އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އާރްސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އާދަމް ރަހީމް ވަގުފް އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
26 އޮކްޓޯބަރ 2025 - 15:29
މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އާރުސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.
އެ އިމާރާތް އެޅުމަށް ނިންމާފައި ވަނީ ޒަމާނީ ވަސީލަތްތަކާ އެކު 12 ފްލޯ އަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯ ހާއްސަ ކުރާނީ ރިސެޕްޝަނަށެވެ.
އިމާރާތުގެ ދެވަނަ ފްލޯގައި ކޮންފަރެންސް ހޯލެއް އަދި ފުރަތަމަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯ އަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތައް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ނަމާދު ކުރާ ކޮޓަރި އާއި އިމާރާތުގެ ރޫފްޓޮޕް ހަދަނީ އޯޕަން ޓެރަސްއެއް ގޮތުގައި ކަމަށް ބުންޏެވެ.
އިސްލާމިކް މިނިސްތަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އާރްސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އާދަމް ރަހީމް ވަގުފް އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އޭގެ އިތުރުން އިމާރާތުގައި ލިފްޓާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެ ނުކުމެ ހެދޭނެ އިންތިޒާމު ވެސް އިމާރާތް ނިމޭއިރު ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއަށް މިއަދު އައުގާފްތަކުގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ. އެއީ ރާއްޖޭގެ އިސްލާމީ ހިދުމަތަށް މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއުއަކަށް ވާނެ ކަމަށާއި އިމާރާތުން ލިބޭ ނަފާގެ ވަކި ޕަސެންޓެއް ޒަކާތު ފަންޑަށް އަދި ވަކި ޕަސެންޓެއް އިސްލާމީ ވަގުފް ފަންޑަށް ޖަމާކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަތޮޅު/ސިޓީ ވަގުފް މަޝްރޫއުތަކުގެ މަގުސަދަކީ އެ އަތޮޅުތަކާއި ސަރަހައްދުގައި ހުރި އިސްލާމީ ކަންތައްތަކަށް އެ މަޝްރޫއުތަކުން ހަރަދު ކުރުން. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކަމަށް ވަނީ ނުހަނު ބޮޑަށް ބޭނުން ޖެހިފައި. އަމާޒަކީ އަހަރަކު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަގުފް ފަންޑު ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ވަގުފް އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ވަގްފު އާ އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އާމްދަނީގެ 20 ޕަސެންޓް ރާއްޖޭގެ ޒަކާތު ހައުސް އަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު އާމްދަނީގެ 80 ޕަސެންޓް އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ވަގްފު އިމާރާތް ހަދަން އާރުސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ބީއެމްއެލްގެ އިސްލާމިކް ފައިނޭސް އިން ހަރަދު ކުރުމަށް ނިންމާފައިވާ އެ މަޝްރޫއުގެ އަގަކީ 39،462،545.08ރ. އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފްގެ އިމާރާތްތައް ތިން އަހަރުގެ ތެރޭގައި ބިނާކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫގައި ވަގުފް މަޝްރޫއެއް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަޅުމަސް
26 October 2025
އަކަފޫޓެއް 1640 ރުފިޔާގެ ރޭޓުން ހަދަން ޙަވާލުކުރި އިރު، ޢިމާރާތުގައި ހުންނަނީ މުޅިން އޮފީސް.. އޭގެ މާނައަކީ ސްޓްރަކްޗަރ އާއި 4 ފާރޭ ހުންނާނީ.. އެ މަސައްކަތުގައި އުޅޭ މީހެއްގެ ހައިސިއްޔަތުން މި ބުނަނީ ޢިމާރާތެއްގެ ކޮންކްރީޓް ސްޓްރަކްޗަރ އާއި 4 ފާރާއި ކޮންމެ ފްލޯއެއްގައި ފާހާނާ ލުމަށް ނުދާނެ އަކަފޫޓަކަށް 840 ވެސް.. އާރުސީސީސް ކުރާނީ ފައިދާއެއް އޮންނަ ގޮތަށްކަން އެނގޭ.. އެކަމު އެވަރު ފައިދާއެއް ލީމަ ކަމަކު ނުދޭ..
