ރާއްޖޭގައި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އިމާދު ލަތީފު ޕީއެންސީ އަށް ސޮއިކުރެއްވުމަށް ފަހު، އިގުރާރު ރައީސް މުއިއްޒާ ރޭ ހަވާލު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
15 ނޮވެމްބަރ 2025 - 09:07
އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ފުރިހަމަ އަށް އޮންނާނެ ކަމަށާއި އެ ހުދޫދުން ބޭރުން ހިޔާލުފާޅުކުރަން ބޭނުންވާ މީހުން ދާންވީ އެހެން ގައުމަކަށް ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ވަރުގަދަ އިންޒާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، "ފަރަންޖީ ކޮން ތަނަކުން" ކިތަންމެ ގިނަ ބަޔާނެއް ނެރުނަސް އެ މަނިކުފާނަށް ފަރުވާލެއް ނެތް ކަމަށާއި ރާއްޖޭގައި އޮންނާނީ ދިވެހިން ބޭނުންވާ ގޮތް ކަމަށެވެ.
"އެއީ އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން. އެއީ މި ގައުމުގައި ހަމަޖެހުން ގެނައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެ ކަމަށާއި އިސްލާމް ދީނުގައި ވެސް ބަޔާންކޮށްފައިވާ އެންމެ ބޮޑު އެއް ހައްގަކީ އަބުރު ރައްކާތެރިކުރުން ކަމަށެވެ. އަދި އެންމެންގެ މެދުގައި އަބުރު ރައްކާތެރިކަން އޮތީ ހަމަހަމަކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެން ކޮންމެ މީހެއްގެ އާއިލާއެއް އެބައޮތް، އަޅުގަނޑުމެން ކޮންމެ މީހެއްގެ ދަރިންނާއި އަނބިންނާއި ރައްޓެހިންނާއި ކޮލީގުންނާ އެބަތިބި. ކޮންމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އޮންނާނެ. ކޮންމެ މީހެއްގެ ވެސް ހައްގުތަކެއް އެބައޮތް. ކަރާމާތެއް އެބައޮތް، އިންސާނީ ކަރާމާތް. އެ ވެއްޔާ މޮޑެލުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުމަށް އެންމެ މުހިންމު އެއް ހައްގަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތުމެވެ. އަދި އެ ހައްގު ރާއްޖޭގައި އޮތީ "ތަންމިނަށް" ފުރިހަމަ އަށް ހުޅުވިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވީ އެއީ އިސްލާމް ދީނުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.
ހަމަ ކޮންމެ ރެއަކު ވެސް ރޭގަނޑު ވެސް ދުވާލު ވެސް ހަމަ 24 ގަޑިއިރު ވެސް ހަމަ އެއްވެގެން ތިބެންވީއޭ،"--- ރައީސް
ރައީސް ވިދާޅުވީ، އިސްލާމް ދީނާއި އިސްލާމީ ޝަރީއަތާ ހިލާފަށް ރާއްޖޭގައި އެއްވެސް ކަމެއް ކުރަން ދިވެހިން ބޭނުން ނުވާ ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ވެސް ރާއްޖޭގައި އެބައޮތެވެ. މީގެ ކުރިން މާލޭގައި އެއްވެވެނީ ކާނިވާ ސަރަހައްދަށް އެކަނި ކަމަށް ވިޔަސް އެކަމަކު އެއްވެސް ހުއްދައަކާ ނުލައި އެއްވެވޭ ގޮތަށް މި ސަރުކާރުން 4-5 ތަނެއް ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއްވެ އުޅޭ ތަނެއް ވެސް ނުފެންނަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކޮންމެ ރެއަކު ވެސް އެއްވާންވީއޭ. ކާކުތޯ ހުއްޓުވަނީ އެއްވާން؟ އެ މިނިވަންކަން ނެތް ކަމަށް ދައްކަން މި އުޅޭ ސަބަބު ވެސް އަޅުގަނޑަކަށް ނުވިސްނޭ ހަމަ އެއްގޮތަކަށް ވެސް. ހަމަ ކޮންމެ ރެއަކު ވެސް ރޭގަނޑު ވެސް ދުވާލު ވެސް ހަމަ 24 ގަޑިއިރު ވެސް ހަމަ އެއްވެގެން ތިބެންވީއޭ،" ރައީސް ވިދާޅުވި އެވެ.
