ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
05 ޑިސެމްބަރ 2025 - 16:08
މާރުކޭޓު ސަރަހައްދުން ބޭރު މަގުގެ ފުރަތަމަ ސެގްމެންޓުގައި މިއަދު ތާރުއަޅައި ނިމޭނެ ކަމަށާއި މި ހިނގާ ހަފްތާ ތެރޭ ދެން ހުރި މަސައްކަތްތައް ވެސް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ހެދުމަށް މިދިޔަ އޮގަސްޓް މަހު ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާރުކޭޓާ ހަމައަށް ބަންދުކޮށްފަ އެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ސެގްމެންޓު 1 ގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަ ތާރު އެޅުމުގެ މަސައްކަތް ވެސް މިއަދު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަފްތާއެއްގެ ތެރޭ ނިންމާލެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ހިނގާބިނގާވެ އުޅޭ މީހުންނަށް ފަހި މަގުތަކެއް މި އިންގިލާބީ މަޝްރޫއުގެ ސަބަބުން ލިބޭނެ. ފުޅާ މަގާ އެކު، ޓްރެފިކް ތޮއްޖެހުމަށް ލުޔެއް ލިބި، ބޯކޮށް ވާރޭ ވެހުނަސް ފެން ބޮޑުވުމުގެ މައްސަލަ ކުޑަވެ އެންމެންނަށް ރައްކާތެރި ތަނަކަށް ވާނެ،"
ބޭރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދުގަ އެވެ. އެތަނުގެ މަގު ފުޅާކޮށް، އެ މަގުގައި ތާރު އަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މސކ123
06 December 2025
ކޮލިޓީދަށްކަން އަދި ޕުރޮފެޝަނަލް ނޫންކަން ފާހަކަކުރެވޭ ތި ފޮޓޯގައިވާ މޫރިން ސިސްޓަމަށް ބަލާލީމަ.
އިބު.ރާ
05 December 2025
ކުޑަ ތާރު ކޮޚެއް އަޅަން ގަރުނެއް
އައްބާސް
05 December 2025
މީ މިޤައުމުގަ ކޮންމެ ސަރުކާރެއް ބަރާބަރަށް ކައިފަ އަނެއް ސަރުކާރަށްވެސް ކެވޭ ވަރަށް ހަދާ މަގުތަކެއް. ދުވަހަކު ނިމުމެއް ނެތް ރައްޔިތުންގެ ފައިސާ އެކަކު އަނެކަކާ ގުޅިގެން ކައި ނަގަނީ.
ކަބަޑު
05 December 2025
މިސަރުކާރުން އެހެންހުންނަ ކުދިކުދިކަންކަން ކުރާނެ.
އަނީމް
05 December 2025
މުއިއްޒު ސްޕީޑް ހާދަ ސްލޯއޭ... މަގުގެ ތިޔަ ތަންކޮޅު ބަންދުކޮށްގެން އުޅޭތާ ދެމަސްވަނީ...
މުލޭ
05 December 2025
މަސްދުވަސް ނުވަނީސް ތާރުގަނޑު ވިރިގެން އަޑިގުޑަން ނުހެދޭނެކަމަށް އުންމީދުކުރަން. ބޮޑު ޚަރަދު ކޮށްގެން ކުރާއިރު ދައުލަތުގެ ފައިސާ އިސްރާފުވާގޮތަށް ހަދައިގެން ނުވާނެ. އަމީނީ މަގުގެ އެންމެ ފަހުން ހެދި ވައިވެސް މިހާރު އެއޮތީ މަރާމާތު ކުރަން ނުވަތަ އަލުން ހަދަން ޖެހިފައި. އަނެއްކާ ކުރިން ކުރި ޚަރަދަށްވުރެ ބޮޑު ޚަރަދެއް ކުރަންވީ. މިހެން ކަންކުރާތީ ދައުލަތުގެ ޚަރަދު ބޮޑުވަނީ.
އަލީ
05 December 2025
ކުރަހާލަން ހަފްތާއެއް .. މިހާރުގެ ހަނމަ ސްޕީޑުދޯ
ބސވސޗ
05 December 2025
ހެޔޮކޮށްވިސްނާ މީހަކު ބުނެފާނެ: 30 ވަރަކަށް އަހަރުވަނީއޭ އެތަނުގައި ޓުރެފިކު މައްސަލަ ހައްލުނުވެ އޮންނަތާ. ހާދަ ރަނގަޅޭ އަހަރެެއްނުވަނީސް މިކަން ހައްލުކޮށްދެން މަސައްކަތްކުރީތީ.
ޖސވސ
05 December 2025
ޝުކުރިއްޔާ