ހިޔާލު ހޯދުމުގެ މި ވޯޓުގައި ބައިވެރިވެވޭނީ ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި. ރަޖިސްޓްރީވި އަދަދަށް ބަލާއިރު 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު: އައްޑޫ ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓަށް މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 އޮކްޓޯބަރ 2025 - 10:58
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓަށް މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ޒާހިދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.
ޒާހިދު ވިދާޅުވި ގޮތުގައި އެ ވޯޓުގައި ހުޅުދު އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރާނެ އެވެ. އެއީ؛
1- އައްޑު އަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟
2- އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭ ހެއްޔެވެ؟
މިފަހުން ހެދި ރިފަރެންޑަމް ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ޒާހިދު ވިދާޅުވި ގޮތުގައި މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އަދި ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ އެވެ.
ޒާހިދު ވިދާޅުވީ ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން އިންތިހާބުތަކުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސައިދިނަސް މި އިންތިހާބުގައި އެ އިންތިޒާމު ހަމަނުޖައްސާނެ ކަމަށެެވެ. ރީރަޖިސްޓްރީކުރަން ފުރުސަތު ދިނަސް އެ ފުރުސަތު އޮންނާނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެެރެއިން ރަށެއްގައި ރަޖިސްޓްރީވުމަށް ކަމަށް ޒާހިދު ވިދާޅުވި އެވެ.
- ހުޅުދޫގައި 3 ފޮށި.
- މީދޫގައި 3 ފޮށި.
- ފޭދޫގައި 5 ފޮށި.
- މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި.
- މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި.
- މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި.
ޒާހިދު ވިދާޅުވީ މާލޭގައި ތިން ރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާ ފޮށި ވެސް ހުންނާނީ އެއް މަރުކަޒެއްގައި ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި ހަތް ފޮށި ބޮޑު ޖާގަ އޮތް އެއް ތަނެއްގައި ބަހައްޓަން. އެހެން ނަމަވެސް އެ ހަތް ފޮށި ވަކިވަކިން ބެހެއްޓޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމު ކުރާނަން."
މިހާތަނަށް ރަޖިސްޓްރީވެފައިވާ މީހުންނަށް ބަލާއިރު 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 އިން 12 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި އިންތިހާބުގައި ވެސް އޮބްޒާވަރުންނާއި މޮނިޓަރުން ވެސް ހަރަކާތްތެރިވެ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.