"ހަމަ ހިޔާލު ވެސް ފާޅުކުރަންވީ ބޭނުންވަރަކަށް އިސްލާމީ ހުދޫދުގެ ތެރެއިން، މީހަކު އަޅާވެސް ނުލާނެ. ކަންބޮޑެއް ވެސް ނުވާނެ، ޖަލަކަށް ވެސް ނުލާނެ. އަޅުގަނޑު ދެންނެވިން މިތާނކު ނުތިބޭނެއޭ ސިޔާސީ ހައްޔަރީން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަނިކުފާނުގެ ވާޖިބު އަދާކުރައްވާ!!!!
15 November 2025
އެފަދަ މީހުންނަށް ޙައްޤު އަދަބު ދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރައްވާށެވެ! ކޮންމެހެން އެހެން ޤައުމަކަށް ފޮނުއްވައިގެން އެފަދަ މީހުން އިތުރަށް މަގުފުރައްދަވަން ނޫޅުއްވާށެވެ!
އަބްޑޫޅް +
16 November 2025
ހައްގު އަދަބު ދޭން ބޭނުމިއްޔާ ކަލޭމެން އަންނަން ޖެހޭނީ އިންޑިޔާ މީހުން ދިން، މަނަވަރާއި، އިންޑިޔާ މީހުން ދިން، ހެލިބޮކުޓަރާއި، އިންޑިޔާ މީހުން ދިން، އަލިފާން ގާޑިޔަލުގަ. ކަލޭމެންގެ އިންތިޒާރުގަ، އަހުރެން ހުންނަތާ ތިރީހަކަށް އަހަރުވެއްޖެ. އަހުރެން ބަލާ، ކަލޭމެންނަކަށް އަންނާކަށް ނުކެރުނު، ކޮބާ ކަލޭމެންގެ އަބުރު؟ ޕޮސްޕޮސް ޕޮޕޮސް ޕޮސް. އާދެބަލާ. އާދެވޭހާ ބާރު ނެތީ ދޯވ؟ ބޫ ޫ ޫ. ކަލޭމެން ކަހަލަ ބީރައްޓެހީންނަށް، މަށަކަށް އަދަބެއް ނުދެވޭން. ޕޮސް.
ޢަރުތަ
15 November 2025
ރައީސް މީހާ ވެސް ދައްކާ ވާހަކަ އުތަ، ކުރީ ސަރުކާރުން ދިވެހި ކަނޑު ބަޔަކަށް ވިއްކާލިއްޔޭ ކިޔައިގެން ބައެއްގެ ބޮލުގަ ދޮގު އިލްޒާމު އަޅުވައިގެން ރައްޔިތުން ގާތު ރޯބުހުތާނު ދޮގު ހަދަމުން އެތަންމިތާވާހަކަ ދައްކަމުން ދިވެހިންގެ ކަނޑު ދިވެހިންނަށް ހޯދާ ދޭނަމޭ ގޮވަމުން ދުވީވެސް ހަމަ އިސްލާމްދީނުގެ ހުދޫދުގެ ތެރޭންބާ! ކޮންކަނޑެއްތަ ދިވެހިންނަށް ހޯދާދިނީ، ކަނޑު ވިއްކާލި މީހުން ހިފާ ހައްޔަރު ކުރަން ނުކެރިފަ ތިހުންނަނީ ކީއްވެގެންތޯ!؟
އައްޑޫ ކަލޯ
15 November 2025
އިމާދު މެން މުޅި އައްޑޫ ސިޓީ ބައިބައި ކޮއްލަން މި އުޅުނީ މިކަން ނުވެގެން ދީ. ފާއިސާ ފާއިސާ. ޗީޕް ގޮލާމެން ދެން މާ ތާރީހު އެގޭ ބަޔަކަށް ވެގެން، ފޯޅަވަހި ހޯދަން ވެގެނޯ. ތިޔަށްވުރެ ތާހިރެއްނު، ސަގާފަތާ ތާރީހު ދިވެހީންނާ އެއްގޮތް މަލިކު ހޯދަން ފޫގެޅިޔަސް.
ރަމަ
15 November 2025
ކިބުރުވެރި ބޮޑާ ވެރިއެއް ބޭރުންނެރޭ ބަޔާންތަކަށްޖެހޭނީ ބޯލަބަން ރަތްރޮގު ހުރަސްކުރި މީހަކު ބޯނުލަބާ ކުރާނެ އެއްކަމެއްވެސް ނޯންނާނެ! ތިހެން ބުނި ކިތަންމެ ކަމެއް މިވެރިކަމުގަ ފެނިފަ އެބަހުރި އޭގެ އިދިކޮޅަށް!
