ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ދިގުރަށަށް ވަދައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
06 އޮކްޓޯބަރ 2025 - 13:52
ރަށްރަށުގައި މަސައްކަތް ކުރުމަށް ގެންނަ މުވައްޒަފުން ބައިތިއްބުމަށް އެކޮމޮޑޭޝަން ބްލޮކްތައް އެޅުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިގުރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުތަކަކީ ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުލެއް ފުއްދެވުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.
އެ ދަތުރުފުޅުތަކުގެ ތެރެއިން އެކިއެކި މަޝްރޫއުތައް ފެށުމާއި ނިންމުނުގެ ރަސްމިއްޔާތުތައް ބާއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ވެސް ރައްޔިތުން ބޭނުންވާ ކަންކަން ހިމެނުމަށް ވަނީ ނިންމައިފަ އެވެ.
އެގޮތުން ރައީސް މުއިއްޒު ފާހަގަ ކުރެއްވީ ބައެއް ރަށްރަށަށް ގެންދާ ޓީޗަރުންނާއި ސިއްހީ ދާއިރާގެ މީހުން ބޭތިއްބުމަށް ތަންތަން ނުހުންނަ މައްސަލަ އެވެ. އެކަމަށް ހައްލު ގެނައުމަށް އަންނަ އަހަރު ބަޖެޓުގައި ރަށްރަށުގައި އެކޮމޮޑޭޝަން އެޅުން ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ ބަޖެޓުން ސްކޫލާއި ސިއްހީ މަރުކަޒު ނުވަތަ އެހެނިހެން އިދާރާއަކަށް، ރަށުން ބޭރުން ހިދުމަތް ކުރަން ގެންނަން ޖެހޭ މީހުން ބައިތިއްބާނެ ތަންތަން. މިއީ ސްކޫލަށް ވެސް އަދި އެހެނިހެން މުއައްސަސާތަކަށް ވެސް ބޭނުންވާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މި މަޝްރޫއު އަންނަ އަހަރު ބަޖެޓު ހަދާއިރު ނިއު ޕޮލިސީ އިނީޝިއޭޓްގެ ތެރޭގައި ހިމަނައި ދޭނެ ކަމުގައި ދަންނަވަން."
ރާއްޖެ އިން ބޭރުން ނުވަތަ އެހެން ރަށަކުން ޓީޗަރެއް ނޫނީ ނަރުހެއް، ޑޮކްޓަރެއް ގެނައި ނަމަވެސް މިހާރު ބައިތިއްބަނީ އެ މިނިސްޓްރީއެއްގެ ބަޖެޓުން ވަކި އަދަދެއް ދީގެން އާންމުންގެ ގޭގޭގައި ކުއްޔަށެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝެލަރީ
07 October 2025
ސްޓާރ ބިލްޑިންގްއާ މިހެންގޮސް އެބަހުރި ސަރުކާރަށް ބަލަދުއަރާ ތަންތަން، މަށައްމިހާރު އެބަހީވެ އެތަން ތަނުންހެން ސަރުކަރަށް ކުލިފޮނުވަނީ، މާތާހިރުވާނެ މިވާހަކަދެއްކިއްޔާ،
ދެރަސޮރު
07 October 2025
ސާބަހޭ މަނިކުފާނު 187 ރަށުގަ އަންނަ އަހަރު އެކޮމެޑޭޝަން އަޅައިދިމުމާއި އަސާސީ ބޯހިުާ ވަހިކަން 65ހާސް މީހުންނަށް ހަމަަޖައްސަވަިދެއްވުން އުފާވެރި ޚަބަރރެއް
ނާޑުވާ
07 October 2025
ކޮން އުފާވެރި ޚަބަރެއް. ރަށަށް ލިބެން އޮތް އާމްދަނީ ސަރުކާރަށް ކަހާލަނީ. އާންމު މީހާގެ ކޮޓަރިގަނޑުން ލިބެން އޮތް ކުލި ލިބޭގޮތް ނުވީ. އެކަމަކުވެސް ހަމަ ރަށުމީހާ އަތް ޖަހަނީ.
މުޑަހަންޖާ
06 October 2025
އަހަރެމެން ހިނގާފަދާއިރު މަގުމަތީ ފަތްކޮޅެއް އޮތަސް ފިޔަވަޅު އެޅުމުގެ ކުރިން މިހާރު ހިއްލާފަ އެބަބަލަން ކ.މާލޭ ސަރުކާރު އޭގެދަށުގަ އެބައޮތްތޯ. ސަރުކާރު މައްޗަށް ފައިން އެރޭކަށް އަހަރެމެން ބޭނުމެއް ނޫން.
