27 ނޮވެމްބަރ 2025 - 21:42
އަރަބިއްޔާ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ އެ އިމާރާތް ތަޅާލަނީ މީހުން ބޭނުންކުރުން ރައްކާތެރި ހާލަތެއްގައި ހުރި ތަނަކަށް ނުވާތީ ކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ އެ އިމާރާތް ތަޅާލައި އެ ބިމުގައި ޕާކިން ޒޯނަކާއި ޕާކެއް ހަދާށެވެ.
މައްޗަންގޮޅި ރައްޔިތުންނާ އެކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާތްގަނޑަކަށް 11،000 އަކަފޫޓުގެ އެ ބިމުގައި ޕާކެއް ހެދުމުން، ކައިރި ސްކޫލުތަކުގައި އުޅޭ ކުދިންނަށް ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާކު ތަރައްގީކުރާނީ ދަރިވަރުން ބަލާ ސްކޫލު ދޮށަށް ދާ ބެލެނިވެރިންނަށް ވެސް ތިބެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އަންނަ ރޯދަ މަސް ފެށުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށެވެ.
މީގެ 12 އަހަރު ކުރިން 2013 ގައި ބޭނުންކުރަން ފެށި އެ އިމާރާތުގެ ތަނބުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ. އެހެންވެ އެ އިމާރާތަކީ ދަރިވަރުން ބޭނުންކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި އެހެން ތަނަކަށް ސްކޫލުގެ ކިޔެވުން ޖެނުއަރީ 2023 ގައި ވަނީ ބަދަލުކޮށްފަ އެވެ.
އޭގެ ފަހުން އެ ތަން ބޭނުންކުރީ އިލެކްޝަން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ. ނަމަވެސް، އެ ހުރިހާ ތަނެއް މިހާރު ވަނީ ހުސްކޮށްފަ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން އަންނަނީ ބާވެ، ބޭނުން ނުކުރެވޭ ހާލަތްތަކުގައި ހުރި އިމާރާތްތައް ތަޅާލަމުންނެވެ. މއ. ރަބީއުވިލާ، އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ވެސް ވަނީ ތަޅާލައިފަ އެވެ. މާލޭގައި ކްރިމިނަލް ކޯޓު އެންމެ ފަހުން ހިންގި އިމާރާތް ވެސް ވަރަށް އަވަހަށް ތަޅާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަ ބުނީ
29 November 2025
މަ ބުނީ ފޮޓޯއިން ފެންނަމައްޒަރުން އާރު ޑީ ސީވކުރަށްއުޅޭ މަސައްކަތުގެ ތަޖުރިބާނެތް މައްޒަރު ހާމަވޭ ! ނަމަނަމަ އައިސީ ޔޫ ގެ ހިދުމަތް އާރު ޑީ ސީ ހިދުމަތް ފުޅާކުރުން ހަވާލުނުކުރާތި !
ޢަސްލު ވާ ގޮތް
29 November 2025
ތި އިމާރާތަށް ވުރެ ބާ އިމާރާތެއް ޖެހިގެން ހުރި އިސްކަރު ، އަމީނިއްޔާ އަކީ. ތިޔަ އަރަބިއްޔާ ސުކޫލު ތީ ކޮންސްޓްރަކްޝަން ދާއިރާ އެއްވެސް އެއްޗެއް ނޭނގޭ ބަޔަކު ޢިމާރާތް ކުރި ތަނެއް ، ޖުމްލަ 3 އަހަރު ތި ސްކޫލު ބޭނުން ކުރެވުނީ.. ތި ސުކޫލު އިމާރާތް ކުރި ކުންފުނިން ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނެ
އިސްމާއިލް
28 November 2025
ތިތާނގައި ޒަމާނީ ޕާކިންގ އިމާރާތެއް އަޅާބަލަ, އަދި އިސްކަންދަރަށް އަމީނިއްޔާއަށް ސީ އެޗް އެސް ސީއަށް އެ ޕާރކިންގ އިމާރާތުން ހިޔާވެގެން ހިނގާފައި ދެވޭނެ ވޯކްވޭއެއް ހަދާލެވިއްޖެނަމަ އަދި މާފުރިހަމަވާނެ... އެއީނޫންތަ ތަރަށްޤީއަކީ...
ސޮބީހާ
28 November 2025
ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ޙަރަދުކޮށް ވަރަށް ފަހުންއެޅި އިމާރާތެއް , ތިތަން ތަޅާލަންޖެހި ގެއްލުން ވުމުގައި ގައިމު ކޮންމެވެސް ބައެއްގެ އިހުމާލު އޮންނާނެތާ, އަނެއްކާ މި ޖެހެނީ ދައުލަތުން މިތަންތަޅާސާފުކުރަން, މިއީވާ ގައުމެއް,
އުމުރު
28 November 2025
މިގައުމުގެ އިމާރާތެއް އުމުރަކީ 12 ވަރަކައް އަހަރުތަ؟ ނޫނީ ގިނަވެގެން 30ހަކައް އަހަރުތަ؟ އެހެން ކަމައް ވެއްޖިއްޔާ އަހަރެމެން މީގެ ވިއްސަކައް އަހަރުފަހުން އުޅޭނީ ހާދަ ހާލެއްގައޭ. ގައުމައް ލިބޭ އާމްދަނީގެ ބޮޑުބައެއް ހަރަދުވާނީ މިފަހަކުން އަޅާފަމިހިރަ އަދަދުނުކުރެވޭ އިމާރާތްތައް މަރާމާތުކުރުމައް ދެން އެތަންތަން ތަޅާފަ އަލުން އިމާރާތް އެޅުމައް.
ފުރޭތަ1
28 November 2025
ރާއްޖޭގަ މިގެންގުޅެނީ މަލްޓީ ޕާޕޯސް ސިމެންތި އެއް. ރޭނުމަށް ސިމެންތި ޖެހުމަށް ކޮންކްރީޓަ އެކައްޗެއް. ކޮންކްރީޓަށް އެހެން ގައުމުތަކުގަ ބޭނުން ކުރަނީ އެކަމަށް ހާއްޞަ ސިމެންތި. މީ ވަރަށް ބޮޑު މައްސަލައެއ. އުމްރާނީ ތަރައްގީ އޭ ކިޔާއިރު ގައުމުގެ ފެންވަރު
ދ.ރ
28 November 2025
މީ މޑޕ ސަރުކާރު އޮވެ ކުރި ކަމެއްނަމަ ކިހާ ވަރަކުން ދާނެބާ. ސީދާ މި ގައުމުން އިސްލާމްދީން ފޮހެލަން ކުރާ ކަމަކަށް ވާނީ....
ދަސދސ
27 November 2025
އިސްލާމީ މަރުކަޒުގައި 40 އަހަރުވީ އިރު ކެނޑުމެއް ރެނދެއް ވެސް ނެތް. އެކަމަކު ބަލާބަލަ...