އައްޑޫގެ ވޯޓާ ގުޅޭ ގޮތުން، މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދުއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ލިބެންޖެހޭ ސަމާލުކަން ވެސް ވަކިން އޮތުމުން އެ ރަށަށް ނުލިބޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
09 October 2025
ކުދިކުދި 187 ރަށުގައި މީހުންދިރިއުޅުމަކީ ބަޤުރޫޓްވުމުގެ މަގުމަތީގައިއޮތް ދިވެހިރާއްޖެއަށް އުފެލޭވަރަށްވުރެން ބޮޑު މާލީބުރައަކަށް ވިޔަސް ރާއްޖޭގެ އެންމެ ބިން ބޮޑު އަދި އާބާދީގެގޮތުން ކ.މާލެނަގާފައި އެންމެ މީހުންގިނަ އައްޑޫސިޓީ ކޮށާ ކުދިކުދިކޮށްލުމަށް މާލޭސަރުކާރުން މިހާބޮޑަށް ބޭނުންވެގެންމިއުޅެނީ އައްޑުއަކީ ސިޔާސީ އަދި އިޤްތިސޯދީ ބާރެއްގެގޮތުގައި ކ.މާލެއަށާއި އެރަށުމީހުނަށް އޮތް ނުރަކަލެއްކަމަށް ޤަބޫލުކުރެވިގެންތޯ؟! ނޫންނަމަ މިކަމުގެ ބޭނުމަކީކޮބާ؟
އޮނަރަބްލް އަފީފު ދީދީ
09 October 2025
ލާމަރުކަޒީ ޤާނޫނުގެދަށުން އިދާރީދާއިރާތަކުގައި ކަންކަންކުރާނެގޮތް ނިންމަން ބާއްވާ ވޯޓެއްގެ ފޮށި ވޯޓްބާއްވާ ދާއިރާއިންބޭރުގައި ބަހައްޓާކަށް ނުޖެހޭ. މިއީ ޤާނޫނަށް އިސްލާހް ގެނެސްގެންވެސް ބަދަލުކުރާންޖެހޭ ކަމެއް. އައްޑޫގެ ރައްޔިތުނަށް ޙާއްސަ ވޯޓެއްގެފޮށި ކ.އަތޮޅުމާލޭގައި ބަހައްޓާ މިއިންޒަމާނަކު އައްޑުއަށްނުދާ "އެމީހުންގެ އެއްވެސްކަމެއް އައްޑޫގައިނެތް އައްޑުއަށް ބީރައްޓެހި ކ.މާލޭގައިދިރިއުޅޭ ބަޔަކަށް" ވޯޓްދިނުމަށް ފުރުސަތުދޭކަށް ނުޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
09 October 2025
މާލޭސަރުކާރުން ނަގާން މިއުޅޭ ވޯޓަކީ "އައްޑޫގެ ވަރަށްގިނަ ރައްޔިތުން އެދިގެން، އެމީހުން ރައީސަށް ހުށަހަޅައިގެން ކަމަށް" ރައީސް ވިދާޅުވާ އިރު "އައްޑުގެ ވަރަށް ގިނަ" ރައްޔިތުން ނަކީ ކިތައްހާސް މީހުންކަން ސަރުކާރުން ބުނެދީފައި ނުވަނީ ކީއްވެގެންތޯ؟! އަދި މިކަމަށް އެދޭމީހުންގެ ލިސްޓް އާންމުނުކުރީ މިއީ އެމީހުންގެ ޒާތީ މައުލޫމާތެއް ކަމަށް ނިންމީ ޤާނޫނީ ކޮންއުސޫލަކުންތޯ؟ އަނެއް ސުވާލަކީ ރެފަރެންޑަމް ވޯޓަކަށް އެދެން ރައީސަށް ހުށަހަޅަން އޮންނަގޮތަކީ ކޮބާ؟
އޮނަރަބްލް އަފީފު ދީދީ
09 October 2025
ކުދިކުދި 187 ރަށުގައި މީހުންދިރިއުޅުމަކީ ބަޤުރޫޓްވުމުގެ މަގުމަތީގައިއޮތް ދިވެހިރާއްޖެއަށް އުފެލޭވަރަށްވުރެން ބޮޑު މާލީބުރައަކަށް ވިޔަސް ރާއްޖޭގެ އެންމެ ބިން ބޮޑު އަދި އާބާދީގެގޮތުން ކ.މާލެނަގާފައި އެންމެ މީހުންގިނަ އައްޑޫސިޓީ ކޮށާ ކުދިކުދިކޮށްލުމަށް މާލޭސަރުކާރުން މިހާބޮޑަށް ބޭނުންވެގެންމިއުޅެނީ އައްޑުއަކީ ސިޔާސީ އަދި އިޤްތިސޯދީ ބާރެއްގެގޮތުގައި ކ.މާލެއަށާއި އެރަށުމީހުނަށް އޮތް ނުރަކަލެއްކަމަށް ޤަބޫލުކުރެވިގެންތޯ؟! ނޫންނަމަ މިކަމުގެ ބޭނުމަކީކޮބާ؟
އީދު ފޯރި
09 October 2025
ހުޅުމާލޭގައި ފޮށި ބަހައްޓާ. ގިނަ ބަޔަކު އުޅޭ
ޝަޖޫ
09 October 2025
އަފީފް ދީދީ ކިތަންމެ ރުޅިއަޔަސް މުގައްދަސް ކ.މާލޭ މީހުންގެ ބާރުން މިފަހަރު މިވޯޓު މިއޮށް އަނބުރާލާ ތިގައުމު ފޮތިފޮތި ކޮށްލާނެ.
