އާޒިމާ ޝަކޫރު: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދަން ދައުލަތުން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
25 ނޮވެމްބަރ 2025 - 15:31
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ނަގައިފި އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން 2019 ވަނަ އަހަރުގެ ތެރޭގައި އުފުލީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. އެ ދައުވާތައް ރިވިއުކޮށްދޭން އާޒިމާ ވަނީ ހުށަހަޅުއްވައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ނުގެންދަން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުގައި ހުކުމްކޮށްފައިވާތީ އެވެ.
އެހެންވެ، އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ގެންދަން މަސްލަހަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި ދައުވާތަކާ ގުޅޭ ޝަރީއަތް މިހާ ދުވަސްވީއިރު ވެސް ކްރިމިނަލް ކޯޓުން ނިންމިފައެއް ނުވެ އެވެ. ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އާޒިމާ ހުށަހެޅި ކަންކަމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ގެންދިޔައިރު، އެ ކޯޓުން ވެސް ހުކުމްކޮށްފައިވަނީ އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ދެ ދައުވާ އާޒިމާގެ މައްޗަށް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންނަށް މަނީ ލޯންޑާކޮށްދިނުމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް، އެ ފައިސާ އަށް ހިޔާނަތްތެރިވި ފަރާތްތަކުން ޖަމާކުރުމުން އެ ފައިސާ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބޫ
25 November 2025
ތި ނޫން ވަރެއް ވޭތޯ. މަތީ ފަންތީގެ އެއްވެސް މީހަކާ ދެކޮޅަށް ދައުވާ ކުރުމަށް ޕީޖީ އަކަށް ނުފެނޭ
ތުހުމަތު
25 November 2025
އެއްވެސް ހެއްކެއް ނެތި ކުރެވިފައިވާ ތުހުމަތެއްގައި ދައުވާ ނުކުރުމަކީ އަދުލުވެރި ނިންމުމެއް
ޢަރުތަ
25 November 2025
އެއްވެސް ހެއްކެއްނެތި ދައުވާކުރަން ފޮނުވިއްޔާ، ޕީޖީ ޒިންމާވާން ޖެހޭނެ ނޫންބާ!
ސަތަރޭ
25 November 2025
ދެން ލަސްނުކޮށް ބޮޑުމަގާމެއް ދީ.
އަހުމައް
25 November 2025
އާޒިމާ އަކީ އަޙުލާގު ރަނގަޅު ބޭކަނބަލެއް، މި ކަހަލަ ކަމެއް ނުކުރާނެ
މަހުމް
26 November 2025
އަޙުލާގަކީ ހަމައެކަނި އަބުބަހުންވާހަކަދެއްކުމެއްނޫން. ތާރީޙް ފެންނަން އޮތީ ގަދަބާރުބޭނުންކޮށްއްގެން ވެރިކަންކުރާ މީހުންނަށް މަދަދުދޭ މީހެއްގެ ގޮތުގައި.
ތަންބޫ
25 November 2025
ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވީ އޭނާ ކުރި ކަމަކީ ކުށަކަށް ނުވާތީއެއް ނޫން. އެކަމަށް ބޭނުންވާ ހެކި ނުދެއްކިގެން. އޭގެ މާނައެއް ނޫން އާޒިމާ ކުރި ކަމުގެ ހެކި ނެތުމެއް. އޭނާ ކުރި ކަމަކީ ކުށެއް ކަމަށްވާއިރު، އަދި އެއީ ހެކި ހުރި މައްސަލައެއް ކަމަށްވާއިރު، އަނބުރާ މައްސަލަ ގެނައި ގޮތަކީ ސީދާ ރައްޔިތުންގެ ހައްގުގައި ޕީޖީން ކުރި ގޯސް ކަމެެއް. ބޮޑެތި މީހުންނަށް ހަމަ ރަނގަޅު ގޮތް. އިންސާފު ނެތް ތަނެއް މީ.