ލޮއްލަ
26 October 2025
ސަރުކާރުގެ ހުރިހާ ޕުރޮޖެކްޓެއް މިދެނީ އާރުސީސީއަށް. ފެށި މަސައްކަތެއް ނެތް ނިމުނު މަސައްކަތެއް ނެތް. އެކަމު ކޮންމެ މަހަކަވެސް އާޕުރޮޖެކްޓެއް.
ޢަލްޓިކޯ
26 October 2025
ރުޅިގަދަވެފަ މަޖުލީހުގަ އުޅުނުތަން ފެނުނު ކެޕޭސިޓީ ނެއް ކުންފުނިތަކަށްމިސްކިތް ޕްރެޖެކްޓް ދީގެން ނޭ ކިޔާފަ މިފަހަރު ވާނެތާ
ކޮވެލި
26 October 2025
ލާރިއެއް އޮތިއްޔާ އޭގެ އަތްލެވޭނެ ގޮތެއް ހޯދާތި. އެނޫން ކަމެއް އެބަކުރަންތަ. ޒަކާތާ އަދި ޚައިރާތަށް ލިބޭ ފައިސާ ހަމަ ތިމާ ބުއްދިއަށް އައިހާ ގޮތަކަށް ހަދާ ހުސްކޮށްލީމަ އެނިމުނީ.
ފސފދދ
26 October 2025
ޒަކާތާއި ޚައިރާތުގެ ފައިސާއެކޭ ނެތް. ދައުލަތުން ހަމަޖެއްސި ބިމެއްގައި ބީއެމްއެލް އިސްލާމިކުން ޚަރަދުކޮށްގެން އޮފީސް އިމާރާތެއް އަޅަނީ. ތަން ކުއްޔަށްދީގެން ލިބޭ ފައިސާ 20 ޕަސެންޓް ޒަކާތައް އަނެއް 80 ޕަސެންޓް ވަޤުފު ފަންޑަށް ދޭވާހަކަ އޮތީ.
ޱރ. ވާނުވާ
26 October 2025
ހަވާލުކޮށްފަ ބަހައްޓާ އެވަރިހަމަ މުޅިރާއްޖޭގަ ޕްރޮޖެކުޓްތައް ހިންގޭވަރުގެ ޤާބިލުކަމެއްނެތަސް. ދެންއަންނަ ވެރިކަމެއްގަ ބަދަލުލިބޭނެ.
ދަސދސ
26 October 2025
ކަންކަން އެބަ ކުރޭދޯ؟
ހަލޯ
26 October 2025
ހައްޖައް ނުފޮނުވާ ފައިސާ ތަކުން އިމާރާއްދޯ އަޅަނީ. 5 އަހަރައް ހައްޖު ކިއުދައްމާލާފަ ވިޔަފާރި މިކުރަނީ. ނުވަންޏާ އިސްތިފާދީބަލަ.
ދސފަދސފ
26 October 2025
ނޭނގޭ ވާހަކަ ނުދައްކަބަލަ. ހައްޖުފައިސާއެކޭ އެބައޮތްތަ؟
ހުމާ
26 October 2025
އަޅެ ޙައްޖަށް ލިބޭ ކޯޓާއިން އެންމެ ކޯޓާއެއްވެސް ބޭނުން ނުކޮށް މީހަކު ނުފޮނުވާ އޮތީތަ؟ އަނެއްކާ ލާރިދައްކަމުންދާ އެތައް ބަޔެއް ވެސް އެބައުޅޭ. ހައްޖު ފަންޑުގަ ލާރި އެބަހުރި. ކޮންމެ ވެސް ވަރަކަށް ސިކުނޑި ބޭނުންކޮށްގެން ވާނީ.