ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ތިމަރަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނިކުތް ރައްޔިތުން-- ފޮޓޯ: ރައީސް އޮފީސް
26 ސެޕްޓެމްބަރ 2025 - 23:18
ތ. ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ ހުށަހެޅުމެއް ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒު ހުށަހަޅުއްވައިފި އެވެ.
ރައީސް އެ އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށަކަށް ވަޑައިގެންނެވީ ތިމަރަފުއްޓަށެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެ ރަށުގައި ހިއްކުމަށްފަހު އެއްވެސް ބޭނުމެއް ނުކޮށް އޮތް ހުސް ބިމެއް އެބައޮތް ކަމަށެވެ.
އެހެންކަމުން، އޭނާގެ ހިޔާލެއްގެ ގޮތުގައި ހުށަހެޅުއްވީ، އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް އެ ތަނުގައި ގެ އަޅައި ހަވާލުރުމުގެ ފުރުސަތު ދިނުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަރިހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޒާޒް.-- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެންގެ މި ހުސް ބިން އޮތް ތިމަރަފުށީގައި އެފަދަ ފަރާތްތަކަށް [ތިމަރަފުއްޓަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުންނަށް] ހައުސިން ޔުނިޓްތަކެއް އަޅާފައި ނަމަވެސް ދޫކޮށްލަދެއްވުމަކީ އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނާތީ،" ރިޔާޒް ވިދާޅުވި އެވެ.
"އަދި އަޅުގަނޑުގެ ބައެއް އެކުވެރި ރަހުމަތްތެރިން ވެސް ތިމަރަފުއްޓަށް އިތުރު ރަށެއްގެ ބަޔަކު ގެނައުމުގެ ޝައުގުވެރިކަން ހުންނާތީ އަޅުގަނޑުމެންނަށް އަދި އެ އަންނަ ބަޔަކަށް ވެސް އިތުރު ކުރިއެރުން ލިބޭނެތީ، ލިބިދާނެ ކަމަށް ފެންނާތީ، އަޅުގަނޑު ހަމަ ހިތަށް އެރީ ހިއްސާ ކޮށްލާނަމޭ."
އެ ނިންމުމަށް ރައީސް ވެސް ތާއީދު ކުރައްވާނެކަން ޔަގީން ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ތިމަރަފުއްޓަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
ތިމަރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ރަށުން ފުރުސަތު ދިނުމުގެ ހިޔާލެއް ހުށަހަޅާފައިވާއިރު، ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައި އެވެ.
ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތާ އެއްގޮތަށް ރަށުން އެހެން ރަށަކަށް ބަދަލުވާން ތިން ރަށުގެ ބައެއް މީހުން އެދިފައިވެ އެވެ. އެއީ ވ. ރަކީދު އާއި މ. ރަތްމަންދޫގެ އިތުރުން ކިނބިދޫ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙައްލު
27 September 2025
ތިޔަރަށުގަ ތިޔަ އަތޮޅު ކުޑަ ކޮންމެ ރަށަކަށް ފޭސް 2 ގަ ހުންނަވަރު ޓަވަރެއް އަޅާފަ ބޭރުގަ އެރަށެއްގެ ނަންޖަހާލަބަލަ، މިސާލަކަށް ގާދިއްފުށީގަ 300 މީހުން، އެމީހުންނަށް 1 ޓަވަރުން ފުދޭނެ. އެރަށު މެޖޯރިޓީ ތިބީ މާލޭގަ މާލޭގަ އުޅޭ މީހަކަށްވިއްޔާ އެމްޑީޕީ ލިސްޓުން ފްލެޓް ދީފި، ދެން ރަށުގަ ތިބީ މުއައްސަސާތަކުގެ މުވައްޒަފުންނާ މުސްކުޅިންކޮޅު
ޒަރާނާ
27 September 2025
އަހަރެމެން ރައްޓެހި ތިމަރަފުށީ ގިނަ މީހުން އުޅެނީ މާލޭގައި
އަބްޑޫޅް +
27 September 2025
ހޫމް. އަހުރެން ބޭނުން، ތިމަރަފުށްޓަށް ބަދަލުވާން. މިހާރު ތިޔަ ރަށު، އިބުރަމަނިކުބޭގޭ މޫސާމަނިކު ކޮބައިތަ؟