އޭސީސީއަށް ހާޒިރުވުމަށްފަހު، އައިޝަތު އަލީގެ ވަކީލުން މިއަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 އޮކްޓޯބަރ 2025 - 13:24
ސްވިފްޓް އިންޖީނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭސީސީއަށް ހާޒިރުކުރުމަށް ފަހު ވެސް، ތުހުމަތު ސާފުކޮށްނުދެވޭ ކަމަށް، އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ތަހުގީގަށް ދެ ގަޑިއިރު ވަންދެން ސުވާލުކުރުމަށް ފަހު، އެ ތަނުން ނުކުމެވަޑައިގެން އައިޝަތު އަލީގެ ވަކީލް، އަހުމަދު މައުރޫފް ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ނުހައްގު ބަދަލެއް ކަމަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެކަމަށް ވަކި ތަފްސީލެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ އައިޝަތު އަލީ ބައިވެރިވެވަޑައިގަތީ ލަފާ ދޭ ކޮމެޓީއެއްގައި ކަމަށާއި އެއީ ގޮތް ނިންމާ ކޮމެޓީއެއް ނޫން ކަމަށެވެ. އަދި ނުހައްގު ބަދަލެއް ދިން ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން އޭސީސީން ސުވާލެއް ނުކުރާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
ކުރީ ސަރުކާރުގައި ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އޭގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އޭސީސީއަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވައިފަ އެވެ.
އޭސީސީއަށް ހާޒިރުވުމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެ ސަރަހައްދުގައި މަޑުކޮށްލައްވައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސާ ވިދާޅުވީ ސުވާލުކުރަނީ ކޮން މައްސަލައެއްގައި ކަން އިންވެސްޓިގޭޓަރުންނަށް ވެސް ސާފުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެރިން އެންގުމުން ކޮމިޝަނަށް ބޭފުޅުން ހާޒިރުކުރަނީ ކަމަށެވެ.
ސްވިފްޓަށް ބަދަލު ދިނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އޭސީސީން ކުރާ ތުހުމަތާ ގުޅިގެން ސައުދުﷲ މީގެ ކުރިން ވިދާޅުވީ އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ އަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
އެހެންވެ، މާލީ ބަދަލުގެ ނުދީ، ސްވިފްޓަށް ހަވާލުކުރީ ޕްރޮޖެކްޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"..ވަކިކުރި ހަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ ވެލިއު އަށް ފެތޭ ގޮތަށް ފަސް ޕްރޮޖެކްޓެއް ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ވެސް އަދި ޕްރޮޖެކްޓު ވެސް ދީފައި ނުވޭ،" ސައުދުﷲ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
15 October 2025
ޕާޓީ ސިސްޓަމަކީ ޤައުމުގެ ހަލާކު. އެމީހަކަށް ކެވުނު އެއްޗެއްކައިފަ ސިޔާސީ މީހަކަށް ވީމަ ނިމުނީ
ކަމިސް
15 October 2025
ދުވަހަކު ސާފެއްނުވާނެ ސާފްވާނެދުވަހެއް އަންނާނެކަން ހަނދާން އެބަހުރިބާ އެދުވަހުން ނޫނެކޭ ސާފެއްނުވެޔޭ ބުނެވޭނެބާ ؟
ގެރިި
15 October 2025
ބަޔަކު ހިސާބަށް ވުރެ ގަމާރުވީމާ ވިސްނޭ ގޮތަކަށް އެއްޗެއް ބުނެއެއް ނުދެވޭނެ. އަދި ހިސާބަށްވުރެ ޖަދަލުކުރުން ބޮޑު ބަޔަކަށް ވިސްނުނަސް ވިސްނޭ ކަމަކަށް ނުހަދާނެ. މޫސާގެފާނުގެ ގައުމުގެ މީހުން ގެރިކަތިލި ހާދިސާއިން މިކަން އެނގޭ
ސުވާލު ސުވާލު ސުވާލު
15 October 2025
ފަސްޓް ލޭޑީ ތިތަނަށް ދިއުމުން ބައިވަރު ސުވާލު އުފެދޭ!!! ހާދަ ކޮރަޕްޓް ރައީސަކު ހިންގެވި ސަރުކާރެކޭ!!!!
ޕަކަޗޭ
15 October 2025
މިސްޓޭޖްގަ ސާފުކޮއްދޭކައްވެސް ނުޖެހޭ. ކުރިސުވާލުތަކަށް ޖަވާބެއްދޭން އެނގޭނަމަ ދީފައައިމަ ނިމުނީ.
ހަސަންރަހާ
15 October 2025
ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ސުވާލެއް ކޮށްލަންވެސް އެއްވެސް ތާކަށް ނުގެންދޭ ދޯ!
ޝަޖޫ
15 October 2025
ލަފާދޭ ކޮމިޓީގަ އެއްގަ އިނަސް ހަމަ ސުވާލު ކުރަންޖެހެޔޭ. ކޮންމެހެން ކަމެއްގަ ބެދިގެން ނޫނަަސް މައުލޫމާތު ސާފުކުރަންވެސް ޗިޓު ފޮނުވޭނެ. އެއީ ތިހާ ތިކަންތައް ބޮޑުކޮށްގެން އައިސަތު އުޅެންޖެހޭ ވަރުގެ ކަމެއް ނޫން. މެޑަމް ފަޒްނާވެސް ދެން ގޮސް އެތާ ކޮންކަމެއް!
56589
15 October 2025
ފައްޔާޒުމެން ފަހަތުގަ ހާދަ މީހަކު ތިއްބޭ. އައިޝަތު އަލީމެން އެކަނިވެރިކަންދޯ. ޕާޓީ ކުދިންވެސް ހާދަ ބޭއިންސާފު ސަޕޯޓެއް ތިދެނީ.