ކަބަޑު
06 October 2025
ރައްޔިތުންނަށް ފުލެޓުގަނޑެއް ނޭޅި އުޅެނިކޮށް މިހާރު އެދައްކަނީ 200 ރަށުގަ ބީރައްޓެހިންނަށް ބޯހިޔާވަހިކަމުގެ ވާހަކަ.
ދަގަތްފާނު
06 October 2025
ރަށްރަށުގަ ހޮޓާތަކާ ކަންމަތީ ފިހާރަތަކާއި ބޯކޮށާ ތަންތަނަށްވެސް ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް އެބަވަދޭ، ކަލޭމެން ރަށްރަށުގަ އެކަހަލަ ވިޔަފާރި ހިންގައިފިއްޔާވެސް ކ.މާލެއަށް ރަނގަޅު ފައިސާކޮޅެއް ދަމައިގަނެވޭނެ.
އިންސާފް
06 October 2025
މިހާރުވެސް ދިވެހިންނަށް ވުރެ ގިނައިން ބޭރު މީހުންނަށް މުސާރަ ދޭ! ފާޑު ފާޑު އެލަވެންސްގެ ނަމުގައި. މިއީ ދިވެހީންނަށް ކުރާ މަލާމާތެއް. ބޭރުމީހުންނަށް ފުޑް އެލޮވެންސް ދޭ އިރު ދިވެހި މީހާއަށް ނުލިބެންވީ ކީއްވެ؟ ދިވެހިން ތިބެނީ ނުކައިވީމަތަ؟؟
ހިތާމަވެރި
06 October 2025
މާލޭގެ ތަންތަނަށް ކުލިލިބޭގޮތަށް ހަމަޖައްސާފަ މާލޭގައި އެފަދަ ތަންތަން ނައަޅާ . ރާއްޖެތެރޭމީހާ ކޮޓަރި ކުއްޔަށް ދީގެން ލިބޭ 1000 ރުފިޔާވެސް ރައްޔިތުމީހާއަށް ލިބުން ނޭދެނީ ތޯއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
އަޖުމަލު
06 October 2025
ރެސިޑެންސް އެކަމަޑޭޝަން އެއީ ވަރަށް މުހިންމު ކަމެއް، ދުނިޔޭގެ އެހެން ގައުމުތަކުވެސް ވަޒީވާތަކަށް އިއުލާން ކުރާއިރު ހުރޭ ރެސިޑެންސް އެކަމަޑޭޝަންއާއެކީ ހުންނަ ވަޒީފާތަށް.
1828
06 October 2025
މާލޭގައި ހުންނާކަށް ނުޖެހޭ. ހަމައެކަނި ރާއްޖެތެރޭގައި އެފަދަ ބޯހިޔާވަހިކަން ޤާއިމްކުރަން ޖެހެނީ؟
2028 ނޯ ނޯ
06 October 2025
މިހާރު ދެން ރަށްރަށުގެ އާއްމު ރައްޔިތުންނަށް އެކަމުން ރުފިޔާއެއް ލިބޭތީ އެކަން ވެސް ހަރާބުކުރަންވީ ދޯ. ދެރަވަރު ކަންކަން
ތާއީދު
06 October 2025
2028 ނޯނޯ އެނގިގެން ކޮމެންޓް ކޮށްބަލަ! ހަމަގައިމުވެސް އަހަރެމެން ރަށަކުން ނުލިބެ. ޓީޗަރުންގެ ގޮތުގައި ދިވެހިންވެސް ނުލިބެ. ގެންނަ ބިދޭސީ ޓީޗަރު ބަހައްޓާނެ ތަނެއްވެސް ނުލިބެ. ޓީޗަރަކު ލިބޭނެ ގޮތެއް ނެތް. ދެން ހުރިގާ ގެއްލުމެެއް ދަރިންނަށް. ރައީސްގެ މި ނިންމުމަށް ވަރަށް ތާއީދު
އަހައިބު
06 October 2025
މިހާރު ލާރި ލިބެނީ ރަށުގެ ރައްޔިތުންނަށް ކުލިން. ދެން ލިބޭނީ ސަރުކާރަށް. ކާކަަށް ފައިދާ ވީ؟