ޝުއައިބު އަލީ
10 އޮކްޓޯބަރ 2025 - 16:12
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑި ޖަހަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން ޝުއައިބް އަލީ އަށް ފިޔަވަޅު ނާޅާއި ތަފާތު ކުރާ މައްސަލަ ހޫނުވެ، ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް އޭނާ އެންމެ ފަހުން ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ޝުއައިބަށް ފިޔަވަޅު ނާޅާ މައްސަލަ ހޫނުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓުމާ ގުޅިގެންނެވެ.
ޒާޔާގެ ފޯނު ހިފެހެއްޓީ ފުލުހުން ޓެގްކޮށް، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
ޝުއައިބުގެ ފޭސްބުކް ޕޯސްޓުގެ މައްސަލަ ހޫނުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމަށް އިޝާރާތްކޮށް "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ ތަޅައި ތިރިކޮށް" އަދި "ބަޑި ވެސް ޖަހަންވީ" ކަމަށް ބުނުމުންނެވެ.
އެ ދެ މައްސަލާގައި ފުލުހުން ތަފާތުކޮށް އަމަލު ކުރުމުން ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް ފުލުހުން މިއަދު މީޑިއާގައި ބުނީ، ޝުއައިބުގެ ޕޯސްޓާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ޝުއައިބު ވެސް ރޭ އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުން ފުލުހުން ވަނީ އޭނާ އަށް ގުޅައިފަ އެވެ. އަދި ގަލޮޅު ޕޮލިސް އަށް ހާޒިރުވާން އެންގި ކަމަށް ޝުއައިބު ބުންޏެވެ.
"އަޅުގަނޑު ރާއްޖެތެރޭގައި އުޅޭތީ، ބަޔާން ނެގުމަށް އެހެން ގޮތެއް ހަމަޖައްސަމުންދާ ކަމަށް ޚަބަރު ލިބެ އެވެ،" އޭނާ ބުންޏެވެ.
ދިފާއުގައި ޝުއައިބު ބުނީ، މައްސަލާގައި ކުރިއަށް ދާން ތައްޔާރުވަމުން އަންނަ ކަމަށާއި ފޭސްބުކްގައި އޭނާ ލިޔުނު ޕޯސްޓުތަކުގެ އަސްލު އޮޅުވާލައިގެން ނުވަތަ ބަދަލުކޮށްގެން ފެތުރި ގޮތް ވަރަށް ތަފުސީލްކޮށް އެނގޭ ގޮތަށް ހުރިހާ މައުލޫމާތުތައް އެއްކޮށްގެން ޖަވާބުދާރީވާން ތައްޔާރު ވެފައިވާ ކަމަށެވެ.
"ގާނޫނުގެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ އެވެ. އެއީ އަޅުގަނޑު ކަމުގައި ވިޔަސް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު ވެސް އަޅަން ޖެހޭނެ އެވެ. މިހާރު މި ހުރީ ފުލުހުން ގުޅަންދެން އިންތިޒާރުގަ އެވެ،" ޝުއައިބު ރޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
11 October 2025
ފުލުހުންގެ ޕްރޮފެސަނަލިޒަމެެއް ނެތް. މިއީ އަމާބުނީތީ ކުރާކަމެއް. ނޫސްތަކުގެ ސުރުޚީއަށް އަރައި އާންމު ހޭރި ކަރުން ހަންގޮސް ލިޔާ މީހުންގެ ގަލަމުން ދެލި ހުސްވާ ހިސާބަށް ދިޔަައީ ކަނޑުގަ ކުރަހާލާހެން ކުރާ ކަމެއް.
