ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ ޖެނެރޭޝަނަލް ބޭނަކީ ދެން އޮތް ޖީލެއްގެ ދުޅަހެޔޮ ކަމަށް ކުރި ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށް.
01 ނޮވެމްބަރ 2025 - 12:04
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަކީ ދެން އޮތް ޖީލުތަކެއްގެ ދުޅަހެޔޮ ކަމަށް ސަރުކާރުން ކޮށްފައިވާ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލަށް މިއަދު އަމަލުކުރަން ފެށުމާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާވާނެ އެވެ.
އެކަން ތަންފީޒުކުރަން ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ރާއްޖެ ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި ސިއްހީ ކަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ސާޖިދާ ވަނީ ސަރުކާރުން ދުންފަތުގެ ޖެނަރޭޝަން ބޭންއެއް ލޯންޗުކުރުމުން އެކަމަށް ތައުރީފް ކުރައްވައިފަ އެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި މިކަމަކީ އޮތް ޖީލުތަކުގެ ދުޅަހެޔޮ ކަމަށް ކުރެވުނު ވަރުގަދަ އިންވެސްޓްމަންޓެކެވެ. އަދި ދުންފަތަށް ދެވިހިފައިވާ މުޖުތަމައަކުން ސަލާމަތްކޮށް، ބަލިތަކުން ރައްކާތެރިވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އެކަން ސިފަ ކުރައްވައި ސާޖިދާ ވިދާޅުވީ އެކަމުގެ ސަބަބުން ޒުވާނުން ދުޅަހެޔޮވެ، އެމީހުންނަށް ހަރުދަނާ މުސްތަގުބަލެއް ކަށަވަރުވާނެ ކަމަށެވެ.
"މިއީ ދިވެހިރާއްޖެއަށް ފަހުރުވެރި ވަގުތެއް،" ސާޖިދާ ވިދާޅުވި އެވެ.
Today we take a historic step towards a tobacco-free Maldives. As a healthcare advocate, I applaud the Government’s leadership in launching the Generational Ban on Tobacco, a powerful investment in the wellbeing of generations to come. This is a bold, evidence-based step to break…
— First Lady Sajidha Mohamed (@sajidhaamohamed) November 1, 2025
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.
ނަމަވެސް، މީގެ ހަ މަސް ދުވަސް ކުރިން ތަސްދީގުކުރި ޖެނެރޭޝަނަލް ބޭންގެ އިސްލާހުގައިވާ ގޮތުން 2007 ގައި އުފަންވެފައިވާ ކުއްޖެއްގެ އުމުރުން 21 އަހަރު ފުރުނަސް ދުންފަތުގެ އެއްވެސް ބާވަތެއް އެ ކުއްޖާ އަށް ވިއްކުމަކީ މަނާކަމެކެވެ.
މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ވެސް ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރާ ކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.
ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ.
ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެ ނަމަ ބަލިތަކަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުސްމާނުބެ
02 November 2025
ހަގީގަތައް ބުނަންޔާ ، މިގައުމުގަ ތިޔަބުނާ ގަވާއިދު ވަަރައް ފުރިހަަމަކައް އެބަހުރި، އެކަމަކު އެކަން ނުބެލެހެއްޓެންޔާ ނުވަތަ ގާނޫނާއި ގަވާއިދު ތަންފީޒު ނުވަންޔާ ކުރާނެކަމެއް ނެއް ހަމަ ބޭކާރު .... ގެއްލުނު 2 ސިގިރޭޓް ކޮންޓެއިނަރުންވެސް މިކަންއޮއް ހިސާބު އެބައެގޭ ، އަނެއްކާ ވޭޕް މަނާކުރިފަހުންވެސް އެބޯން ބޭނއްނުންވާ އެއްމެނައްވެސް ހަމަ ބަރާބަރައް އެބަ ލިބޭ ، ރިސޯޓުން އުކާލާ ތެލުން ފެށިގެން ގޮސް ... މީހަމަ ދުވާލާރޭގަޑު ހިގާކަންކަން ، ކާކު ބަލަނީ
ސޮބީހާ
02 November 2025
ރަނގަޅު ފިޔަވަޅެއް ކަމުގައި ދެކެން,
ޕޮސްޓެކޮގްލޫ
02 November 2025
މުއިއްޒު ވެރިކަމުން ބޭލުން އެއީ މިގައުމުގެ މުސްތަގުބަލަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމެންޓް.
