މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް: ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން ކަސްޓަމްސް އިން ވަނީ އުސޫލެއް އެކުލަވާލައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 އޮކްޓޯބަރ 2025 - 12:37
ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ވިޔަފާރިތަކާއި މީހުންގެ ނަންތައް އާއްމުކުރަން ފެށުމުގެ ގޮތުން އެކަމާ ބެހޭ އުސޫލެއް އެ އިދާރާއިން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
ކަސްޓަމްސް ގާނޫނުގެ (5) ވަނަ މާއްދާގެ ދަށުން އެކުލަވާލައި މިއަދު އާއްމުކުރި އެ އުސޫލުގައިވާ ގޮތުން ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ނަން ހާމަކުރާނީ ނުދައްކާ ހުރި ފައިސާގެ އަަދަދު 10،000.ރ އަށް ވުރެ މަތި ނަމަ އެވެ. ނަން ހާމަކުރާނީ އޭގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ގިނަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.
ފުރަތަމަ މަރުހަލާއަކީ ނުދައްކާ ހުރި ފައިސާ ދައްކަން ލިއުމުން އެންގުމެވެ. ފައިސާ ދައްކަން ލިއުމުން އެންގިދާނެ ގޮތްތައް ވެސް އެ އުސޫލުގައި އެބަ އޮތެވެ. އެއީ ސީދާ ގޮތެއްގައި ލިއުން ހަވާލުކުރުމާއި ދީފައިވާ އެޑްރެހަށް ލިއުން ފޮނުވުމާއި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިއުން ފޮނުވުމާއި އީމެލަށް ފޮނުވުން ނުވަތަ ދާއިމީ އެޑްރެހަށް ލިއުން ފޮނުވުމެވެ.
ހ. ފައިސާ ދައްކަން ޖެހޭ ފަރާތުގެ ފުރިހަމަ ނަން
ށ. ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު، އަމިއްލަ ފަރާތެއް ނަމަ ނަމާއި ދާއިމީ އެޑްރެސް
ނ. ވިޔަފާރި ރަޖިސްޓްރީ ނަންބަރު، ގާނޫނީ ޝަހުސެއް ނަމަ އެ ފަރާތުގެ ރަޖިސްޓްރީ ނަންބަރު
ރ. ނަން ހާމަކުރާއިރު އެހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދު
ބ. ފައިސާގެ ބާވަތް
ކަސްޓަމްސްގެ އުސޫލުގައިވާ ގޮތުގައި، ފައިސާ ނުދައްކައިގެން ނަން ހާމަކުރާއިރު އެ މައުލޫމާތު ޝާއިއުކުރާނީ ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ހޭންޑުލްތަކުގަ އެވެ.
އެ އުސޫލުގައިވާ ގޮތުން ނަން ހާމަކުރާނީ ފައިސާ ދައްކަން އެންގުމުން އެ ފައިސާ ނުދައްކައި އަދި ބަހާލައިގެން ދައްކަން ވެސް އެއްބަސްނުވާ ފަރާތްތަކަށް، އެއިން ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގަ އެވެ.
އެ އުސޫލުން އިސްތިސްނާވާނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި ފައިސާ ދައްކަން ޖެހިފައި ވަނިކޮށް ނިޔާވާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
17 October 2025
ދައުލަތަށް ދައްކަންޖެހޭ ފައިސާދެއްކުމަށް ފަރުވާކުޑަކުރާ އެންމެން އިއުލާނުކުރަންވީ ... ފްލެޓެއް .. ވެހިކަލްފީ. ދެންވެސް ދައްކަންޖެހޭ ނުދައްކާތާ 3 މަހެއްހާދުވަސްވީމާ އިއުލާނުކުރަންވީ ... ގާނޫނަކުން މިކަންސާފުކުރަންވީ
ދޯދޯދޯ
18 October 2025
ނުކުރާނެ
ޖޯކް
16 October 2025
ސިނގިރޭޓު ވައްކަމާ އެކު ބޮޑުން ހާވާ ހަޑި ފެންމަތިވީމަ އަވަހަށް މިސްރާބު ބަދަލްކޮށްލަން ޖަހާ ސްޓަންޓު.
އޮނަރަބްލް އަފީފު ދީދީ
16 October 2025
ތިއީ ކުރާންޖެހޭ މުހިންމު ކަމެއް. ހަމަ ތިގޮތަށް ޗައިނާ ފަދަ ޤައުމުތަކުން ރާއްޖެއަށް ލިބެންޖެހޭ ލޯނު ހޯދުމަށް ހުރަސް އެޅޭގޮތަށް ކ.މާލެއިން ފުލެޓް ލިބިފަައިވާ އެރަށު މީހުން ފުލެޓަށް މަހުން މަހަށް ދައްކާން ޖެހޭ ފައިސާ ނުދައްކާ 1،5 ބިލިޔަނެއްހާ ރުފިޔާ އެމީހުން އެޗްޑިސީ އަށް ނުދައްކާހުރި އިރު މާލޭސަރުކާރުން ނުވަތަ އެޗްޑީސީ އިން ވެސް އެފައިސާ ހޯދަން އެއްވެސް ކަމެއް ނުކުރަނީ އެމީހުނަކީ ކ.މާލޭ މީހުނަށް ވުމުންތޯ؟!