ީއައިވީ ހައްގު އިއްބެ
11 October 2025
މި ސުއަބު ކަހަލަ ކިތައް ދިވެހިން އެބައުޅޭބާ މިރާއްޖޭގަ ކޮންމެވެސް އައިސާ ޔެއްވެސް ހުޅުމާލޭގަ ގޮވި ކަރުބުރިކޮއްލާނަމޭވެސް އެޅުނު ފިޔަވަޅެއްނެއް. އެހުރީ މިިވަންކޮއް ދެންމީނަ ހިޔެއްނުވޭ އެއްކަމެއްވާނެހެންވެސް ތަންފީޒީ އިދާރާތައް މިފެންނަނީ އިމާރާއްހުއްތާ ނިންމުންތައް ނިންމާތަނެއް ނުފެނެ އަދި ފަރުދީޒިންމާޔެއް ރައްޔިތުން ގެ ކިބަޔަކު އެއްވެސްކަމެއްގަ ވާކަމަކައްނުފެނެ . އެހެންވީމަ މިކަންކަން މި އާންމުވެ ކުރިޔައްމިދަނީ .
އައިސަން
11 October 2025
ފެންޓޮނީ މައްސަލައިގަވެސް މީހުން ބަވާވަރުން ނުކުޅަދާނަ ވީމަ ކަމަކާ އުޅެންފެށީ. ރިލްވާނު މައްސަލައިގަވެސް މަރާލީމަ އުޅެންފެށީ.
ދޯދި
11 October 2025
ދެރަކަމަކީ، ސަރުކާރަށް ތާއީދުކުރާ މީހަކު، ގާނޫނުގައި ކަނޑައެޅިފައި އޮތް އެންމެ ބޮޑުކުށް ކުރުމަށް ގޮވާލުމުން، އެކަމަށް އަޅާނުލާ، މުޒާހަރާ ކުރިމީހުން، 15 ދުވަހަށް، ޔުނުގެ މައްސަލައިގެ ކުދިން ދޫކޮށްލާފައި، މިނިސްޓަރުގެ ދަރިން ވޭޕުއެތެރެކުރުމުން އަޅާނުލާފައި މިއީ ދިވެހި ސަރުކާރުން ކަންކުރާނެ ކަމަށް ގަބުލުކުރަން ވެސް ދަތި ކަންކަން.
އަބްޑޫޅް +
11 October 2025
ޙޫމް. ސުވައިބު ދޯވ؟
އުއްތަމަ އުސްތާޛް
11 October 2025
ހަމައެކަނި ނަމެއްގައި.
ދޮހޮއްތުބެ
10 October 2025
އޭނާބުނީ ރަނގަޅައް ގޯހެއްނެތް . ގާނޫނާ ގަވާއިދާ ހިލާފު ވަންޏާ އެންމެ ހަރުކަށިފިޔަވަޅު އަޅާން ޖެހޭ …
ޢަރުތަ
11 October 2025
އޭނާ ބުނީ ރަނގަޅަށްނަމަ، "ހަރުކަށި ފިޔަވަޅު އަޅަންޖެހޭ" ނުބުނެ ޝުއައިބު ބުނި ގޮތަށް ނުބުނީ ކީއްވެ، ހާދަ ފިނޑިއޭދޯ.
ޖަމަލު އާދަނު
11 October 2025
ޤާނޫނާއި ޤަވާއިދާ ހިލާފްވީމާ ބޯކަނޑާލާކަށް ނޫން އޮންނަނީކީ
ޖަމޯ
16 October 2025
ގާނޫނާ ހިލާފު ވީމަ ބަޑި ޖަހަން ތަ އޮންނަނީ؟ އަދި ކިރިޔާ މި އެނގުނީ
ޢަރުތަ
10 October 2025
ޝުއައިބުގެ ފޯނު އަތުލާކަށް ނުކެރުނު އުތަ، ހާދަ ހަންބޮލޭ. މިކަންތައް ވަރަށް ގާތުން ބަލަން މިތިބީ.
އިހްސާސް
10 October 2025
މީނާ ހައްޔަރުވެސް ކުރަންޖެހޭ. ޓެރަރިޒަމްގެ އަމަލެއް
ނުނން
10 October 2025
ހަމަ ދެބޯގެރި ދުއްވުންނޫކަމެއް ނުކުރާނެ...،
ނަންކުރި
11 October 2025
މީގެ މާނައަކީ ކޮބާ؟