ޔާރޭ
09 October 2025
އެއް ކައުްނސިލުން ދެ ރަށް ހިންގުމަށްް އެއްބަސްވޭތޯ ރައްޔިތުން ގާތު އެހުމަކީ ދެ ރަށު ގެ ގާނޫނީ ހައިސިއްޔަތު އުވިގެން ދިއުން. މިއީ ކުރަންޖެހޭ ސުވާލެއް ނޫން 2 ވަނަ ސުވާލަކީ މީދޫ އަދި ހުޅުދުއަށް. އެންމެ ސުވާލެއް ކުރަންޖެހެނީ. އެއީ ކޮންމެ ރަށަކަށް ވަކި ކައުންސިލެއް ހަދަން ފެނޭތޯ. އެތަކެއްޒަމާންވެއްޖެ ދެރަށު ރައްޔިތުން އެއް ރަށެއްގެ ގޮތުގައި ހަދަން ދެކޮޅު ހަދަމުން އަންނަތާ. ދެ ރަށަށް ދެ ކައުންސިލް ނޫން ހައްލެއް ރައްޔިތުން ބަލައެއް ނުގަންނާނެ. ވިސްނަވާ
އައްޔާު
09 October 2025
މީދޫ އަދި ހުޅުދޫ އެއް ރަށެއްގެ ގޮތުގައި ހަދަން ދެ ރަށު ރައްޔިތުން ނޭދޭ. މިކަމާހެދި ބޮޑެތި ހަމަނުޖެހުންވަނީ މާޒީގައި ހިނގާފަ. ތާރީޚުން އެނެގެން ފެށީއްސުރެ މިއީ ދެ ރަށް އެއްފަސްގަނޑަކަށް އޮތަސް. އަދި ދެރަށުގައި އިން ވަކިކުރުމާމެދުވެސް އެތައް ހަމަނުޖެހުމެއް ހިނގާފައިވޭ. އެއް ކައުންސިލް ދެރަށަށް ހަދަން ރައްޔިތުން ގާތު އެހުމަކީ ބޮޑު ގޯހެއް. ރައިސް ގެ ގަރާރު އިސްލާހުކޮށްގެން ނަމަވެސް މިކަން ހުއްޓުވަން ދެ ރަށު ރައްޔތިންވެސް ބޭނުންވޭ.
އަބްޑޫޅް +
09 October 2025
ހުޅުމީދޫ ހަމަ ރަނގަޅު ނޫން؟
މީދޫ ތަކުރު މައުސް
09 October 2025
މީދޫ މީހުންނަކީ ޒަމާނުއްސުރެ ވަކިވަކިވެ ފިތުނަވެރި ކުރުމުގެ ފިކުރެއް ގެންގުޅޭ ބައެއް. ހުޅުދޫ އިން ރައީސް މައުމޫނު ދައުރުގައި ހުޅުދޫ މީދޫ ހުޅުމީދޫ އަށް ބަދަލުކޮށް ދެ އަވަށް އެއް ރަށަކަށް ހަދަން އުޅުނު. މިހާރު މި ބާއްވާ ރެފްރަންޑަމްގެ ފަހަތުގައިވެސް ގިނައިން ތިބީ މީދޫމީހުން.
އަސްލޭެ
09 October 2025
އަބްޑޫލް މެން އަދި ޅަ ވީމަ ނޭނގެނީ. ހުޅުމީދޫ އެއް ނޯންނާނެ. އޮންނާނީ އައްޑޫ މީދޫ އަދި އައްޑު ހުޅުދޫ. ހުޅުމީދޫ ރަނގަޅެއްވެސް ނޫން. އެއީ މި ދެރަށް އުވާލުން ކަހަލަ ކަމެއް ހުޅުމީދޫ ކިޔައި އެއްކައުންސިލަކުން ހިންގުމަކީ. މީކީ ދެ ރަށު ރައްޔިތުންވެސް ބޭނުންވާގޮތެއް ނޫން. ދެ ރަށު ރައްޔިތުން ރެފިއުޖީންނަށް ހެދުމަށްފަހު ނޫނީ ތި ކަމެއް ނުހިނގާނެ. އެހެންވީމާ އެއީ ހަމަޖެހޭ ކަމެއް ނޫން