ހަތް ދުވަސް ތެރޭގައި 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ލިބެންޖެހޭ.
ބަންޑާރަ ނައިބު އަހްމަދު އުޝާމް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
08 އޮކްޓޯބަރ 2025 - 12:09
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު "މިހާރު"އަށް ވިދާޅުވީ ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ)، އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި އެ އަމުރަށް ތަބާނުވެއްޖެ ނަމަ ދެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
"އަމުރާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ ދެން ކުރަންޖެހޭ ކަންކަން ވެސް އަޅުގަނޑުމެން ކުރާނަން. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަަސައްކަތް ކުރާނަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2020 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އެ މައްސަލަ ދުބާއީގެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހެޅީ އާބިޓްރޭޝަނުން އަމުރު ކުރުމުން ވެސް ފައިސާ ނުދެއްކުމުންނެވެ.
ރާއްޖެ އިން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލާގައި އާބިޓްރޭޝަނުން ކުރިން އަންގާފައިވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭންޖެހޭނެ ކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް އަދިވެސް ފައިސާ ނުދައްކާތީ ދެވަނަ ފަހަރަށް އަމުރު ނެރުނީ ޖޫރިމަނާ ހިމަނައިގެންނެވެ. އެހެންވެ، ދިވެހި ސަރުކާރަށް ލިބެންޖެހޭ ފައިސާގެ އަދަދު 37 މިލިއަން ރުފިޔާ އަރައެވެ.
މި ސަރުކާރުގެ ބަންޑާރަ ނައިބު އުޝާމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އާބިޓްރޭޝަން ކުރިއަށް ދިޔައިރު ވެސް އެ ކުންފުނި ވީ ތަން ނޭނގެ އެވެ. އަދި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައި ނުވެ އެވެ. އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅީ އެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ނުފޮނުވަ އެވެ.
ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެއަށް ފޮނުވި ނަމަވެސް، އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑޫބީ
09 October 2025
ރާއްޖޭގަ ވިއްޔާ ސަރުކާރުން މިލިޔަނުން ދޭން ޖެހޭނީ. އަދި ކިރިޔާ ސަރުކާރަށް އެއްޗެއް ލިބޭ ގޮތަށް މައްސަލަ އެއް މި ނިމުނީ.
ގުއިއްޒު
09 October 2025
ހުރިހާ ރަށެއްގެ ފުއްޓަފުން ނެރުކެނޑުމުގެ ޕްރޮޖެކްޓެއް ރެކޯޑު އަދަދެއްގެ ކޮންޓްރެކްޓަކާއެކު އާރުސީސީ އަށް އަވަހަށް ހަވާލުކޮށް ނިންމުމަކީ ސަރުކާރުގެ ތަރައްޤީގެ ޕްލޭނުގައި މުހިންމު ކަމަކަށްވާނެ.
ވާނުވާ.
09 October 2025
ލޫޓު ވައިފި ޔެކޭ ނޫން ކަލޭމެން ގޮވަން ވީ...އިރާލައިފި!
ނާޑުވާ
09 October 2025
މިދިޔަ ސަރުކާރުގަ ދައުވާކޮށް ހުކުންވެސް އިއްވާފަ އޮތް މައްސަލައެއް. އިސްތިއުނާފެއް މި ނިމުނީ.
ދިއްދާ
08 October 2025
ފެނޭތަ ދިވެހިރާއްޖެ! ދުބާއީގެ ކޯޓުން އެއްއަހަރު ތެރޭ އެ ނިންމާލީ އެމައްސަލަ. ރާއްޖޭގައި 10 އަހަރު ނަގާނެ މައްސަލަ ކޯޓެއްގައި ރަޖިސްޓްރީކުރަންވެސް.
ނާޒިރާ
08 October 2025
ތިކަމުގެ އަޑީގައި ނާޑު ކިޔާ ކުންފުންޏެއްވެސް ވޭ. އެމީހުން ތި ޑީލް ހެދީ އެމްޑީޕީގެ ބޮޑުންނާ ގުޅިގެން
އަލީ ބުނީ
08 October 2025
ވެންޓިލޭޓަރުގެ އަސްލު އަގައްވުރެ އެތައް މިލިއަނެއް ބޮޑުކޮއް ހަދާ ލާރިގަނޑު ބަހާކައި ނިމިފަ އޮތް ކަމެއް ކަމައް ކިޔާތީ އަޑުއިވޭ.
ޙަސަނުބާ
08 October 2025
ސޯލިހު ވައްކަމެއް ނުކުރާނެކަން ސާފުވެއްޖެ.
މައްކާރު
08 October 2025
ވައްކަންކުރަން އުޅެން ހަދައިގެން ދިމާވި ކަމެއް. ވަގުގައި ވަގު ހިފީ. ނުލިބުނީ އެއް ނޫން. ނުހޯދަން ތިބީ ވަގުގައި ވަގު ހިފާފައި އޮތީމާ. އޭރުވެސް ތިޔަ ކޯޓުތައް ތި ގައުމުގައި ހުންނާނެ. ހުށަހަޅައިގެން ހޯދަން އުޅުނު ނަމަ ލިބޭނެ.
އަފްރާސިޔާބު
08 October 2025
އެ މައްސަލަ ދިމާވި ހިސާބުންފެށިގެންވެސް ސަރުކާރުން މަސައްކަތްކުރަމުން ގެންދިޔައީ. ރާއްޖޭގެ އާބިޓްރޭޝަނަށް ހުށަހަޅައިގެން އެމައްސަލަ ނިންމިޔަސް ފައިސާ ނުދިނީމާ ދެން ހުށަހަޅަންކެހޭނީ ޑުބާއީ ކޯޓަކަށްވާތީ އެ މައްސަލަ ޑުބާއީ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެޓާނީ ޖެނެރަލް އޮފީހުން ކުރަމުން ގެންދިޔައީ. ފަހަރުގައި 2024 ވަނަ އަހަރު ހުށަހެޅީކަމަށް ވެދާނެ. ސްކޭމަކަށްވިޔަސް ވަގަށްވިޔަސް ފައިސާހޯދުމުގެ މަސައްކަތްކުރެވުނު
އޮޅުވ
08 October 2025
ފުރަތަމަ ވީނުވީއެއް ބަލާބަލަ.
ގުލިސްތާނު
08 October 2025
ފުރަތަމަ އާބިޓްރޭޝަނަށް ހުށަހެޅީ ކުރީސަރުކާރުން.
ކަނީން
09 October 2025
ބަލަ އަދި 7 އަހަރު ނުވޭ. ވެންޓިލޭޓަރު ވައްކަމޭ ކިޔޭކަށް ނެތް. ރާއްޖޭގަ މިއުޅެނީ 2013 ގެ އެމްއެމްޕީއާރުސީ މައްސަލަ ނުނިމިގެން.
މަބުނީ
08 October 2025
ކަރުދާސްކުންފުނިތަކަށް މިލިއަނުން ލާރިދެނީ ވައްކަންކުރަން ނޫން ކިންކަމަކު. ނޭވާނުލެވުނަސް މިލިއަނުން ފައިދާވިބަޔަކު އުޅޭނެ.