ކޮރަޕްޓެޑް މޯލްޑިވްސް
25 November 2025
އެންމެން ދަންނަ ބޮޑު ސިއްރު: ޕާޓީގެ ބޮޑުން ގެތެރޭ ހިމެނޭ މީހަކު ފައިސާއާއި ބޭހޭ ކިތަންމެ ބޮޑު މައްސަލަގަޑެއްގައި ބެދުނަސް ދެޓްސް އިޓް. ސަބިތެއްނުވާނެ. ކޮންމެވެސް ކަމެއް ދިމާވެ ސާބިތެއްނުވާނެ. ދިވެހިން މި ސޭމް ފިލްމް ސޭމް މަންޒަރު ބަލާތާ އެތަކެއް ޒަމާނެއް ވެއްޖެ.
ބެކުބެންޗު
25 November 2025
މައްސަލަ ރިވިއުކުރުމުން ދައުވާ ކުރެވޭ ވަރަށް ހެކިނެތުމުން މައްސަލަ ބޭރުކުރާނީ، އެ ހިސާބުން ދައުވާ ކުރިއަށް ނުގެންދެވޭނެ.. "އެ ދައުވާތައް ރިވިއުކޮށްދޭން އާޒިމާ ވަނީ ހުށަހަޅުއްވައިފަ އެވެ" މީ ގާނޫނީ އިމުގެތެރެއިން ކުރާ ކަމެއް. ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އެބައޮތެވެ.
ލަބޫ
25 November 2025
އެހެންވެއްޖިއްޔާ ޕީޖީ ކުރާ ދައުވާތަކަކީ އެއްވެސް ވަރަކަށް ބަލާފަ ކުރާ ދައުވާއެއް ނޫން ދޯ. އެއްވެސް ފެންވަރެއްވެސް ނެތް މީހެއްތާ ދޯ. އެކަމަކު ސުޕްރީމު ކޯޓުން ބުނެފަ އެބައޮތް އާޒިމާގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް. ތާކުންތާކު ނުޖެހޭ ތި ކިޔާ އެއްޗެއް.
ވޮއިޑް އަނބު އިނީޝިއޯ
25 November 2025
އާޒިމާއަކީ ގަދަ ކަނބަލެއް. އޭނާއަކީ ދުނިޔޭގައި ނެތް ފެންވަރުގެ ލޯޔަރެއް - ދަޢުވާ އެވީ ސައިބޯނި ބޮތްކަށް.
ލޯންޑާރ މޯލްޑިވްސް
25 November 2025
ދައުލަތަ ލީބޭ ފައިސާ ބޮޑުބައެއް އެބަގެއްލޭ. ވާނުވާއެއްނޭގޭ. ލޮންޑާކުރިކަން އެބައެގޭ. ސާބިތެއް ނުވި. ގުޅިގެން މިގޭމު ޖައްސައިގެން ތަފާތު ވައްތަރު އަދީބުންތައް މިގައުމު ހުސްކުރަނީ. އެޅޭނެ އެހެން ފިޔަވަޅެ، އަޅަން އެހީވާނެ މީހެއް، ހަދާނެ ގޮތެއްނެތި ދިވެހި ރައްޔަތުން މާޔޫސްވެ ގައުމުދެކެ ފޫހިވެ ގައުމޫ ދޫކޮށް ދާހިސާބަށާް ގޮއްސި. ރައްޔަތަކަށް މިއަށްވުރެ ބޮޑު ނިކަމެތިކަމެއް ލިބޭނެތޯ
ބެޗޭނާ
25 November 2025
އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކީ ކޮންމެ ދިވެއްސަކަށް ލަދުވެތި ދުވަހެއް. އެގޮޅީގައި ރިހާކުރު ފުޅި ވަގައްނެގި މީހާ އޮތިއްޔާ އަނެއް ގޮޅީގައި މަނީ ލޮންޑަރިންގައި ބައިވެރިވި މީހާވެސް އޮންނަންޖެހޭނެ.