ރާވެރިބެ
16 October 2025
ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކާ އެބަހުރި އެތަށް ބިލިއަން ރުފިޔާ! ފުރަތަމަ އެދައްކަންވީ ނުން. ސަރުކަރުން ލިބެންޖެހޭ ފައިސާ ނުލިބިގެން އެތަށް ވިޔަފާރިއެއް ބަގުރޫޓުވާ ހިސާބުގަ އެހެރީ. ކަސްޓަމްސްއަށް ވިޔަސް މީރާއަށް ވިޔަސް ފައިސާ ދެއްކޭނީ ފައިސާ ލިބެން ޖެހޭ ފަރާތް ތަކުން ފައިސާ ލިބިގެން. ނަން ނޫހުގަ ޖެއްސަސް މިކަން ހައްލުނުވާނެ. ސަރުކަރު އޮތީ ބެރު ގައުމުތަކަށާ ދިވެހި ވިޔަފާރި ވެރިންނަށް ބިލިއަނުން ދަރާފަ. އެ ފައިސާ ނުދައްކާ!
މޮހޯ
18 October 2025
ދައުލަތަށް ލިބެއްވާ ފައިދާ ދައްކައިގެން ދައުލަތުން ދޭއްޖެހޭ ފައިށ ދެވޭނީ، ދައުލަތުން ބޮޑެތި ހަރަދުކޮއްގެން ތަންތައްހަދާފަ ދިނީމަ ލޯލާރިއެއްވެސް ސަރުކާރަށް ނުދައްކާ އުޅެކަމަށްވައްޏާ ތިބުނާ ފައިސާ ދެވޭނީ
ދޮންހުސޭނު
16 October 2025
އަދު ދައުލަތް މި ހިންގަނީ، އެ ދައުލަތެއްގެ ދަށުގައި ތިބި މީހުންނީ ...ތަކެއްކަމަށް ބަލައިގެންބާވައެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުންނަނީ ހޯދަން ނޫޅޭތީއެވެ. ދަރަންޏަށް ކޮށްދޭތީއެވެ. މިހާރު އެއްވެސް ކަމެއްގައި ހިމާޔަތެއް ނެތީއެވެ. އެންމެން އޮރިޔާންކުރަނީ އެވެ. އިންސާނީ ކަރާމަތެއް އޮތްކަމަށް ވެސް ނުވަނީއެވެ، ނޫސްވެރިން އަބުރާބެހިގެން ނުވެއެވެ. ދައުލަތުން އަބުރު ނޮޅާލިޔަސް އޯކޭއެވެ. ގާނޫނާ ގަވާއިދު ތަންފީޒުކުރާށެވެ.
ޑުންޑުމީގ
16 October 2025
ކަސްޓަމްސް އިން މީހުނަށް ދޭންޖެހި ނުދީ ހުރި ފައިސާވެސް ހާމަ ކުރަން ވާނެ.. މީހަކު ބަލާ ނަަޔަސް ދޭން ޖެހޭ އެއްޗެއް ހުރިއްޔާ ދޭން ވާނެ.. ޕާރމިޓްތަކުގަ އިތުރަށް ޕޭކުރީމަ ބުނާނެ ފޯމުލާށޭ.. ދެން އެކަން ކުރިއަސް އެތައް މަހެއް ވާތީ މީހުން އަޅާ ނުލާތީ، މިމީހުން ހީކުރަނީ އެއީ ސަރުކާރު ފައިސާ ކަމަށް..
ކޮމޮޑަސް
16 October 2025
ސަކަރާތް ނުޖަހާ. ލަސްނުކޮށް މިތަން މިނިވަން މުވައްސަސާއަކަށް ބަދަލުކޮށް، މީރާ ދަށަށް ލާ. އެންމެ ވެރިޔަކުވެސް ނުބަހައްޓާތި. ހުރިހާ މުވައްޒަފުންވެސް ރިޕޯޓުކުރާނީ، މީރާގެ ވެރިންނަށް.
ބިއްލޫރިޓަނަލް
16 October 2025
މާ މޮޅު ކަމެއް. ތިތަނުގެ މުވައްޒަފުންގެ ގޮތުގައި ތިބެ ދައުލަތުން ވައްކަން ކުރާ މީހުންގެ ނަންވެސް. ވިޔަފާރިވެރިންނާ ގުޅިގެން. މިފަހަރު އެފެނުނީ އޭގެ ޒައްރެއްގެ މިންވަރު.
ލޯބަމްލަ
16 October 2025
ދުވާލަކު މަދުވެގެން އެއްފަހަރު ސީނުލާ މީހުންގެ ނަން ހާމަކުރަން ފަށާނީ ކޮންދުވަހަކުންތޯ؟
ޙައްގުބަސް.
16 October 2025
ދިވެހި ވިޔަފާރިކުރާ ބޮޑެތި ވިޔަފާރި ކުރާ މީހުން ސަރުކާރު ފެލަން އުޅެނީ.