ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މީހާ
31 ޖުލައި 2025 - 23:44
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މީހާ ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި ސީދާ ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ ކަމަށެވެ.
އުމުރުން 25 އަހަރުގެ އެ ޒުވާނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ރައީސް މުއިއްޒަށް މަސީހް މަރުގެ އިންޒާރު ދިނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.
އޮންލައިން މީޑިއާއެއްގައި ލިޔުނު އެ ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ރައްދުގައި މަސީހް ބުނީ އެންމެ ފުރަތަމަ މަރާލަން ޖެހެނީ ރައީސް މުއިއްޒު ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު އެކަން ތަހުގީގު ކުރަން ފެށި އެވެ.
ރައީސް ރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާތީ، ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
01 August 2025
ދިވެހިންގެ ބައެއްމީހުން މިފަދަ ކަންކަން ކުރަނީ ވަރަށް ސިމްޕަލް ކަމެއްކަމަށްދެކި ގަޓްކަން ދައްކަން. ހިތުހުރި ގޮތަކަށް އުޅޭކަށް އެއްވެސްތާކު ހުއްދަތޯ؟
ަފެހިސިގްނަލްލިބިއްޖެ
01 August 2025
މިގައުމުގަ ރިހާކުރު ފުޅިއެއް ނުވަތަ ފައިވާނެއް ވަގައް ނަގާމީހާގެ ފޮޓޯ ޖަހާ ވަގުތުން ވަގުތަށް އެމީހަކު ހައްޔަރުކޮށް ވާނުވާޖަހާފަ ބައިންދާ، އެކަމް ގައުމުދޮވެލާފަ ރައްޔިތުންގެ ހަައްގުތަކަށް އަރައިގައްނަ ބޮޑުންގެ މައްސަލަ ނުބެލޭ، އެމީހުން އެތިބީ ފިނިކޮޓަރީގަ، ގާނޫނު ހިނގަނީ ނިކަމެތި ފަގީރުންގެ މައްޗައް.
އަބްޑޫޅް +
01 August 2025
ޙިއް ހިއް ހިއް.
މުލޭ
01 August 2025
އަމިއްލަ ޕާޓީ ތެރެއިންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންނާއި ގޭންގުތަކާއި މިއަށް ދެވިހިފާފައި ތިބޭ މީހުންގެ ފަރާތުން މިކަމުގައި ގޮންޖެހުންތަކާއި ޕްރެޝަރު އަންނާނެ. މިކަމުގައި ދެވަނަ ވިސްނުމަކަށް ނުގޮސް އަރިއަރިމައްޗަށް ނުޖެހި ސީދާ ތެދަށް ހުންނެވުމަށް ރައީސްއަށް ގޮވާލަން. މިކަމުގައި އަހަރެމެން މިތިބީ ރައީސްއާއެކު. އަހަރެމެންގެ ހިފެހެއްޓުމެއްނެތް ތާއީދު މަނިކުފާނަށް އޮންނާނެ. ހަމަ މިސްރާބަށް ގައުމު ގެންދިއުމުގައި ފުރަތަމަ ކުރަންޖެހެނީ މިކަން.
ކަނބުރުބެ
01 August 2025
ދޮން ކަލޯ އެހެން ބުރުވާ އަޅިއަށް ސަމާލުކަން ދިނުމަކީ އަމިއްލަ އަށް މަޅި އެއް ޖެހުން ކަހަލަ މޮޔަ ކަމެއް
ދޮންމަނިކު ލާމު
01 August 2025
މި ރައީސަކީ ރައްޔިތުންގެ ވިންދު ވަރަށް ރަނގަޅަށް އެނގިލައްވާ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެކެވެ. ރައްޔިތުން ބޭނުންވާ ކޮންމެކަމެއްގެ އަޑު އައްސަވައި އެކަމާއިގުޅޭގޮތުން މޮޅު ވާހަކަ އަބަދުވެސް ދައްކަވައި އުންމީދު ދެއްވައެވެ. ފެންނެތް ބޮޑެތި ކަރާތައް ފަޅުއްވައެވެ. ވަގުތާއި ޙާލަތުގެ ބޭނުން އަބަދުވެސް ތިމާއަށް ފަހިވާގޮތަށް ހިފުމުގައި ދެވަނައެއްނެތެވެ. ޖީބަށް ބަރުވާނަމަ ޚަރަދަކަށް އަމުދުން ބެލުމެއްނެތެވެ. ސުކުރިއްޔާ ރައީސް
ދަފްލާ
01 August 2025
ރަގަޅު... ޑރ. މުއީޒަށް ތާއީދެއް ނުކުރިޔަސް މިކަހަލަ ކަންތައް ކުރާ މީހުންނަށް އަދަބު ދޭންޖެހޭ....
