މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބޭނުންކުރި ދެ ގޮނޑި ރާއްޖެއަށް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --
17 ނޮވެމްބަރ 2025 - 19:39
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި 26 ޖުލައި 1965 ގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރަށް އިނގިރޭސިވިލާތުން ހަދިޔާކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ. ރާއްޖޭގެ ފަރާތުން އެ ގޮނޑިތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި މި ރަސްމިއްޔާތުގައި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ހަލީލް ވަނީ އެ ގޮނޑިތަކުގެ ރަމްޒީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ގޮނޑިތަކުން ރަމްޒުވަނީ ދިވެހިރާއްޖެ މިނިވަން ސިޔާދަތީ ދައުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަގުތުކޮޅު ކަމަށެވެ.
މިފަދަ މާނަފުން ހަދިޔާއަކުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ލޯ ދެއްކެވި ވާހަކަގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެރުވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައި، ތަފާތު އެކި ދާއިރާތަކުން ކުރިއަށްދާ އެއްބާރުލުމާ ގުޅޭ ގޮތުން ވާހަަކަ ދެއްކެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަށް ދިވެހި
19 November 2025
މިނިވަންކަމުގެ ސޮއި ކުރެވު އެއްބަސްވުން ދެކުނު މީހަކު އުޅޭބާ؟ އެގްރިމެންޓް ކޮބާ؟
ސފދސދފ
18 November 2025
މިކަމުން ރަނގަޅު އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނާދޭ. ހަމަ އަސްލުވެސް.
ސަލިންޓޭ
18 November 2025
ކޮބާހޭ މޭޒު؟ މޭޒާ ނުލާ ކީއްކުރާ ދެ ގޮނޑިއެއް؟
ލޮއްލަ
18 November 2025
މިކަހަލަ ކަމެއް ހިނގި މިދިޔަ ސަރުކާރުގަވެސް. ލިބުނީ ކާޕެޓެއް. މިފަހަރު ގޮނޑިއެއް. އަންނަ ސަރުކާރަކަށް މޭޒެއް. އެއަށްފަހު ފަންކައެއް، ދޮރުފަތެއް، ޓިނު ފުރާޅެއް. 20 ވަރަކަ އަހަރު ފަހުން 1 ކޮޓަރިއަށް ބޭނުންވާ ފަރުނީޗަރު ހަމަވާނެ ކަންނޭންގެ..
ފަހުދު.
18 November 2025
ކޮބާ ގެންގުޅުނު ހުސްގޮނޑި؟ އެވެސް ހަދިޔާކުރިނަމަ
ލުބްލާ2025
18 November 2025
ތި ގޮނޑިތައް ޔާމީގުެ ބެލްކަނީގަ ބަހައްޓާ. އެތާ އެބަހުރި ސްޕޭސް. އަދި އެންމެންނަށް ރީއްޗަށް ފެންނާގެ އެ މަގުން ދާއިރު.
ޑުބްލިކޭޓް
18 November 2025
މިހާރުގެ ޚާރިޖީ ވަޒީރު ބޮޑެތި ހަދުކޮށް، ބޭރުގެ އެކި ގައުމުތަކައް ދަތުރު ކޮށްގެން ލިބެނީ ގޮނޑި މޭޒު ފަދަ ތަކެތި.
އަބޫ
18 November 2025
މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއި ކުރީ ސިލޯނުގެ ވެރިރަށް ކޮޅުނބުގައި ކަމަށް ލިޔުންތަކުން ފެންނަނީ ސުވާލަކީ ސިލޯނުގައި އޮތް ކުޑަރަސްމިއްޔާތެއްގައި ބޭނުންކުރި ދެ ގޮނޑި އިނގިރޭސިވިލާތަށް ގެންދިޔައީ ކީއްކުރަންބާއޭ؟ އެ ދެގޮނޑިއަކީ އެ މީހުންނަށް ކިހާ މުހިއްމު އެއްޗެއްބާއޭ؟ އެ ދެ ގޮނޑި އިނގިރޭސިވިލާތުގައޮ ފޮރުވާފަ މިހުރިހާ ދުވަހު ބެއްހެއްޓި ކީއްވެބާއޭ؟ ތީހަމަ އަސްލު އެ 2 ގޮޑިބާއޭ؟
އިހްސާސް
18 November 2025
ނިކަން ޗާގޯސް ދޭށޭ ބުނެބަލަ
އަލީ ފ
18 November 2025
އިންގިރޭސި ސަރުކާރުން ރާއްޖެއަށް ހިމާޔަށް ދިނީ ރާއްޖެ އިން އިންގިރޭސި ސަރުކާރަށް ޖިޒީ ދީގެން ކަމަށް ވާއިރު ހެކަމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އިންގިރޭސިން ގަން ހަވާލުކުރުމަށް ވީ އެއްބަސްވުމަކާ ރާއްޖެ މިނިވަންވީ ދުވަހަކާ އޮތީ ކޮން ގުޅުމެއް. ރާއްޖެގައި އެއްވެސް އިރެއްގަ އިނގިރޭ ވެރިކަމެއް ކުރިކަން އެއްވެސް އެއްޗަކުން ފެންނާކަށް ނެއް.