާތާ ދެން ހޯދާނީ؟ އެކަމަކު ސަލާމަތީ މަޖިލިސް ބަދަލުކުރަން ގޮވާލީމާ ކަހަތަން ހިރުވާ ވެސް ނުލި.
އަނގަ
13 August 2025
އަނގައިން ދެރަނުވާތި. މަޖިލީހުގައި ޕާސްޕޯޓު މަނާކުރާ މައްސަލަ އެތައްދުވަހަކު ބާއްވާފައި ހެދިގޮތްވެސް ނޭނގޭމީހަކު ނުހުންނާނެ. އަދިވެސް މެޑަލްޖެހޭތޯ ބަލާ.
އެޗް އެމް
13 August 2025
ތި ތެދުވާ ގޮތް ބަދަލުކުރަން ވެއްޖެނު. ތިގޮތަށް ތެދުވެ އުޅޭތީ ފަލަސްތީނު އިތުރަށް ހާލުގަ ޖެހި ނެތިގެން އެދަނީ.
އަފްރާސިޔާބު
13 August 2025
ތެދުވިގޮތަށް ތެދުވެ އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭގޮތަށް ބައްދައިގަތީ. އަރަބީންވެސްތިބީ ތިގޮތަށް ތެދުވެ ގަދައަށް ކައިގެން އެބޭރު ކުރާގޮތަށް ބޭރުކޮށްކޮށް. ފަލަސްތީނަކީ އެމެރިކާއާއި ޔޫރަޕުގެ އާންމު ރައްޔިތުންގެ ތަނެއް. އެހެންވީމާ އެމީހުން އިސްރާއީލާ ދެކޮޅަށް މުޒާހަރާކޮށް ގުރުބާން އެވަނީ.
މޮޅެތި ކާޑު ކުޅުންދޯ އޮތީ
13 August 2025
ފަލަސްތީނަށްޓަކާ ސިޔާސީ ނަމޫނާ ދައްކާނެކަމެއް ނެތް. ފަލަސްތީނުގެ މުސްލިމުންނަކީ ސިޔާސީ ކާޑަކަށް ހަދާގެން އުޅޭ މުސްލިމު ގައުމްތައް އުޅޭ. ސައުދީން އިޒުރޭލަށް ހަތިޔާރާ ބޭހާ ކާނާ ފޮނުވަނިކޮށް މިދިޔަ ހަފްތާގައި ފަޅާ އަރުވާލީ ޢައިރު މުސްލިމް އިޓަލީގެ ރައްޔިތުން. ތުރުކީ މިސްރު ޖޯޑަން އަކީވެސް ހައްތަހާވެސް ޒަޔަނިސްޓުން. ރާއްޖެ އެމަގަށް ދާނެކަމެއް ނެތް.
އަބުދުލް ޤާދިރު
13 August 2025
އެހެންވެދޯ އެ ހުރިހާ ގަތުލު އާއްމެއް ހިންގަމުން ދާއިރު އެއިން ކަމެއް ކުށްވެރިކޮށްލަން ނުކެރެނީ. ތެދެއް ދެއްކުންތެރިކަމުގައި މި ޤައުމުވަރެއްނެތް.
އައިސާދީ
13 August 2025
ޓްރަންޕްގެ މިވެރިކަމުގައި ގައުމުންބޭރަށްފުރަތަމަދިޔައީ ސައޫދީ ގަތަރު އަދި ޔޫއޭއީ އަށް . އެޖެންޑާގައި ފަލަސްތީނުގެ ނަމެއްވެސްނެތް. ދެން އެތަންތާގެވެރިންވެސް ދޭތެރެއަކުން ތިކަހަލަވާހަކައެއް މީޑިޔާއަށް ފޮނުވަން ދައްކާހެންހީވަނީ.
ޙަލީލާ
13 August 2025
ޙަލާލް ޓްއަރިޒަމޭ ބުނީމާ އަންނާނެ.. ލިބޭ ހުރިހާ އެއްޗަކާ ކުރާ ހުރިހާކަމެއް ހަލާލްވިއްޔާ
ބަލީލާން
13 August 2025
ހަލާލު ތަންތަނުން ހަލާލުގޮތުގަ ހިންގަންޏާވާނީ ހަލާލު އެއްޗަކައް