ކުދުބެއްޔާ
15 November 2025
މިގައުމުގަ އިސްލާމްދީނުގެ ހައްދުތައް ބަރާބަރަށް ގާއިމް ކުރެވޭތޯ؟
ދީދީފުޅު
15 November 2025
މިމީހުން އިސްލާމްދީނުގެ ހުދޫދު ހަނދާންވަނީ ވަކިކަމެއްގައި، ވައްކަންކުރުމާއި ވައްކަންކުރާމީހުންގެ ފޮރުވުމުގައި ހުދޫދެއް ނޯވޭ.
ޢަރުތަ
15 November 2025
ރަތް ޓީޝާޓުގަ އިންޑިއާއައުޓް ޖަހައިގެން މުއިއްޒުގެ ބައިވެރިން އެއްނުވަނީ ކޮންތާކަށް، އެކަމަކު މިހާރު އެހެން ބަޔަކު އެއްވާން އުޅޭތީވެ، ވަކިތަނަކަށް ނޫނީ އެއްނުވެވޭ، އެދުވަހު މުއިއްޒުމެންގެ ބައިގަނޑު އެއްވެގެން އުޅުތަނަކީ މިހާރު މާ ވަރުގަދަ ހައިސެކިއުރިޓީއެއް އޮންނަ ތަނަކަށް ވެއްޖެ، ހަޖަމު ނުވިއަސް ތީދެން ބޮޑުވަރު، އެއްވާ ބަޔަކު އެތަނަކަށް އެއްވާން ފުރުސަތު ދީބަލަ، މުއިއްޒުމެންވެސް އެއްވީނު، ހާދަ ފިނޑިއޭ.
އައްލާ ބެއްޔާ
15 November 2025
އިސްލާމް ދީނުގެ ހުދޫދުން ބޭރުވާ މީހުން މިގައުނުން ފޮނުވަން ފަށައިފިއްޔާ މި ގައުމު ފަޅުވެދޭނެ. ތިބުނާ ހުދޫދަށް އުޅޭ ބަޔަކު މިހާރު މިގައުމަކު ނެތް. ކޮންމެ މީހަކު ވެސް އެމީހަކަށް އަތު ޖެހުނު އެއްޗެއް ނަގަމުން ދަނީ. ހަލާލެއް ހަރާމެއް ބެލުމެއް ނެތް. ދޮގު ހެދުމާއި ރިބާ އާއި އިސްރާފު ކުރުން އިންތިހާ. ރިބާ އާއި ރަލާއި އޫރުމަސް ވިއްކައިގެން ލިބޭ ފައިސާ ވެސް ހިމެނިގެން ބަޖެޓް ހަދަނީ.
ޢަރުތަ
15 November 2025
ރައީސް މީހާ ކީއެއްޗެއް ސާފެއް ނުވޭ، އިސްލާމްދީނުގަ ހުދޫދެއް ކަނޑައެޅިފަ އޮންނަނީ ހަމަ އެކަނި "އަބުރު" އަށް ކަމަށް ހީވާކަހަލަ، ވައްކަމާ ކޮރަޕްޝަނާ ފަސާދަ މީން އެއްވެސް ކަމަކަށް ހުދޫދެއް ނެތް އުތަ، ހަމަ ތައްމިނަށް ހުޅުވިފަ އެމީހަކަށް ދެމުނު ގޮތަކަށް ދަމާ ކައި ހުސްކުރަންވީ.
ބިގަރޭ
15 November 2025
އިންޑިޔާ އައުޓު ގޮވި މީހުންނައް ކިހިނެތް ހަދަން ޖެހެނީ.
ދަރޭ
15 November 2025
ސަރުކާރު ޚަރަދުގަ ފޮނުވީމަ އަދި ސަޅިވާނީ އެމީހުންތައްވެސް
އަޑަފި
15 November 2025
ބަލަ މުއިއްޒޫއެވެ. ހިތައް އެރީތަ ތިޔަދެކެވުނީ މާ ރަނގަޅު ވާހަކައެކޭ؟ ރާޖޭގަ އިސްލާމް ދީން ބޭނުންކުރަނީ މުއިއްޒު ކަހަލަ ސިޔާސީ މީހުންގެ ބޭނުންފުއްދާ ހަތިޔާރެއްގޮތަށް. ދިވެހި ރައްޔިތުން ކޮންޓްރޯލު ކޮއް ވޯޓު ހޯދާ އެނމެ މުހިނމު ގޮތަކީ އިސްލާމް ދީނޭ އަނެއްކަށްޗެކޭ ކިޔައިގެން ދިވެހިންގެ ވިސްނުން ކޮންޓްރޯލް ކޮއްލައިގެން އުޅުން. މިއީ ގިނަ ބަޔަކަށް އެނގޭ ކަމެއް މިހާރު. ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ފައިދާ ކުރާ ދުވަސް ވަރަށް އަވަހަށް ނެތިގެންދާނެ!