ޓާޓާ ބައިބައި
02 November 2025
ކަލޭމެން ގަނޑެއްގައި އޮތް އެއްޗެެއް ރައްޔިތުންނަށް އަންގާލަންވެސް ޖުމްހޫރީ މައިދާން ކޮނެ ނަގާ އެތާ ހުރި ވިނަކޮޅުވެސް ދުއްވާލައިގެން ވަނީ ދޮގެ؟؟؟. ހޭބަލި ވެދާނެ ކަލޭނޭ. މުއިއްޒަށް ދަސްވެފަ ހުރީ ގަސްކެނޑުމާ ތަންތަން ތެޅުން. ދެން އަބަދު ބޭކާރު ރަސްމިއްޔާތު ބާއްވާ ޓެކުސް ފައިސާ ތަޅާ ބުރުވުން.
ބަހުލޭ
02 November 2025
ކަރުދާހުގައި އޮތީ ބޭން އޭ. ބައި ކުދިން ކައުންޓަފީޓް ސިގިރޭޓު ފެކްޓުރީ ހަދައިގެން ބަންދުކޮށް ވިއްކަނީ!!
ރަމަ
02 November 2025
މަސްތުވާ ތަކެތި އެތެރެކުރުންވެސް ޤާނޫނުން އޮންނަނީ މަނާކޮށްފަ އެކަމަކު އެތެރެވާވަރަށް އެބައެތެރެކުރޭ ބޯމީހުން އެބަބޮއި! ރައްޔިތުން އެއަށް ޢަމަލު ނުކުރާނެ ޤާނޫނެއް ވުޖޫދަށް ގެނަޔަސް އެއަކުންވާނެ މާބޮޑު ފައިދާއެއް ނޯންނާނެ! ވެރިކަން ބަދަލުވުމާއިއެކު މިކަމަށް މާބޮޑު ސަމާލުކަމެއް ދޭނެހެން ހީއެއްނުވޭ!ސަބަބަކަށްވާނީ މިކަން ތަންފީޒްކޮށް ބަލަހައްޓަން ސަރުކާރަށްވެސް ފަސޭހަނުވާނެތީޢާއި، ތަންފީޒީ އިދާރާތަކުންވެސް މާބޮޑު ސަމާލުކަމެއް މިކަމަށް ނުދޭނެތީ!
ޖެނެރޭޝަނަލް ބޭން
02 November 2025
ތިގޮތައް ހުރިހާ އުމުރަކަށް މަނާ ކޮށްލިޔަސް އޯކޭ. ހުސް ފޭކް. މުޅި މާލޭގަ ހިނގާލެވެން ނެތް. ކެފޭ އަކަށް ވަދެވޭކަށް ނެތް. ދުންފަތުގެ އިސްތިމާލު ކުރުމަކީ ބޯޑް ކައިރީގަ ސިނގިރެޓް ބޯން. ސަޅި ގައުމެއް މީ.
ހޯދަމަ ހޯދާ
01 November 2025
2007 ގެ ފަހުން އުފަންވި މީހުންގެ ނަންތަށް ބަލާލަމާ ...
ވޭޕް ސުމަގުލަރުގެ ނޫސް
01 November 2025
ސުމަގުލަރުންނަށް ކޮށްދިން އިންވެސްޓުމެންޓެއް!
ާަނަން
01 November 2025
ދިސް އިޒް އޯލް ނޮންސަސް. ކެނޮޓް ބީ އިމްޕްލިމެންޓް. ޖަސްޓް ފޮރ ނޭމް އެންޑް މީޑިޔާ ސްޓަންޓް.