ވެންގަބޯ
01 August 2025
ވަރަށް ސާފުކޮށް މިބުނަނީ ދިވެހިރާއްޖެ މަސްތުވާތަކެތިގެ ވަބާއިން ސަލާމަތް ވާނީ އެތެރެކުރާ މީހާއާއި ވިއްކާ މީހާއަށް މަރުގެ އަދަބު ތަންފީޒްކުރަން ފެށުމުންނެވެ އަހަރެން މިކަމަށް ވަރަށްބޮޑަށް ތާއީދު ކުރަން މިނޫން ގޮތަކަށް މިކަމެއް ހައްލެއް ނުވާނެއެވެ މިގައުމުގެ ޒުވާނުންގެހަލާކަކީ މަސްތުވާތަކެތިގެ ވަބާގާއިޖެހިގެން މިޒުވާންޖީލް ނެތިމިދަނީ ރައީސްސައް ސެލިއުޓް ކުރަން އަހަރެން ރައްޔިތުންގެ ސިއްހަތަށްބައްލަވާ ވެރިއަކު ލިބުނީތީ އުފާކުރަން ސުކުރިއްޔާ ރައީސް
ޓައި
01 August 2025
ތިބުނާ ގާނޫނެއް މިތާނގަ ހިގާނީ ވެރިންބޭނުންވާ ބައެއްގެ މައްޗަށް އެކަނި...
އިބްރާހިމް ޝާފިޢު
03 August 2025
އިލްމީ ދިރާސާތައް ދައްކާ ގޮތުން ހަރުކަށި އަދަބުތައް ތަންފީޒުކުރާ އެއްވެސް ގައުމެއްގައި ވަކި ޑްރަގުގެ ވިޔަފާރިއާއި އަދި ޑްރަގު ބޭނުން ކުރުމުގެ ނިސްބަތަކަށް ތަފާތު އެދެވޭ ބަދަލެއް އައިސްފައިވާ ކަމަކަށް ނުދައްކާ! ހައްލު މިއަންނަނީ ޑްރަގާ ގުޅުންހުންނަ އެހެނިހެން އިޖްތިމާއީ ކަންކަމަށް ސަމާލުކަންދީގެން ކަމަށް ދައްކަނީ..
ޢާދަނުބެ
01 August 2025
މަސްތުވެ އެ ވިއްކާމީހުން ވަރަށްހާޑު ވާނެ ރައީސް ވިދާޅުވި ބަސްފުޅުން ސާބަސް ރައީސް މިފަދަ އިންޒާރުތަކަށް ބެލުމެތްނެތި މި ގައުމުން މަސްތުވާތަކެތީގެ ވަބާ ފުހެލާ މުޅި ޖީލުހަލާކުވެ މިދަނީ މިކަމަކާހުރެ މި ގައުމުގަ އެތްވެސް އަމާންކަމެތްނެތް ދުވަހެތް ދުވަހަކަށް މި ވަބާގިނަވެ ޒުވާން ޖީލު ހަލާކުވެ މިދަނީ
ނަންނުގަތި12222
01 August 2025
ހާދަ އަވަހޭދޯ….ވަގަށް ސިގިރެޓް އެތެރެ ކުރި ގްރޫޕްގެ އެކަކުވުސް މިހާ ދުވަސްވީ އިރުވެސް ހައްޔަރު ކުރިތަނެއް ނުފެނޭ. މާފުލުހާ ގުޅުންހުރި ކަންކަން ކިހިނެއްތޯ ބަލާނީ ދޯ .